މުބާރާތް
ނަންބަރު: (IUL)141-YD/141/2021/279
ޕަބްލިޝްކުރި ތާރީޚް: 14 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 15:37
ސުންގަޑި: 30 ނޮވެންބަރު 3021 14:00
މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ލާމަސީލު ޒުވާނާ ކޭމްޕް

                              އިޢުލާން       

ލާމަސީލު ޒުވާނާ ކޭމްޕް

 

 ލާމަސީލު ޒުވާނާ ކޭމްޕަކީ ޢުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންނަށް އަމާޒުކޮށްގެން، ޒުވާނުންނަކީ ކިޔަމަންތެރި ހަރުދަނާ ސިފަވަންތަ، ޤައުމިއްޔަތާއި ދީނަށް ލޯބިކުރާ، މަސައްކަތު މާޙައުލަށް ޝައުޤުވެރި،  މަސައްކަތުގެ އަޚުލާޤު ދަމަހައްޓާ، ނަމޫނާ ބަޔަކަށް ހެދުމުގެ މަޤްޞަދުގައި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ ގުޅިގެން 26 ޑިސެންބަރ 2021 އިން ފެށިގެން ދެ ހަފްތާގެ މުއްދަތަށެވެ. މި ކޭމްޕު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ސ. ހިތަދޫގައެވެ.

 މި ކޭމްޕު ބޭއްވުމަށް ހަމަޖެހިފައިވަނީ އައްޑޫ، ފުވައްމުލައް އަދި ހުވަދުއަތޮޅަށް ހުޅުވާލައިގެންނެވެ. ކޭމްޕުގައި ބައިވެރިވުމަށް އެދި ފޯމް ހުށަހަޅާ ޒުވާނުންގެ ތެރެއިން ޝޯޓް ލިސްޓު ކުރެވޭ 130 ބައިވެރިޔަކަށް ފުރުޞަތު ދޭގޮތަށްވަނީ ހަމަޖެހިފައެވެ. މިއީ ދެޖިންސުގެ ޒުވާނުންނަށް ހުޅުވައިލެވިގެން ކުރިއަށް ގެންދެވޭ ކޭމްޕެކެވެ.

މި ކޭމްޕުގައި ބައިވެރިވުމަށް އެދޭ ފޯމް https://forms.gle/sj8d7a7F1jpNbpV68 ލިންކުންނާއި އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، މާފަންނު އިޖުތިމާޢީ މަރުކަޒު، އައްޑޫ ސިޓީ ކައުންސިލް އިދާރާ ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާ ތަކުންނާއި ދެކުނު އަތޮޅުތަކުގައި ޤާއިމްކުރެވިފައިވާ އިޖުތިމާޢީ މަރުކަޒުތަކުން ލިބިވަޑައިގަންނަވާނެއެވެ. މި ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 30 ނޮވެންބަރ 2021ގެ މެންދުރު 14:00އެވެ. މި ފޯމާއިއެކު  އައިޑީ.ކާޑުގެ ކޮޕީ އަދި ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ހުށަހެޅުން އެދެމެވެ.   

  • އިޢުލާނާއިއެކު އެޕްލިކޭޝަން ފޯމް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

 އިތުރު މަޢުލޫމާތު ހޯއްދެވުމަށް ބޭނުންފުޅުވެލައްވާނަމަ 3347417 ނުވަތަ ހިލޭ ގުޅޭ ނަންބަރ 1456 އަށް ގުޅުއްވުން އެދެމެވެ.

14 ނޮވެންބަރު 2021