ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)56-CAS/56/2021/32
ޕަބްލިޝްކުރި ތާރީޚް: 15 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 19:40
ސުންގަޑި: 21 ނޮވެންބަރު 2021 14:00
ޤައުމީ ކުތުބުޚާނާ
ދިވެހިރާއްޖެ
ބުކްޝެއަރ ޑާޓާބޭސްގެ ޚިދުމަތް

ބުކްޝެއަރ ޑާޓާބޭސްއަކީ "ޕްރިންޓް ޑިސްއެބިލިޓީ" ހުންނަފަރާތްތަކަށް އަމާޒުކޮށް ތައްޔާރުކުރެވިފައިވާ އުނގެނުމުގެ ވަސީލަތެކެވެ. ޢިލްމީ ފޮތްތައް ހިމެނޭ މި ޑާޓާބޭސް ބޭނުން ކުރުމަށް ޚާއްސަކުރެވިފައިވަނީ ލޮލުގެ ފެނުމުން މަޙްރޫމުވެފައިވާ ފަރާތްތައް، ނުވަތަ ޖިސްމާނީ ނުކުޅެދުންތެރިކަމެއްގެ ސަބަބުން (ޕާކިންސަންސް ބަލި ނުވަތަ ޕެރަލިސިސް ފަދަ) ފޮތުގެ ގަނޑު އުކުމަށްދަތިކަން ހުންނަ ފަރާތްތަކަށެވެ.

މި ޑާޓާބޭސްގައި ހިމެނޭ މާއްދާތަކަކީ ބިޒްނަސް މެނޭޖްމަންޓް، އާރތް ސައިންސް، ޖެނެރަލް ރިފަރެންސް، ހިއުމަނިޓީސް (އިންސާނީ ހައްގުތައް)، ލޯ (ޤާނޫން)، ލައިފް ސައިންސް، މެޑިސިން އެންޑް ހެލްތް ސައިންސް، ފިޒިކަލް ސައިންސް އެންޑް މެތަމެޓިކްސް އަދި ސޯޝަލް ސައިންސް އެވެ.

ބުކްޝެއަރ ޑާޓާބޭސްގެ ޚިދުމަތް ބޭނުންފުޅުވާ ފަރާތްތަކުން، އައިޑީ ކާޑުގެ ކޮޕީ، ޑޮކްޓަރުގެ ލިޔުން އަދި ގުޅޭނެ ފޯން ނަންބަރު ޤައުމީ ކުތުބުޚާނާގެ ޓްރެއިނިންގ  މެއިލްއަށް([email protected])  21 ނޮވެމްބަރ 2021 ގެ 14:00 ކުރިން މެއިލްކުރެއްވުން އެދެމެވެ.

މި ޑާޓާބޭސް އާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ އެސިސްޓަންޓް ލައިބްރޭރިއަން އާމިނަތު ރިމް (3007282) އަށެވެ.  

15 ނޮވެންބަރު 2021