ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)13-E/13/2021/323
ޕަބްލިޝްކުރި ތާރީޚް: 15 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 16:56
މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
އިޢުލާން

ސާބިތު ދަރަނީގެ މައުލޫމާތު ސާފުކުރުމަށް ދައުލަތުގެ ބައެއް މުއައްސަސާތަކުން އާންމު ފަރާތްތަކަށް ދޫކުރާ ތިރީގައި ދެންނެވިފައިވާ ފޯމުތަކުގައިވާ ސާބިތު ދަރަނީގެ މައުލޫމާތަކީ މި މިނިސްޓްރީން ބަލަހައްޓަމުން ގެންދާ މައުލޫމާތުތަކެއް ކަމަށްނުވާތީއާއި، މިފަދަ މައުލޫމާތުތަކަކީ ދައުލަތުގެ އެކަމާގުޅޭ އިދާރާތަކުންނާއި،  ޝަރުޢީ ކޯޓުތަކުން ބަލަހައްޓަމުން ގެންދަވާ މަޢުލޫމާތުތަކެއް ކަމަށް ވާތީ، އެ މައުލޫމާތު ހޯދުމަށް ހުށަހަޅަން ޖެހޭނީ އެކަމަކާ ގުޅުން ހުރި އިދާރާއަކަށް ކަމަށް މި މިނިސްޓްރީން ދެކެމެވެ.

 

  1. ރަޖިސްޓްރީކޮށްފައި ހުންނަ އެއްގަމު އުޅަނދުގެ ވެރިފަރާތް ބަދަލުކުރުމަށް މައްސަލަ ސާފުކުރާ ފޯމް
  2. ރަޖިސްޓްރީކޮށްފައި ހުންނަ މީހުންގެ އަމިއްލަ ތަކެތި ދިނުމަށް ނުވަތަ ވިއްކުމަށް މައްސަލަ ސާފުކުރާ ފޯމް
  3. ރަޖިސްޓްރީކޮށްފައި ހުންނަ ކަނޑުގައި ދުއްވާ އުޅަނދުފަހަރު ދިނުމަށް ނުވަތަ ވިއްކުމަށް މައްސަލަ ސާފުކުރާ ފޯމް
  4. މީގެ އިތުރުންވެސް ފިނޭންސް މިނިސްޓްރީގެ ނަން ހިމަނާފައިވާ ސާބިތު ދަރަނީގެ މައުލޫމާތު ފޯމްތައް

 

 

ވީމާ، މިއަދުން ފެށިގެން ސާބިތު ދަރަނީގެ މަޢުލޫމާތު ހިމެނޭ ފޯމުތައް މި މިނިސްޓްރީއިން ފުރިހަމަކުރަން ނުޖެހޭކަން އާންމުކޮށް އިޢުލާން ކުރީމެވެ.

15 ނޮވެންބަރު 2021