ދިވެހިރާއްޖެ
އިޢުލާން
ބޯޅަދަނޑު ވިނަކޮށާ ސާފުކޮށްދޭނެ ފަރާތެއްހޯދުން
މިރަށު ބޯޅަދަނޑު 2 އަހަރުގެ މުއްދަތައް ވިނަކޮށާ، ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
އަމިއްލަ ތަކެތީގައި މިމަސައްކަތް ކޮށްދެއްވުމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން 2021 ނޮވެމްބަރ23 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ގެޒެޓްކުރެވިފައިވާ ރަޖިސްޓްރޭޝަންސީޓް ފުރިހަމަކުރެއްވުމަށްފަހު [email protected] އަށް އީމެއިލް ކުރެއްވުން ނުވަތަ ރަޖިސްޓްރޭޝަން ފޯމް މިއިދާރާގެ ކައުންޓަރުންނަންގަވާ ފުރިހަމަކުރެއްވުމަށްފަހު ހުށަހެޅުއްވުން އެދެމެވެ. ރަޖިސްޓަރީ ކުރައްވާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް ލިބޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެއެވެ.
|
ތާރީޚް |
ދުވަސް |
ވަގުތު |
ރަޖިސްޓަރީ ވި ފަރާތްތަކަށް މައުލޫމާތު ދިނުން |
25 ނޮވެމްބަރ 2021 |
ބުރާސްފަތި |
13:00 |
އަންދާސީ ހިސާބު ހުށަހެޅުން |
30 ނޮވެމްބަރ 2021 |
އަންގާރަ |
13:00 |
ޕޮއިންޓް ދިނުމަށް ހަމަޖެހިފައިވާ ގޮތް
1. މަސައްކަތުގެ އަގަށް: %80(އެންމެ ކުޑަ އަގަކީ ބެންޗްމާކު ކަމުގައި ބަލައިގެން)
2. މަސައްކަތުގެ ތަޖުރިބާއަށް: %20 (މަސައްކަތުގެ ތަޖުރިބާ ހުށަހަޅާ ކޮންމެ ލިޔުމަކަށް 1 ޕޮއިންޓް ގިނަވެގެން ދެވޭނީ 20 ޕޮއިންޓް).
މިކަމާގުޅިގެން މިކައުންސިލުން ކޮށްފައިވާ ނަންބަރު: 365/2021/58 (IUL)(24 އޮކްޓޯބަރު 2021) އިޢްލާން ބާތިލްކުރެވިފައިވާ ވާހަކަ ދެންނެވީމެވެ.