ޢާންމު މަޢުލޫމާތު
ނަންބަރު: (OTHR)393/393/2021/1
ޕަބްލިޝްކުރި ތާރީޚް: 15 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:27
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާގެ ސަރވިސް ޗާޓަރ

ތަޢާރަފް؛   

މިއީ، ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާއިން ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ޢަމަލުކުރާނޭ ގޮތްތަކާއި، ޚިދުމަތުގެ ފެންވަރާއި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް ޚިދުމަތް ދިނުމުގައި ޢަމަލުކުރުމަށްޓަކައި އެކުލަވާލާފައިވާ ސަރވިސް ޗާޓަރެވެ.

 ތަޞައްވުރު

ކޮޅުމަޑުލު ކިނބިދޫ ކައުންސިލްގެ އިދާރާއަކީ އަމާން ހިތްފަސޭހަ، ސާފުތާހިރު، ތިމާވެއްޓާރައްޓެހި، އިޤްތިޞާދީ ހަރަކާތްތަކާއި ޢުމްރާނީ ތަރައްޤީއަށް، މަގު ފަހިވެފައިވާ ރަށަކަށްވެ، ކިނބިދޫގެ ރައްޔިތުންނަށް އަސާސީ ޙައްޤުތަކާއި ޚިދުމަތްތައް ޒަމާނާއެއްގޮތަށް ފޯރުކޮށްދިނުމާއި، ރަށް ދިރުވައި ރަށުގެ ކުރިއެރުމާއި ތަރައްޤީކޮށް، މުޅިރައްޔިތުންގެ ހެވާއި ލާބަޔަށްޓަކައި ކަންކަން އެކަށަހަޅައި، އިޚްލާޞްތެރިކަމާއެކު ޚިދުމަތްދޭ، ޤާބިލު ޒިންމާދާރު މުވައްޒަފުން ތިބި، އަދި ފުރިހަމަ ނަމޫނާ ދައްކައިދޭ ރަށުކައުންސިލްގެ އިދާރާއަކަށްވުން.

މިޝަން؛

 

ޤާނޫނު އަސާސީއާއި ޤާނޫނާއި އެއްގޮތްވާ ގޮތުގެމަތިން ރަށް ހިންގައި، ރަށް ތަރައްޤީކޮށް، ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައިވާ ގޮތުގެމަތިން ރަށްވެހިކަމުގެ ޚިދުމަތްތައް ދީ، ހިންގުމުގައި ރައްޔިތުންގެ ޚިޔާލާއި މަޝްވަރާގެ މައްޗަށް ބިނާކޮށް، ތަރައްޤީގެ ހުރިހާ ރޮގަކުންވެސް ކުރިއެރުން ހޯދާ ހިތްފަސޭހަ އަމާން ރަށްކަށްވުމާއެކު ރަށުގެ ރައްޔިތުންނަށް ކުރިއެރުމާއި މަންފާ ހޯދުމުގެ ފުރުސަތު ތަނަވަސްކޮށްދޭ، ކަންތައްތަކުގައި ބައިވެރިވާ، ހީވާގި، އިޖްތިމާޢީ ފޭރާން ރަގަޅު، ދުޅަހެޔޮ މުޖުތަމައެއް އޮންނަ ހިތްފަސޭހަ، ސާފުތާހިރު، ފެހި ރަށަކަށްވުން. އަދި މިކަންތައް ޙާޞިލްކުރުމަށްޓަކައި ކައުންސިލުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށް ބޭނުންވާ ފުރިހަމަ އެހީތެރިކަން ދިނުމާއި، ކައުންސިލްގެ ސިޔާސަތުތައް އެކަށައެޅުމަށް ބޭނުންވާ ތަފާސްހިސާބުތަކާއި މަޢުލޫމާތު އެއްކޮށް، ކައުންސިލަށް ފޯރުކޮށްދީ، ވިލަރެސްކޮށް ބެލެހެއްޓުމާއި ވަޒަންކުރުމުގައި ކައުންސިލަށް އެއްބާރުލުންދީ އެހީތެރިކަން ދިނުން.

 

ޚިދުމަތް ދިނުމުގައި ހިފަހައްޓާނެ މައިގަނޑު އަސާސްތައް

 

v     ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކަށް ހިނިތުންވުމާއެކު މަރުޙަބާކިޔައި، އިޙްތިރާމާއެކު މުޢާމަލާތްކުރުން.

v     ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކުގެ ބޭނުންތައް އަޑުއަހައި، ފެންވަރު ރަނގަޅު އަވަސް ޚިދުމަތެއް ފޯރުކޮށްދިނުން.

v     ޚިދުމަތްތައް ފޯރުކޮށްދިނުމުގައި މުވައްޒަފުންގުޅިގެން މަސައްކަތްކުރުން

v     ނަޒާޙަތްތެރިކަމާއެކު ހަމަހަމަކަމާއެކު ހާމަކަން ބޮޑުގޮތެއްގައި ޚިދުމަތް ފޯރުކޮށްދިނުން.

v     ޚިދުމަތް ހޯދުމަށް އައި ތަރުތީބަށް އިސްކަންދީގެން ޚިދުމަތް ދިނުން.

v     ޚިދުމަތް ހޯދުމަށް އަންނަ އިސްރައްވެހިންނާއި، ދަޢުލަތާއި ރަށަށް ގިނަދުވަހު ޚިދުމަތްކުރައްވާފައިވާ ފަރާތްތަކާއި ޚާއްޞަ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ޚިދުމަތް ދިނުމުގައި ޙާއްޞަ ސަމާލުކަމެއްދީ އިޙްތިރާމް އަދާކުރުން.

v     ފޯނުންކުރާ މުޢާމަލާތްތަކުގައި އުފާވެރި އަޑަކުން މަޑުމައިތިރިކަމާއި އަދަބުވެރިކަމާއެކު ރިވެތިބަހުން ވާހަކަ ދެއްކުން.

 

#

ޚިދުމަތްތައް

ޚިދުމަތުގެ ފެންވަރާއި މުއްދަތު

އޮފީހުގެ ފޯނަށް އަންނަ ފޯންކޯލްތަކަށް ޖަވާބު ދިނުން

1

އޮފީހުގެ ފޯނަށް އަންނަ ފޯންކޯލްތަކަށް ޖަވާބު ދިނުން

  • ރަސްމީ ދުވަސްދުވަހު ހެނދުނު 8:00 ން 14:00 އަށް  ޚިދުމަތް ހޯދަން ކައުންސިލަށްގުޅުއްވާ ފަރާތްތަކަށް ޚިދުމަތް ލިބިވަޑައިގަންނަވާނެ.
  • ކައުންސިލްގެ ރަސްމީފޯނަށް އަންނަ ފޯނުކޯލުތަކަށް ލަސްވެގެން ފޯނުގެ ރިންގު ކެނޑުމުގެ ކުރިން ޖަވާބު ދެވޭނެ.
  • ޚިދުމަތް ހޯދަން ގުޅިފަރާތުން  ބޭނުންވާ ޚިދުމަތެއް އޮޅުން ފިލުވައި، ބޭނުންވާ ޚިދުމަތާ ބެހޭ މުވައްޒަފަށް ކޯލް ޕާސްކުރެވޭނެ، ނުވަތަ އެކަމަކާ ގުޅިގެން ދޭންޖެހޭ ޖަވާބެއް ދެވޭނެ.

އެންޓްރީކުރުމާއި، ޢާންމުފަރާތްތަކުން ހުށަހަޅާ ސިޓީތަކަށް ޖަވާބުދާރީވުން.

2

އެންޓްރީ ކުރުމާއި، ޢާންމުފަރާތްތަކުން ހުށަހަޅާ ސިޓީތަކަށް ޖަވާބުދާރީވުން.

  • އޮފީހަށް ލިބޭ ލިޔެކިޔުންތައް ލަސްވެގެން ޖެހިގެން އަންނަ ރަސްމީ ދުވަހު އެންޓްރީކޮށް ކަމާގުޅޭ ސެކްޝަނަށް ފޯރުކޮށްދެވޭނެ.
  • އުސޫލީ މައްސަލަތަކާއި، ދައުލަތުގެ މުއައްސަސާއަކުން މަޢުލޫމާތު ހޯދަން ނުޖެހޭ މައްސަލަތަކަށް، ގިނަވެގެން ރަސްމީ މަސައްކަތު 3 ދުވަހުގެ ތެރޭގައި ޖަވާބު ދެވޭނެއެވެ.
  • ރަސްމީ މަސައްކަތު 3 ދުވަހުގެ ތެރޭގައި ޖަވާބު ނުދެވޭނަމަ، ޖަވާބުދިނުން ލަސްވާ ސަބަބު އޮޅުންފިލުވައިދެވޭނެ، ނުވަތަ ވަގުތީ ޖަވާބެއް  ލިޔުމުން ރަސްމީ މަސައްކަތު 3 ދުވަހުގެ ތެރޭގައި ދެވޭނެ.
  • ދައުލަތުގެ އެހެން މުއައްސަސާއަކުން މަޢުލޫމާތު ހޯދައިގެން ޖަވާބު ދެވޭނެ މައްސަލަތަކަށް، ގުޅުންހުރި މުއައްސަސާއިން ޖަވާބު ލިބުމުން ޖަވާބު ދެވޭނެއެވެ. އަދި ރަސްމީ 7 ދުވަހަށްވުރެ ލަސްވާނަމަ ޖަވާބު ލަސްވާ ސަބަބު ލިޔުމުން އެންގޭނެއެވެ.

އެޕޮއިންޓްމަންޓަށް އެދި ހުށަހެޅުން

3

އެޕޮއިންޓްމަންޓަށް އެދި ހުށަހެޅުން

  • އޮފީހުގެ ވެރިއަކާ ބައްދަލުކުރުމަށް އެދި އެޕޮއިންޓްމަންޓަކަށް އެދިފައިވާނަމަ، ބައްދަލު ކުރައްވާ ވެރިޔަކު ނިންމަވާ ގޮތެއްގެ މަތިން އެޕޮއިންޓްމަންޓަށް އެދޭ ފަރާތްތަކަށް، ގިނަވެގެން ރަސްމީ މަސައްކަތު 1 ދުވަހުގެ ތެރޭގައި ޖަވާބު ދެވޭނެއެވެ.

އައި.ޑީ.ކާޑު ހެދުން

4

އައި.ޑީ.ކާޑު ހެދުން

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމަށް އެދޭފޯމު ކޮންމެ ރަސްމީ ދުވަހެއްގެ ހެނދުނު 8:00 އިން 14:00 ށް ކައުންސިލް އިދާރާގެ ކައުންޓަރުން ބަލައިގަނެވޭނެއެވެ. އީމެއިލް[email protected]  ގެޒަރީޢާއިންވެސް ފޯމު ހުށަހެޅިދާނެއެވެ. ކައުންސިލް އިދާރާގެ ކައުންޓަރުންނާއި އަދި ޑީ.އެން.އާރު ގެ ވެބްސައިޓުން (www.dnr.gov.mv) ފޯމުލިބެން ހުންނާނެއެވެ.
  • ކާޑު ހެދުމަށް ބޭނުންވާ ފޮޓޯ ނެގުމުގެ ޙިދުމަތް ކައުންސިލުގެ އިދާރާއިން ލިބެން ހުންނާނެއެވެ.
  • ކާޑު ހެއްދުމަށް ކައުންސިލް އިދާރާއަށް ފޯމުލިބޭތާ ރަސްމީ 1 ދުވަސްތެރޭގައި، މަޢުލޫމާތު ވެރިފައިކުރުމަށްފަހު ބޭނުންވާ ހުރިހައި ލިޔެކިއުންތަކާއެކު އައި.ޑީ.ކާޑު ހެދުމަށްޓަކައި ޑީ.އެން.އާރަށް ފޮނުވޭނެއެވެ.

 

  • އައި.ޑީ ކާޑު ހެއްދުމަށް ހުށަހަޅާ އެޕްލިކޭޝަންގައި މައްސަލައެއް އޮތްކަމަށް ޑީ.އެން.އާރުން މަޢުލޫމާތު ދެއްވައިފިނަމަ އެކަމެއް ރަސްމީ ބަންދުނޫން 1 ދުވަހުގެ ތެރޭގައި އިޞްލާހުކޮށް ޑީ.އެން.އާރަށް ފޮނުވޭނެއެވެ.

 

  • އަތޮޅުކައުންސިލުން، ނިމިފައިހުރި އައި.ޑީ ކާޑުތަކުގެ މަޢުލޫމާތު އަންގާ ދުވަހުން ފެށިގެން ރަސްމީ 3 ދުވަސްތެރޭގައި ކާޑުގެނެސް، ވެރިފަރާތާ ޙަވާލުކުރެވޭނެއެވެ.  މިގޮތުން ކައުންސިލަށް ކާޑްލިބުމުން ކާޑް ލިބިފައިވާކަން އެފަރާތައް އެންގޭނެއެވެ.

 

65 އަހަރު ފުރުމުން ޕެންޝަނަށް ފޯމު ފޮނުވުން

5

65 އަހަރު ފުރުމުން ޕެންޝަނަށް ފޯމު ފޮނުވުން

  • ރަށުގެ ރަޖިސްޓްރީގައި ހިމެނޭ މީހުންގެ ތެރެއިން ޢުމުރުން 65 އަހަރު ފުރޭ ފަރާތްތަކަށް، 65 އަހަރު ފުރުމުގެ 15 ދުވަސްކުރިން ކައުންސިލް އިދާރާއިން އަސާސީ ޕެންޝަނަށް އެދި ފޯމް ހުށަހެޅުމަށް އެދި އެ ފަރާތަށް އެކަން އެންގޭނެއެވެ.

 

  • ޕެންޝަނަށް އެދޭ ފޯމް، ކޮންމެ ރަސްމީ ދުވަހެއްގެ 8:00 ން 14:00 ށް ކައުންސިލް އިދާރާއިން ބަލައިގަނެވޭނެއެވެ. އީމެއިލްގެ ޒަރީޢާއިންވެސް ފޯމު ހުށަހެޅިދާނެއެވެ.

 

  • ކައުންސިލް އިދާރާއަށް ފޯމު ލިބޭތާ ރަސްމީ 3 ދުވަހުގެ ތެރޭގައި، ފޯމް އަދި ފޯމާއެކު ހުށަހަޅަން ބަޔާންކޮށްފައިވާ އެންމެހާ ލިޔުންތައް ހުށަހަޅާފައި ވޭތޯބަލައި  ޗެކުކުރުމަށްފަހު ޕެންޝަން އޮފީހަށް ފޮނުވޭނެއެވެ.

 

ޕެންޝަން އޮފީހަށް ކައުންސިލް އިދާރާއިން ފޮނުވާ ފޯމުތަކަށް ލިބޭ ޖަވާބުތަކާއި މަޢުލޫމާތު، ރަސްމީ 1 ދުވަހުގެތެރޭގައި އެފަރާތްތަކާ ލިޔުމުން ޙިއްޞާކުރެވޭނެއެވެ.

 

އެކަނިވެރިމައިންގެ ފޯމު ފޮނުވުން

6

އެކަނިވެރިމައިންގެ ފޯމު ފޮނުވުން

  • ފަޤީރު ޙާލަތުގައި ދިރިއުޅޭ، އެކަނި ދަރިން ބަލަހައްޓާ މައިން ނުވަތަ ބަފައިންނަށް ދެވޭ މާލީ އެހީއަށް އެދި ހުށަހަޅާ ފޯމު، ކޮންމެ ރަސްމީ ދުވަހެއްގެ 8:00 ން 14:00 ށް ކައުންސިލް އިދާރާގެ ކައުންޓަރުންނާއި އީމެއިލްގެ ޒަރީޢާއިން ބަލައިގަނެވޭނެއެވެ.

 

  • އެކަނިވެރިމައިން/ބަފައިންގެ ފޯމު ކައުންސިލް އިދާރާއަށް ލިބޭތާ ރަސްމީ 3 ދުވަހުގެތެރޭގައި، ބޭނުންވާ ލިޔެކިއުމާއި މަޢުލޫމާތު ހޯދުމަށްފަހު، ދަފުތަރު ކުރުމާއި އެހީ ހަމަޖައްސައިދިނުމަށް އެންސްޕާ އަށް ފޮނުވޭނެއެވެ.
  • އެންސްޕާއަށް ކައުންސިލް އިދާރާއިން ފޮނުވާ ފޯމުތަކާގުޅިގެން ލިބޭ ޖަވާބުތަކާއި މަޢުލޫމާތު ރަސްމީ 1 ދުވަހުގެ ތެރޭގައި އެފަރާތްތަކާ ޙިއްޞާކުރެވޭނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފޯމުލުން

7

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ފޯމުލުން

  • ނުކުޅެދުންތެރިކަން ހުންނަ މީހުން ދަފުތަރުގައި ހިމެނުމާއި މާލީ އެހީތެރިކަމަށް އެދޭފޯމް، ކޮންމެ ރަސްމީދުވަހެއްގެ 8:00 ން 14:00 ށް ކައުންސިލް އިދާރާގެ ކައުންޓަރުން ނުވަތަ ޢީމެއިލްގެ ޒަރީޢާއިން ބަލައިގަނެވޭނެއެވެ.

 

  • ކައުންސިލް އިދާރާއަށް ފޯމު ލިބޭތާ ރަސްމީ 3 ދުވަހުގެ ތެރޭގައި، ބޭނުންވާ ލިޔެކިއުމާއި މަޢުލޫމާތު ހޯދައި، ދަފްތަރުކުރުމާއި، މާލީ އެހީ ހަމަޖެއްސުމަށް އެންސްޕާ އަށް ފޮނުވޭނެއެވެ.

 

  • އެންސްޕާއަށް ކައުންސިލް އިދާރާއިން ފޮނުވާ ފޯމުތަކާގުޅިގެން ލިބޭ ޖަވާބުތަކާއި މަޢުލޫމާތު ރަސްމީ 2 ދުވަހުގެ ތެރޭގައި އެފަރާތްތަކާ ޙިއްޞާކުރެވޭނެއެވެ.

ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން

8

ކަށުކަމާކެމީގެ ކަންކަން ހަމަޖެއްސުން

 

  • މަރުފޯމު ކައުންސިލް އިދާރާއަށް ހުށަހެޅުމުން، ކަށުކަމާކެމީގެ ކަންކަމަށް  އިންތިޒާމް ކުރުމަށް ކަނޑައަޅާފައިވާ ފޯކަލްޕޮއިންޓަށް މަރުފޯމު ލިބުމުން 1 ގަޑި އިރުތެރޭގައި ޖަނާޒާގެ ކަންކަން އެއާއިލާއަކުން ބޭނުންވާގޮތަކަށް ހަމަޖައްސައިދިނުމަށް މަގުފަހިކޮށްދެވޭނެ އެވެ.
  • ޖަނާޒާގެ ކަންތައް ހަމަޖެއްސުމަށް ގުޅާނީ ކައުންސިލްގެ ފޯކަލް ޕޮއިންޓްގެ ނަންބަރު 9510825 އަށެވެ.

 

މަރުވާ މީހުން  ރަށްވެހިންގެ ރަޖިސްޓްރީ އިން އުނިކުރުން

9

މަރުވާ މީހުން  ރަށްވެހިންގެ ރަޖިސްޓްރީ އިން އުނިކުރުން

  • މަރުފޯމް  ކައުންސިލްގެ އިދާރާއަށް ހުށަހެޅުން.
  • ރަސްމީ ބަންދުނޫން 3 ދުވަސް ތެރޭގައި ކައުންސިލްގެ ރަޖިސްޓްރީން އުނިކުރުމަށް ފަހު، ނިޔާވެފައިވާކަމުގެ ލިޔުން (މަރުފޯމް) ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން އަށް ފޮނުވޭނެއެވެ. އަދި 65 އަހަރުވެފައިވާ ފަރާތެއްނަމަ ޕެންޝަން އޮފީހަށް އެ މަޢުލާމާތު ފޮނުވޭނެ އެވެ.
  • މަރުވިމީހާ ރަށްވެހިވެފައިވާ "ރަށްވެހީންގެ ރަޖިސްޓްރީ" ގެ އަސްލު 3 ދުވަސްތެރޭގައި އެ ފަރާތުގެ އާއިލާގެ ފަރާތުން ކައުންސިލާ ހަވާލުކުރުން. އަދި މަރުވިމީހާގެ ނަން ރަޖިސްޓްރީ އިން އުނިކުރުމަށް ފަހު ހަމަ އެދުވަހު އަނބުރާ ގޭގެ ވެރިފަރާތާ ރަޖިސްޓްރީ ހަވާލުކުރެވޭނެއެވެ.

 

އުފަންދުވަހުގެ ރަޖިސްޓްރީ ހެދުން އަދި އުފަންދުވަހުގެ ސެޓްފިކެޓް ހެދުން ( އަލަށް އުފަންވާ ކުދިންގެ )

10

އުފަންދުވަހުގެ ރަޖިސްޓްރީ ހެދުން އަދި އުފަންދުވަހުގެ ސެޓްފިކެޓް ހެދުން ( އަލަށް އުފަންވާ ކުދިންގެ )

  • އުފަންދުވަހުގެ ރަޖިސްޓްރީ / އުފަންދުވަހުގެ ސެޓްފިކެޓް އަދި ރަށްވެއްސަކަށް އެދޭ ފޯމް ހުށަހެޅުން.
  • މަތީގައިވާ ފޯމް ހުށަހަޅުއްވާއިރު ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް ހުށަހެޅުން.

ހޮސްޕިޓަލް ނުވަތަ ސިއްޙީމަރުކަޒުން ފޫޅުމާފޯމް އެންޓަރ ކޮށްފައިވާނަމަ، ރަސްމީ ބަންދުނޫން 5 ދުވަސް ތެރޭ ސެޓްފިކެޓް ހައްދައިދެވޭނެ.

އުފަންދުވަހުގެ ސެޓްފިކެޓް ހެދުން ( އަލަށް އުފަންވާ ކުދިން ނޫން )

11

އުފަންދުވަހުގެ ސެޓްފިކެޓް ހެދުން ( އަލަށް އުފަންވާ ކުދިން ނޫން )

  • އުފަންދުވަހުގެ ރަޖިސްޓްރީ / އުފަންދުވަހުގެ ސެޓްފިކެޓް އަދި ރަށްވެއްސަކަށް އެދޭ ފޯމް ހުށަހެޅުން.
  • މަތީގައިވާ ފޯމް ހުށަހަޅުއްވާއިރު ތިރީގައިމިވާ ލިޔެކިއުންތައް ހުށަހެޅުން.

- ސެޓްފިކެޓް ހަދާ ފަރާތުގެ އައިޑީކާރޑް ކޮޕީ

  • ފޯމް ހުށަހަޅާ ތާރީޚުން ފެށިގެން ބަންދުނޫން 5 ދުވަސް ތެރޭ ސެޓްފިކެޓް ހައްދައިދެވޭނެއެވެ.

 

ރަށްވެހިންގެ ރަޖިސްޓްރީގައި މީހުން ރަޖިސްޓްރީކުރުން

12

ރަށްވެހިންގެ ރަޖިސްޓްރީގައި މީހުން ރަޖިސްޓްރީކުރުން

  • އެއާއިލާއެއްގެ އިސްމީހާ ސިޓީއަކުން ރަޖިސްޓްރީ ވުމަށް އެދުން.
  • ގޭގެ ވެރިފަރާތުގެ އިޢުތިރާޒެތް ނެތްކަމުގެ ލިޔުމާއެކު ބަދަލުވާން ބޭނުންވާ އެޑްރެހާއި ،އެޑްރެސް ބަދަލުކުރަން ބޭނުންވާ މީހުންގެ ނަމާއި އެޑްރެސް ހިމެނުއްވައި އެ އެންމެންގެ އައިޑީކާރޑް ކޮޕީ ހުށަހެޅުން.
  • ފޯމް ހުށަހަޅާ ތާރީޚުން ފެށިގެން ބަންދުނޫން 7 ދުވަސްތެރޭ ރަޖިސްޓްރީ ކުރެވޭނެއެވެ.

 

ރަށްވެހިކަން ބަދަލު ކުރުން

13

ރަށްވެހިކަން ބަދަލު ކުރުން

  • އެއާއިލާއެއްގެ އިސްމީހާ ސިޓީއަކުން ޚިދުމަތަށް އެދުން.
  • ރައްވެހިކަން ބަދަލުވުމަށް އެދޭ ފޯމް ހުށަހެޅުން.
  • މަތީގައިވާ ފޯމް ހުށަހަޅުއްވާއިރު ތިރީގައިމިވާ ލިޔެކިއުންތައް ހުށަހެޅުން.

- ބަދަލުވާން އެދޭ މީހާ، ނުވަތަ މީހުންގެ އައިޑީކާރޑް ކޮޕީ ހުށަހެޅުން.

  • އެމީހެއްގެ ރަޖިސްޓްރީ އޮތް ރަށަކުން ޖަވާބު ލިބޭ ތާރީޚުން ފެށިގެން ބަންދުނޫން 7 ދުވަސް ތެރޭ ރަށްވެހިކަން ބަދަލުކޮށްދެވޭނެ.

ރައްވެހިކަން ބަދަލުވާން ބޭނުންވާ މީހުން ރަޖިސްޓްރީން އުނިކުރުން

14

ރައްވެހިކަން ބަދަލުވާން ބޭނުންވާ މީހުން ރަޖިސްޓްރީން އުނިކުރުން

 

  • އެމީހަކު ބަދަލުވާން އެދޭ ރަށެއްގެ ކައުންސިލުން މިކައުންސިލަށް މެސެޖަކުން ނުވަތަ ސިޓީއަކުން އެންގެވުމުން ބަންދުނޫން 5 ދުވަސްތެރޭގައި ރަޖިސްޓްރީން އުނިކޮށްދެވޭނެއެވެ.

ނަން ބަދަލުކުރުން ( 10 އަހަރުން މަތި )

15

ނަން ބަދަލުކުރުން ( 10 އަހަރުން މަތި )

  • ނަން ބަދަލުކުރުމަށް އެދޭ ފޯމާއި ފޯމުގައިވާ ލިޔެކިއުންތަކާއި، ޤާނޫނީ ފޯމް ފުރައިގެން ހުށަހެޅުން. ( ޤާނޫނީ ފޯމް ދޫކުރިތާ 1 މަސްދުވަސް ހަމަވުމުގެ ކުރިން ކައުންސިލަށް ގެނައުން ).
  • މަތީގައިވާ ފޯމް ހުށަހަޅުއްވާއިރު ތިރީގައިމިވާ ލިޔެކިއުންތައް ހުށަހެޅުން.

- އައިޑީކާރޑް

- އުފަންދުވަހުގެ ސެޓްފިކެޓް

  • DNR އަށް ފޮނުވުމަށްފަހު ޖަވާބު ލިބޭ ތާރީޚުން ފެށިގެން ބަންދުނޫން 5 ދުވަސް ތެރޭ ޚިދުމަތް ފޯރުކޮށްދެވޭނެ.

 

 

 

ނަން ބަދަލުކުރުން ( 10 އަހަރުން ދަށް )

16

ނަން ބަދަލުކުރުން ( 10 އަހަރުން ދަށް )

 

  • ނަން ބަދަލުކުރުމަށް އެދޭ ފޯމާއި ފޯމުގައިވާ ލިޔެކިއުންތަކާއެކު ހުށަހެޅުން.
  • މަތީގައިވާ ފޯމް ހުށަހަޅުއްވާއިރު ތިރީގައިމިވާ ލިޔެކިއުންތައް ހުށަހެޅުން.

- އައިޑީކާރޑް

- އުފަންދުވަހުގެ ސެޓްފިކެޓް

DNR އަށް ފޮނުވުމަށްފަހު ޖަވާބު ލިބޭ ތާރީޚުން ފެށިގެން ރަސްމީ 5 ދުވަސް ތެރޭ ޚިދުމަތް ފޯރުކޮށްދެވޭނެ.

 

ހުކުރު،އީދު އަދި ކޭތަ ނަމާދު ކުރުމަށް އިމާމުން ހަމަޖެއްސުން

17

ހުކުރު،އީދު އަދި ކޭތަ ނަމާދު ކުރުމަށް އިމާމުން ހަމަޖެއްސުން

  • އިމާމުން،މުދިމުން ހަމަޖެއްސުމުގައި ޖަމާއަތުގައި ހުކުރު،އީދު އަދި ކޭތަ ނަމާދުކުރުމަށް ހުއްދަ ލިބިވަޑައިގެންފައިވާ ބޭފުޅެއްތޯ ކައުންސިލުން ކަށަވަރުކުރުން.

-ހުކުރު ،އީދު އަދި ކޭތަ ނަމާދަށް އިމާމުން ހަމަޖެއްސުމަށް ރަސްމީ އެއްދުވަސް ކުރިން އިމާމުން،މުދިމުން ނަށް އަންގާ ސޮއިކުރެވޭނެއެވެ.

 

ވަޒީފާއަށް އެދި ހުށަހެޅުން

18

ވަޒީފާއަށް އެދި ހުށަހެޅުން

 

  • ވަޒީފާއަށް އެދޭ ފޯމު ހުށަހެޅުމަށް އިޢުލާނުގައި ދީފައިވާ މުއްދަތުގެ ތެރޭގައި، ވަޒީފާއަށް އެދޭ ފަރާތްތަކުން ހުށަހަޅާ ފޯމާއި، އެ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ބަލައިގަތުމުގެ އިންތިޒާމު މި އިދާރާގައި ހަމަޖެހިފައިވާނެއެވެ.
  • ވަޒީފާއަށް އެދޭ ފަރާތުން ހުށަހަޅަނީ ރަނގަޅު ފޯމު ކަން މި އިދާރާގެ ކައުންޓަރުން ކަށަވަރުކުރެވޭނެއެވެ.
  • ވަޒީފާއަށް އެދޭ ފޯމާއެކު ހުށަހަޅާ ލިޔެކިޔުންތައް ބަލައިގަތް ތާރީޚާއި ގަޑި އަދި ބަލައިގަތް މުވައްޒަފުގެ މަޢުލޫމާތު ފުރިހަމަކޮށް ރަޖިސްޓްރީ ކުރެވޭނެއެވެ. އަދި މަޢުލޫމާތު ފުރިހަމަނުވާނަމަ،  ސްކްރީނިންގ މަރުޙަލާގައި އެ ކަން ފާހަގަކޮށް ވަޒީފާއަށް އެދިފައިވާ ފަރާތަށް ލިޔުމުން އެ ކަން އަންގައި،  ރަނގަޅު ފޯމް ހުށަހެޅުމަށް 48 ގަޑިއިރު ދެވޭނެއެވެ. މި މުއްދަތުގައި ރަގަޅު ފޯމު ހުށަހަޅާފައިނުވާނަމަ އެ ހުށަހެޅުމެއް ބަލާނީ ޝަރުޠު ފުރިހަމަނުވާ ހުށަހެޅުމެއްގެ ގޮތުގައެވެ. އަދި މީގެ އިތުރުން  ވަޒީފާއަށް އެދޭ ފޯމާއެކު އެއްކަރުދާސްކުރުމަށް ހުށަހެޅޭ ލިޔުންތަކުގެ ތެރެއިން ތަޢުލީމާއި ތަޖުރިބާގެ އެއްވެސް ލިޔުމެއް ސުންގަޑި ހަމަވުމުގެ ފަހުން ބަލައި ނުގަނެވޭނެއެވެ.
  • ދިވެހި ސިވިލް ސަރވިސްގެ ގަވާއިދު 2014  ގެ  78 ވަނަ މާއްދާގެ (ހ) ގެ    1،2،3،6،9 އަދި 11 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ  ވަޒީފާއަށް އައްޔަންކުރުމުގެ ޝަރުޠުތަކާއި، ވަޒީފާއަށް އެދި ހުށަހެޅުމަށް އިޢުލާންކޮށްފައިވާ މަޤާމުގެ އަސާސީ ޝަރުޠުތައް ފުރިހަ މަވޭތޯ ބަލަ އި ޝަރުޠުތަކަށް ނުފެތޭ ހުށަހެޅުންތައް ސްކްރީންކޮށް ވަކިކުރެވޭނެއެވެ.  އަދި މި ގޮތަށް ވަކިކުރެވޭ ހުށަހެޅުންތައް ބަލާނީ ޝަރުޠު ފުރިހަމަނުވާ ހުށަހެޅުންތަކެއް ކަމުގައެވެ. 
  • އިންޓަވިއު މަރުޙަލާ ފެށުމުގެ  ކުރިން ލިޔުމުން އެ ކަން  ، ސްކްރީންކުރުމުގެ މަރުޙަލާގައި މަޤާމުގެ ޝަރުޠު ހަމަނުވާކަމަށް ކަނޑައަޅާ ފަރާތްތަކަށް  އެ ފަރާ ތުގެ ހުށަހެޅުން  ހޮވިފައިނުވާ ސަބަބު އެންގޭނެއެވެ.  މި ގޮތުން އެ ފަރާތްތަކަށް އެންގުމުގައި ސްކްރީންކުރުމުގެ ހަމަތަކަށް ރިޢާޔަތްކޮށް ތަފްޞީލުކޮށް ބަޔާން ކުރެވޭނެއެވެ.
  • ވަޒީފާއަށް އެދި 10 ފަރާތަށްވުރެ ގިނައިން ހުށަހަޅާފައިވާނަމަ، ޝޯޓްލިސްޓް ކުރެވޭނެއެވެ. އަދި ޝޯޓްލިސްޓް ނުކުރެވޭ ފަރާތްތަކަށް އެކަން އެންގޭނެއެވެ.
  • ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް އިންޓަރވިއު އަދި އެސެސްމެންޓާޢި ޕްރެޒެންޓޭޝަން އޮންނާނެ މުއްދަތު އެންގޭނެއެވެ. އަދި އިންޓަރވިއުއަށްފަހު މާކްސް ލިބުނުގޮތުގެ ތަފްޞީލް ޢާއްމުކުރެވޭއެވެ.
  • މާކްޝީޓް ޢާޢްމުކުރެވިފާ މުއްދަތުގައި އެއްވެސް ކެންޑިޑޭޓެއްގެ ފަރާތުން ޝަކުވާއެއް ލިބިފައިނުވާނަމަ، އެންމެ މަތިން މާކްސް ލިބުނު ފަރާތަށް ވަޒީފާ ހަމަޖެއްސުމަށްޓަކައި ސީ. އެސް ވިއުގަރ މެދުވެރިކޮށް ސިވިލް ސާރވިސް އަށް ހުށަހެޅޭނެއެވެ.

 

އެސްޓިމޭޓާއި،ބީލަން ހުށަހެޅުން

19

އެސްޓިމޭޓާއި،ބީލަން ހުށަހެޅުން

  •   އާންމުކޮށް އިޢުލާނުކުރާ ބީލަންތަކާއި ނުވަތަ ޕްރޮޕޯޒަލް ހުށަހެޅުމުގެ ދަޢުވަތާ ގުޅިގެން ބީލަން ހުށަހެޅުމަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ އެއްގޮތަށް މަދުވެގެން ރަސްމީ ބަންދު ނޫން 7 ދުވަހުގެ މުއްދަތުދީ ގެޒެޓްކުރުމާއިއެކު ކައުންސިލްގެ ނޯޓިސް ބޮޑާއި އަދި ކައުންސިލްގެ ސޯޝިއަލް މީޑިއާގައި ސާކިއުލޭޓް ކުރެވޭނެ.
  • ބީލަން ފޮތެއްގެ އަގަކީ 50- 150ރ އެވެ.
  • ބީލަން ފޯމް މިއިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރ 6780031 އަށް ގުޅުއްވައިގެން މައުލޫމާތު ސާފުކުރެވޭނެއެވެ. ނުވަތަ [email protected] އަށް ހުށަހަޅުއްވައިގެން ވެސް މައުލޫމާތު ސާފުކުރެވޭނެއެވެ.
  •   ބީލަން ލިބޭތާ 3 ދުވަހުގެ ތެރޭގައި ބީލަންތަކުގެ ޝަރުޠު ހަމަވޭތޯ ބެލޭނެއެވެ.
  • ބީލަމަކާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރަންޖެހޭނަމަ، އެކަމަށް
    3 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ.
  • ޝަރުޠު ހަމަވާ ބީލަންތައް ރަސްމީ 5 ދުވަހުގެ ތެރޭގައި އިވެލުއޭޓް ކުރެވޭނެއެވެ.
  •  ޓެކްނިކަލް ޓީމް އިވެލުއޭޓް ކުރުމަށްފަހު ބިޑް ކޮމެޓީން ބައްލަވަންޖެހޭ ކަންކަން ބެއްލެވުމަށްފަހު ބިޑްކޮމެޓީގެ ބައްދަލުވުން ނިމުމުގެ ކުރިން އެވޯރޑް ކުރެވޭ ފަރާތް ކަނޑައަޅައި ގޮތެއްނިންމާނެއެވެ.
  •   ބީލަމާ ގުޅިގެން ބިޑު ކޮމިޓީން ނިންމާ ގޮތެއްގެ މަތިން ބީލަން ކާމިޔާބުކުރާ ކުރިފަރާތުގެ މައުލޫމާތު ކައުންސިލްގެ ނޯޓިސް ބޯޑުގައި އާއްމުކޮށް، ބީލަމާ ގުޅޭގޮތުން ޝަކުވާތައް ހުށަހެޅުމަށް ރަސްމީ ބަންދުނޫން 5 ދުވަސް މުއްދަތުދެވޭނެއެވެ.
  • އަދި މަސައްކަތާ ހަވާލުވާ ފަރާތުން ދައުލަތަށް ދައްކަންޖެހޭ ޓެކުހެއް ވާނަމަ، އެއްބަސްވުމުގައި ސޮއިކުރުމުގެ ކުރިން ޓެކްސް ދައްކައި މި ކައުންސިލަށް އެންގުމަށް 5 ދުވަހުގެ މުއްދަތެއް ދެވޭނެއެވެ.
  •   ބީލަމަކާ ގުޅިގެން ޝަކުވާއެއް ހުށަހަޅައިފިނަމަ، ރަސްމީ 2 ދުވަހުގެ ތެރޭގައި އެޝަކުވާއަކަށް ޖަވާބުދެވޭނެއެވެ.
  • ބީލަމާ ގުޅިގެން ލިބޭ ސަކުވާތަކަށް ޖަވާބުދިނުމަށްފަހު ބިޑް ކާމިޔާބު ކުރާ ފަރާތަށް ބިޑް ކާމިޔާބު ކުރި ކަމުގެ ލިޔުން ފޮނުވުން އަދި ބިޑަށް ނުހޮވޭ ފަރާތްތަކަށް ނުހޮވޭކަން ލިޔުމުން އެންގޭނެއެވެ.
  • ބިޑް ކާމިޔާބް ކުރިފަރާތަށް އެވޯޑް ލެޓާރ ފޮނުވާތާ ބަންދު ދުވަސްތަކާ އެކު 5 ދުވަސްތެރޭ ގައި ދެފަރާތުގެ އެއްބަސްވުމުގައި ސޮއިކުރެވޭނެ.

 

ފައިސާ ބަލައިގަތުން

20

ފައިސާ ބަލައިގަތުން

 

  • ކޮންމެ ދުވަހެއްގެ ހެނދުނު 08:00 އިން 12:00 އަށް ފައިސާ ބަލައިގަތުމުގެ އެންމެހައި ކަންކަން ކުރިޔަށް ދާނެއެވެ.
  • އޮންލައިން ކޮށް ފައިސާ ދެއްކޭނެ އިންތިޒާމްވެސް ކައުންސިލް އިން ވަނީ ހަމަޖެހިފައެވެ.
  • އޮންލައިން ކޮށް ފައިސާ  ޖަމާކުރާނެ އެކައުންޓްތަކުގެ ތަފްޞީލް

7725700293001 (1443 Revenue 1) މި އެކައުންޓަށް ޖަމާކުރާނީ  ކުލީގެ ގޮތުގައި ދައްކާ ފައިސާ، ނީލަން ފައިސާއެވެ.

7725700293002 (1443 Revenue 2) މި އެކައުންޓަށް ޖަމާކުރާނީ

އައި.ޑީ.ކާޑް ގެ ފައިސާ އާއި އޮޑިދޯނި ފަހަރުގެ ފީ އަށް ދައްކަން ޖެހޭ ފައިސާއެވެ.

7725700293004  (1443 Kharadhu 2) މި އެކައުންޓަށް ޖަމާކުރާނީ

ރުއްގަހުގެ ބަދަލު ފައިސާ އާއި ފިޠުރު ޒަކާތުގެ ފައިސާއެވެ.

  •  އޮންލައިން ކޮށް ފައިސާ ޖަމާކުރާ ފަރާތްތަކުން ފައިސާ ޖަމާކުރުމަށްފަހު މިއިދާރާގެ ފައިނޭންސް އޮފިސަރުގެ ނަންބަރު 9798637 އަށް ސްލިޕްކޮޅު ވައިބަރ ކުރުން
  • އޮންލައިންކޮށް ފައިސާ ޖަމާކުރާ ފަރާތްތަކަށް 01 ތެރޭގައި ފައިސާ ދެއްކިކަމުގެ ލިޔުން ފޮނުވޭނެއެވެ.

 

ހޮޓާ، ގެސްޓް ހައުސް، އަދި ހޯމްސްޓޭކޮޓަރި، "ރަށު ފަތުރުވެރިކަމުގެ ދަފްތަރު" ގައި ރަޖިސްޓްރީ ކުރުން

21

ހޮޓާ، ގެސްޓް ހައުސް، އަދި ހޯމްސްޓޭކޮޓަރި، "ރަށު ފަތުރުވެރިކަމުގެ ދަފްތަރު" ގައި ރަޖިސްޓްރީ ކުރުން

 

  • ފަތުރުވެރިކަމަށްއަމާޒުކޮށް،ހޮޓަލެއް/ގެސްޓްހައުސްއެއް/ހޯމްސްޓޭކޮޓަރިއެއް ހިންގުމުގެ ހުއްދަ ބޭނުންވާ ފަރާތްތަކުން މިނިޓްރީ އޮފް ޓުއަރިޒަމް އިން އެކަމަށް ކަނޑައަޅާފައިވާ ފޯމު ތަކުން އެމިނިސްޓްރީ އަށް ހުށަހެޅުން
  • މި އިން ކަމަކަށް ބޭނުންވާ ފަރާތަކުން މިނިޓްރީ އޮފް ޓުއަރިޒަމް އަށް ހުށަހެޅުމުން އެމިނިސްޓްރީ ކައުންސިލަށް ފޮނުވާ ޗެކް ލިސްޓް ލިބޭތާ ރަސްމީ މަސައްކަތު 2 ދުވަހުގެ ތެރޭގައި އެލިސްޓްގައި ހިމެނޭކަން ހުރީ ފުރިހިމަވެފަތޯ ކަށަވަރުކޮށް ކައުންސިލުން މިނިސްޓްރީ އަށް ޖަވާބު ފޮނުވުން
  • މި އިން ކަމަކަށް ބޭނުންވާ ފަރާތަކަށް މިނިސްޓްރީ އޮފް ޓުއަރިޒަމް ލިބޭ ހުއްދަ ކައުންސިލް އިދާރާ އަށް ހުށަހަޅާތާ ރަސްމީ މަސައްކަތު 2 ދުވަހުގެ ތެރޭގައި ކައުންސިލްގައި އޮންނަ "ރަށު ފަތުރުވެރިކަމުގެ ދަފްތަރު" ގައި އެފަރާތް ހިމެނުމަށްފަހު ރަޖިސްޓްރީ ކުރެވިއްޖެ ކަން އަދި ކަމާއި ގުޅޭ ވިޔަފާރި ކައުންސިލް އިޚްތިޞާޞް ހިމެނޭ ސަރަހައްދުގައި ކުރުމުގެ ހުއްދަ ލިއުމުންލިބިގެންދާނެއެވެ.

 

ފަރުދުންގެ ވިޔަފާރި ފިހާރަ ހިންގާ ފަރާތްތައް "ރަށުގެ ވިޔަފާރި ހިންގާ ފަރާތްތަކުގެ ދަފްތަރު" ގައި ރަޖިސްޓްރީ ކުރުން

22

ފަރުދުންގެ ވިޔަފާރި ފިހާރަ ހިންގާ ފަރާތްތައް "ރަށުގެ ވިޔަފާރި ހިންގާ ފަރާތްތަކުގެ ދަފްތަރު" ގައި ރަޖިސްޓްރީ ކުރުން

  • ފަރުދުންގެ ވިޔަފާރި ފިހާރަ ހިންގުމަށް ބޭނުންވާ ފަރާތްތަކުން މިނިސްޓްރީ އޮފް އިކޮނިމިކް ޑިވެލޮޕްމަންޓް އިން އެކަމަށް ކަނޑައަޅާފައިވާ ފޯމު ތަކުން އެމިނިސްޓްރީ އަށް ހުށަހެޅުން
  • މި ކަމަށް ބޭނުންވާ ފަރާތަކުން މިނިސްޓްރީ އޮފް އިކޮނިމިކް ޑިވެލޮޕްމަންޓަށް ހުށަހެޅުމުން އެމިނިސްޓްރީ ކައުންސިލަށް ފޮނުވާ ޗެކް ލިސްޓް ލިބޭތާ ރަސްމީ މަސައްކަތު 2 ދުވަހުގެ ތެރޭގައި އެލިސްޓްގައި ހިމެނޭކަން ހުރީ ފުރިހިމަވެފަތޯ ކަށަވަރުކޮށް ކައުންސިލުން މިނިސްޓްރީ އަށް ޖަވާބު ފޮނުވުން
  • މި ކަމަށް ބޭނުންވާ ފަރާތަކަށް މިނިސްޓްރީ އޮފް އިކޮނިމިކް ޑިވެލޮޕްމަންޓް އިން ދޫކުރާ ވިޔަފާރި ރަޖިސްޓްރީ ކައުންސިލް އިދާރާ އަށް ހުށަހަޅާތާ ރަސްމީ މަސައްކަތު 2 ދުވަހުގެ ތެރޭގައި ކައުންސިލްގައި އޮންނަ "ރަށުގެ ވިޔަފާރި ހިންގާ ފަރާތްތަކުގެ ދަފްތަރު" ގައި އެފަރާތް ހިމެނުމަށްފަހު ރަޖިސްޓްރީ ކުރެވިއްޖެ ކަން އަދި ކަމާއި ގުޅޭ ވިޔަފާރި ކުރުމުގެ ހުއްދަ ލިއުމުންލިބިވަޑައިގަންނަވާނެއެވެ.

 

މަގުމަތީގައި އަދި އާންމު ތަންތަނުގައި ގާޑިއާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަށް ހުއްދަ ދިނުން

 

23

މަގުމަތީގައި އަދި އާންމު ތަންތަނުގައި ގާޑިޔާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަށް ހުއްދަ ދިނުން

  • ގާޑިޔާ ނުވަތަ މޭޒުބަހައްޓައިގެން ވިޔަފާރިކުރުމަށް ޖާގަ ހޯދުމަށް އެދި ހުށަހެޅި ފަރާތަކީ ދާއިމީ ގޮތެއްގައި މަގުމަތީގައާއި ޢާންމު ތަންތަނުގައި ގާޑިޔާ ނުވަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަށް ހުށަހެޅި ފަރާތެއްކަމުގައި ވާނަމަ ކައުންސިލުން އެފަދަ ވިޔަފާރި ދާއިމީ ގޮތެއްގައި ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދު ތަކުން ޖާގާ އޮތްތޯ ބަލައި ޖާގަ އޮތްނަމަ ހުށަހާޅާތާ 7 ދުވަހުގެ ތެރޭގައި ޤަވާޢިދާއި އުޞޫލާއި އެއްގޮތަށް އެފަރާތަކަށް ޖާގަދީ އެފަރާތާއި އެކު ވެވޭ އެއްބަސްވުން ހަދައި ނިންމައި ސަރަހައްދު (ޖާގަ) ހަވާލުކުރެވޭނެއެވެ.
  • ގާޑިޔާ ނުވަތަ މޭޒުބަހައްޓައިގެން ވިޔަފާރިކުރުމަށް ޖާގަ ހޯދުމަށް އެދި ހުށަހެޅި ފަރާތަކީ ވަގުތީ ގޮތުން މަގުމަތީގައާއި ޢާންމުތަނެއްގައި ގާޑިޔާ ނުވަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަށް ހުށަހެޅި ފަރާތެއްކަމުގައި ވާނަމަ އެފަދަ ފަރާތަކަށް ވަގުތީ ގޮތުން ދެވޭ ތަނާމެދު ކައުންސިލާއި މަޝްވަރާކޮށް ކަނޑައެޅުމަށް ފަހު އެފަދަ ވިޔަފާރި ވަގުތީ ގޮތެއްގައި ކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުން ވީ އެންމެ އަވަހަކަށް ޤަވާޢިދާއި އުޞޫލާއި އެއްގޮތަށް އެފަރާތަކަށް ޖާގަދީ އެފަރާތާއި އެކު ވެވޭ މުއްދަތު ކަނޑައެޅިފައިވާ އެއްބަސްވުން ހަދައި ނިންމައި ސަރަހައްދު (ޖާގަ) ހަވާލުކުރެވޭނެއެވެ.
  • ގާޑިޔާ ނުވަތަ މޭޒުބަހައްޓައިގެން ވިޔަފާރިކުރުމަށް ޖާގަ ހޯދުމަށް ހުށަހަޅާ ފާރަތްތަކުން އެތަނުގައި (އެމޭޒުގައި ނުވަތަ އެގާޑިޔާގައި) ކާބޯތަކެތީގެ ވިޔަފާރި ކުރުމުގެ ހުއްދަ، މޯލްޑިވްސް ފުޑް އެންޑް ޑްރަގްސް އޮތޯރިޓީގައި ނުވަތަ ރަށުގެ ހެލްތް ސެންޓަރުގައި ރަޖިސްޓްރީ ކޮށް އެފަރާތުން ދީފައިވާ ސާފުތާހިރު ކަމުގެ ސެޓްފިކެޓް އޮތްތޯ ކަށަވަރުކުރުން. އެފަދަ ލިއުމެއް ނެން ނަމަ އެލިއުން ހޯދައި ހުށަހެޅުމަށް އެންގުން.
  • ފުރަތަމަ ދެވޭ މުއްދަތު މިއަށްވުރެ، މުއްދަތު އިތުރުކުރަން ބޭނުންވާ ނަމަ އެއްބަސްވުމުގައިވާ މަރުހަލާގެ ކުރިން އެއްބަސްވުމުގައި ބަޔާންކުރާގޮތަށް ކައުންސިލަށް ލިއުމުން މުއްދަތު އިތުރުކުރުމަށް ހުށަހެޅުމުން ކައުންސިލުން އެއިރުގެ ހާލަތަށް ރިއާޔަތްކޮށް މުއްދަތު އިތުރުކުރެވޭނެއެވެ.
  • މަގުމަތީގައި އަދި އާންމު ތަންތަނުގައި ގާޑިއާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރުމަށް ހުއްދަ  އެއްވެސް ފަރާތަކަށް ދީފިނަމަ ކައުންސިލް އޮންނަ " މަގުމަތީގައި އަދި އާންމު ތަންތަނުގައި ގާޑިއާ ނުވަތަ މޭޒު ބަހައްޓައިގެން ވިޔަފާރި ކުރާ ފަރާތްތަކުގެ ދަފްތަރު " ގައި އެފަރާތެއް ރަޖިސްޓްރީ ކުރަމުން ގެންދާނެއެވެ.

ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ހެއްދުން

24

ކަނޑު އުޅަނދުފަހަރުގެ ސަލާމަތީ ހެއްދުން

  •  ކަނޑު އުޅަނދުގެ ސާރވޭއަށް އެދޭ ފޯމް (MS-1) ހުށަހެޅުން އަދި ފީ ދެއްކުން (ސެޓްފިކެޓަކަށް 250ރ) މުއްދަތު ހަމަވެފައިވާނަމަ، ކޮންމެ ސެޓްފިކެޓަކަށް ޖުރުމަނާގެ ގޮތުގައި 1000ރުފިޔާ ދައްކަންޖެހޭނެއެވެ.
  • ކަނޑުއުޅަނދު ފަހަރު ސާރވޭއަށް އެދޭ ފޯމް އިދާރާގެ ކައުންޓަރުންނާއި، އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ވެބްސައިޓުން www.transport.gov.mv ލިބެންހުންނާނެއެވެ.
  • ފޯމް ހުށަހެޅުމުން ފޯމު ކަމާގުޅުންހުރި ސެކްޝަނާ  ރަސްމީ 2 ދުވަސް ތެރޭގައި ހަވާލުކުރުން (ESMS)
  • ފޯމު އަދި ފޯމާ އެކުގައިވާ ލިޔުންތައް ޗެކްކުރުން.
  • ފޯމު ހުށަހެޅި ފަރާތަށް ގުޅައިގެން އުޅަނދު ސާރވޭ ކުރަންދާނެ ދުވަހަކާއި ގަޑި ހަމަޖައްސާ ސާރވޭ ކުރިއަށް ގެންދެވޭނެއެވެ.
  •  ސަރވޭކޮށް ނިމޭތާ ރަސްމީ 2 ދުވަސްތެރޭގައި ސަލާމަތީ ސެޓްފިކެޓް ހަވާލު ކުރެވޭނެއެވެ.

އެއްގަމުގައި ދުއްވާ އުޅަނދުގެ ލައިސަންސް ހެދުން

 

25

އެއްގަމުގައި ދުއްވާ އުޅަނދުގެ ލައިސަންސް ހެދުން

  • ފޯމް ފުރުއްވައި، ޕާސްޕޯޓް ސައިޒްގެ 1 ފޮޓޯ، އައި.ޑީ.ކާޑްގެ އަސްލު ކޮޕީއަކާއެކު ރަސްމީ ދުވަހުގެ 12:00 ގެ ކުރިން ހުށަހަޅުއްވުން
  • އިމްތިޙާން ފީ ކަމުގައިވާ 100.00 (އެއް ސަތޭކަ) ރުފިޔާ ދެއްކެވުން.
  • ތިޔަރީ ޓެސްޓުހެއްދެވުން ( އެ ކައުންސިލަކުން އެ ކައުންސިލެއްގައި ޓެސްޓް އޮންނަ ދުވަހާއި ގަޑި ޖެއްސެވުމަށް)
  • ތިޔަރީ ޓެސްޓުން ފާސްވުމުން ގިނަވެގެން 3 މަސް ދުވަސްތެރޭ  ދުއްވުމުގެ ޓެސްޓަށް ހެއްދެވުމަށް ހުށަހެޅުއްވުން
  • ސައިކަލްނަމަ ދުއްވުމުގެ އިމްތިޙާންގެ  ފީ ކަމުގައިވާ 15.00 (ފަނަރަ ރުފިޔާ) އަދި ލައިސަންސް ހެއްދުމުގެ ފީ ކަމުގައިވާ 100.00 (އެއް ސަތޭކަ ) ރުފިޔާ އާއެކު ޖުމްލަ 115.00 (އެއް ސަތޭކަ ފަނަރަ) ރުފިޔާ ދެއްކެވުން.
  • ސައިކަލްނޫން އެހެނިހެން އެއްގަމު އުޅަނދެއްނަމަ ދުއްވުމުގެ އިމްތިހާންގެ  ފީ ކަމުގައިވާ 25.00 (ފަންސަވީސް) ރުފިޔާ އަދި ލައިސަންސް ހެއްދުމުގެ ފީ ކަމުގައިވާ 100.00 (އެއް ސަތޭކަ ) ރުފިޔާ އާއެކު ޖުމްލަ  125.00 (އެއް ސަތޭކަ ފަންސަވީސް) ރުފިޔާ ދެއްކެވުން.
  • ލައިސަންސް ހެއްދުމަށް އެދޭ ފޯމް އިދާރާގެ ކައުންޓަރުންނާއި، އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ވެބްސައިޓުން www.transport.gov.mv ލިބެންހުންނާނެއެވެ.

 

ކަނޑު އުޅަނދު ރަޖިސްޓްރީ ކުރުމަށް ސާވޭކުރުން

 

26

ކަނޑު އުޅަނދު ރަޖިސްޓްރީކުރުމަށް ސާވޭކުރުން

 

  • ކަނޑުދަތުރު ފަތުރުކުރާ އުޅަނދުފަހަރުގެ ރަޖިސްޓްރީއާއިބެހޭ ކަންކަމަށް އެދޭ ފޯމް (MR-1) ހުށަހެޅުން އަދި ފީ ދެއްކުން - 250ރ
  • ކަނޑުދަތުރު ފަތުރުކުރާ އުޅަނދު ފަހަރުގެ ރަޖިސްޓްރީ އަށް  އެދޭ ފޯމް އިދާރާގެ ކައުންޓަރުންނާއި، އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ވެބްސައިޓުން www.transport.gov.mv ލިބެންހުންނާނެއެވެ.
  • ފޯމު ޗެކްކުރުމާއި ބަލައިގަތުން އަދި އެންޓްރީކުރުން
  • ފޯމު ގުޅުންހުރި ސެކްޝަނާ  ރަސްމީ 2 ދުވަސް ތެރޭގައި ހަވާލުކުރުން
  • ކަނޑުއުޅަނދު ފަހަރު ރަޖިސްޓްރީއަށް އެދޭ ފޯމް އިދާރާގެ ކައުންޓަރުންނާއި، އަދި ޓްރާންސްޕޯޓް މިނިސްޓްރީގެ ވެބްސައިޓުން ލިބެންހުންނާނެއެވެ.
  • ފޯމު ހުށަހެޅި ފަރާތަށް ގުޅައިގެން އުޅަނދު ސާރވޭ ކުރަންދާނެ ދުވަހަކާއި ގަޑި ހަމަޖައްސާ ސާރވޭކުރުން.
  • އުޅަނދު ސާރވޭކޮށް ނިމޭތާ ރަސްމީ 3 ދުވަހުގެ ތެރޭގައި ކަނޑު އުޅަނދު ރަޖިސްޓްރީ ކުރުމަށް ސަރވޭކޮށް ދޫކުރާ ލިޔުން (MR-2) ދޫކުރެވޭނެއެވެ.

ގޯތީގެ ކަންމުޑި އެޅުމާއި ކަންވަށްކުރުން

27

ގޯތީގެ ކަންމުޑި އެޅުމާއި ކަންވަށްކުރުން

  • ފައުންޑޭޝަން ޗެކްކުރުމާއި، ކަންމުޑި އެޅުމާއި، ގޯތީގެ އިންވަކިކޮށް ދިނުމަށް އެދޭ ފޯމް ހުށަހެޅުން
  • ކައުންސިލް އިދާރާގެ ކައުންޓަރުން ފޯމުލިބެން ހުންނާނެއެވެ.
  • ޚިދުމަތަށް އެދޭ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން
  • ޚިދުމަތް ކުރިޔަށް ގެންދިޔުން (ޚިދުމަތުގެ މަރުޙަލާތައް)

-          ފޯމް ރަނގަޅަށް ފުރިހަމަކޮށްފައިވޭތޯ ޗެކްކުރުމަށް ފަހު ފޯމް އެންޓްރީ ކުރެވޭނެއެވެ.

-          ކަންމުޑި އެޅުމަށް އެދިފައިވާ ގޯތީ އޮތީ ރަނގަޅަށް ސާފުކޮށްފައިތޯ ކައުންސިލްގެ އިދާރާއިން ރަސްމީ 2 ދުވަހުގެ ތެރޭގައި ޗެކްކުރެވޭނެއެވެ.

-          ގޯތި ރަނގަޅަށް ސާފުކޮށްފައިވާނަމަ، ކަންމުޑި އެޅުމަށް ޓަކައި ގޯތީގެ ވެރިފަރާތުން ގެންދަންޖެހޭނެކަމަށް ފޯމުގައި ބަޔާންކޮށްފައިވާ ތަކެއްޗާއިއެކު ގޯތި އޮތް ތަނަށް ޙާޟިރުވާންޖެހޭ ތާރީޚާއި ގަޑި ގޯތީގެ ވެރި ފަރާތަށް ރަސްމީ 05 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

-          ގޯތީގެ ވެރިފަރާތަށް އަންގާފައިވާ ގަޑިޔަށް ކައުންސިލްގެ އިދާރާގެ ފަރާތުން ޙާޟިރުވެ ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.

  • ޚިދުމަތަށް އެދި ހުށަހަޅާފައިވާ ފޯމް ފުރިހަމަވެ، ގޯތި ސާފުކޮށްފައިވާނަމަ، ފޯމް ހުށަހަޅާތާ، ރަސްމީ 05 ދުވަހުގެ ތެރޭގައި ޚިދުމަތް ފޯރުކޮށްދެވޭނެ އެވެ.
  • ގޯތި ޗެކްކުރާއިރު ގޯތި ސާފުކޮށްފައިނުވާނަމަ، ގޯތި ސާފުކުރުމަށް 10 ދުވަހުގެ ތެރޭގައި ގޯތިގެވެރިފަރާތް (ނުވަތަ ބަލަހައްޓާ ފަރާތައް) ގޯތި،އަދި މަގުފަޅި ސާފުކުރުމަށް އެންގޭނެއެވެ.

-          ގޯތި ސާފުކުރުމަށް އެންގި ތާރީޚަށް ގޯތި ސާފުކޮށް ކައުންސިލްގެ އިދާރާއަށް އެންގުމުން ޚިދުމަތުގެ މަރުޙަލާތައް (މަތީގައިވާ ގޮތުގެމަތިން) ކުރިޔަށް ގެންދިޔުން. މިގޮތަށް ޚިދުމަތް ކުރިޔަށް ގެންދާނަމަ، ފޯމް ހުށަހެޅި ދުވަހުގެ ބަދަލުގައި ޚިދުމަތުގެ މުއްދަތު ގުނާނީ ގޯތި ސާފުކުރުމަށްފަހު ކައުންސިލްގެ އިދާރާއަށް އެންގި ތާރީޚުން ފެށިގެންނެވެ.

  • ޗިޓްގައިވާ މުއްދަތުގައި ގޯތި ސާފުކޮށްފައިނުވާނަމަ، ގޯތި ސާފުކޮށްފައިނުވުމުގެ ސަބަބުން ޚިދުމަތް ފޯރުކޮށް ދެވެންނެތްކަމަށް ލިޔުމުން ޖަވާބު ދެވޭނެއެވެ.

 

ގޯތީގެ އިންވަކިކުރުން

28

ގޯތީގެ އިންވަކިކުރުން

  • ފައުންޑޭޝަން ޗެކްކުރުމާއި، ކަންމުޑި އެޅުމާއި، ގޯތީގެ އިންވަކިކޮށް ދިނުމަށް އެދި ކައުންސިލުގެ އިދާރާއިން ދޫކުރާ ފޯމް ހުށަހެޅުން
  • ކައުންސިލް އިދާރާގެ ކައުންޓަރުން ފޯމުލިބެން ހުންނާނެއެވެ.
  • ޝަރީޢަތުން ޙުކުމް ކުރައްވައިގެން ލިބިފައިވާ ގޯއްޗެއްނަމަ، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓްގެ ކޮޕީ ހުށަހެޅުން
  • ޚިދުމަތް ކުރިޔަށް ގެންދިޔުން (ޚިދުމަތުގެ މަރުޙަލާތައް)

-          ފޯމް ރަނގަޅަށް ފުރިހަމަކޮށްފައިވޭތޯ ޗެކްކުރުމަށްފަހު ފޯމް އެންޓްރީ ކުރުން

-          އިންވަކިކުރުމަށް އެދިފައިވާ ގޯތީ އޮތީ ރަނގަޅަށް ސާފުކޮށްފައިތޯ ކައުންސިލްގެ އިދާރާއިން ރަސްމީ 3 ދުވަހުގެ ތެރޭގައި ޗެކްކުރުން.

-          ގޯތި ރަނގަޅަށް ސާފުކޮށްފައިވާނަމަ، އިންވަކި ކުރުމަށް ޓަކައި ގޯތީގެ ވެރިފަރާތުން ގެންދަންޖެހޭނެކަމަށް ފޯމުގައި ބަޔާންކޮށްފައިވާ ތަކެއްޗާއިއެކު ގޯތި އޮތް ތަނަށް ޙާޟިރުވާންޖެހޭ ތާރީޚާއި ގަޑި ގޯތީގެ ވެރި ފަރާތަށް ރަސްމީ 05 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

  • ގޯތީގެ ވެރިފަރާތަށް އަންގާފައިވާ ގަޑިޔަށް ކައުންސިލްގެ އިދާރާގެ ފަރާތުން ޙާޟިރުވެ ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.
  • ޚިދުމަތަށް އެދި ހުށަހަޅާފައިވާ ފޯމް ފުރިހަމަވެ، ގޯތި ސާފުކޮށްފައިވާނަމަ، ފޯމް ހުށަހަޅާތާ، ރަސްމީ 05 ދުވަހުގެ ތެރޭގައި ޚިދުމަތް ފޯރުކޮށްދެވޭނެ އެވެ.
  • ގޯތި ޗެކްކުރާއިރު ގޯތި ސާފުކޮށްފައިނުވާނަމަ، ގޯތި ސާފުކުރުމަށް 10 ދުވަހުގެ މުއްދަބަޔާންކޮށް ޗިޓް ހަވާލު ކުރެވޭނެއެވެ.

-          ގޯތި ސާފުކުރުމަށް އެންގި ތާރީޚަށް ގޯތި ސާފުކޮށް ކައުންސިލްގެ އިދާރާއަށް އެންގުމުން ޚިދުމަތުގެ މަރުޙަލާތައް (މަތީގައިވާ ގޮތުގެމަތިން) ކުރިޔަށް ގެންދިޔުން. މިގޮތަށް ޚިދުމަތް ކުރިޔަށް ގެންދާނަމަ، ފޯމް ހުށަހެޅި ދުވަހުގެ ބަދަލުގައި ޚިދުމަތުގެ މުއްދަތު ގުނާނީ ގޯތި ސާފުކުރުމަށްފަހު ކައުންސިލްގެ އިދާރާއަށް އެންގި ތާރީޚުން ފެށިގެންނެވެ.

  • ޗިޓްގެ މުއްދަތުގައި ގޯތި ސާފުކޮށްފައިނުވާނަމަ، ގޯތި ސާފުކޮށްފައިނުވުމުގެ ސަބަބުން ޚިދުމަތް ފޯރުކޮށް ދެވެންނެތްކަމަށް ލިޔުމުން ޖަވާބު ދެވޭނެއެވެ.

ގޯތީގެ ރަޖިސްޓަރީ ހެއްދުން

29

ގޯތީގެ ރަޖިސްޓަރީ ހެއްދުން

  • ގޯތީގެ ރަޖިސްޓަރީ ހެއްދުމަށް އެދޭ ފޯމް ހުށަހެޅުން
  • ކައުންސިލް އިދާރާގެ ކައުންޓަރުން ފޯމުލިބެން ހުންނާނެއެވެ.
  • ޚިދުމަތަށް އެދޭ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން
  • ޚިދުމަތަށް އެދޭ ފަރާތަށް ރަޖިސްޓަރީއާއި ޙަވާލުވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުނުވެވޭނަމަ، ބަދަލުގައި ރަޖިސްޓަރީއާއި ޙަވާލުވުމަށް ފޯމްގައި ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން
  • ރަޖިސްޓަރީ ހެއްދުމަށް ހުށަހަޅާފައިވާ ގޯއްޗަށް ކުރިން ރަޖިސްޓަރީ އެއް ހައްދާފައިވާނަމަ، ކުރީގެ ރަޖިސްޓަރީގެ އަޞްލު.
  • (ގޯތީގެ ރަޖިސްޓަރީ ގެއްލިގެން އަލުން ހެއްދުމަށް ހުށަހަޅާފައިވާނަމަ، ރަޖިސްޓަރީގެ އަޞްލު ހުށަހަޅާކަށް ނުޖެހޭނެއެވެ.)

ރަޖިސްޓްރީ ގެއްލިގެން އަލުން ހެއްދުމަށް ހުށަހަޅުއްވާއިރު ކުލެރިފިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު ހުށަހެޅުން.

  • ޚިދުމަތް ކުރިޔަށް ގެންދިޔުން (ޚިދުމަތުގެ މަރުޙަލާތައް)

-          ފޯމް ރަނގަޅަށް ފުރިހަމަކޮށްފައިވޭތޯ ޗެކްކުރުމަށްފަހު ފޯމް އެންޓްރީ ކުރުން

-          ފޯމް ލިބިފައިވާކަމުގެ ސްލިޕް ފޯމް ހުށަހެޅި ފަރާތަށް ވަގުތުން ޙަވާލުކުރެވޭނެއެވެ.

-          ރަޖިސްޓަރީ ހެއްދުމަށް އެދިފައިވާ ގޯތި އޮތީ ރަނގަޅަށް ސާފުކޮށް ކަންމުޑި އަޅާފައިތޯ ކައުންސިލްގެ އިދާރާއިން ލަސްވެގެން ރަސްމީ 2 ދުވަހުގެ ތެރޭގައި ޗެކްކުރެވޭނެއެވެ.

-          ގޯތި ރަނގަޅަށް ސާފުކޮށް ކަންމުޑި އަޅާފައިވާނަމަ، ރަޖިސްޓަރީއާއި ޙަވާލުވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުވާންޖެހޭ ތާރީޚާއި ގަޑި ގޯތީގެ ވެރި ފަރާތަށް ނުވަތަ ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތަށް ފޯމް ހުށަހަޅާތާ ލަސްވެގެން ރަސްމީ 2 ދުވަހުގެ ތެރޭގައި ސްލިޕަކުން އެންގުން.

-          ފޯމް ހުށަހަޅާތާ ލަސްވެގެން ރަސްމީ 2 ދުވަހުގެ ތެރޭގައި ގޯތި އޮތްތަނަށް ކައުންސިލްގެ އިދާރާގެ ފަރާތުން ޙާޟިރުވެ ގޯތީގެ މިންތައް (ގޯތީގެ ވެރިފަރާތް ނުވަތަ ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތުގެ ޙާޟިރުގައި) ޗެކްކޮށް ނޯޓް ކުރެވޭނެއެވެ.

  • ޚިދުމަތަށް އެދި ހުށަހަޅާފައިވާ ފޯމް ފުރިހަމަވެ، ގޯތި ސާފުކޮށް ކަންމުޑި އަޅާފައިވާނަމަ، ފޯމް ހުށަހަޅާތާ، ރަސްމީ 04 ދުވަހުގެ ތެރޭގައި ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.
  • ގޯތި ޗެކްކުރާއިރު ގޯތި ސާފުކޮށްފައިނުވާނަމަ، ނުވަތަ ކަންމުޑި އަޅާފައި ނުވާނަމަ ގޯތި ސާފުކުރުމަށް ނުވަތަ ކަންމުޑި އެޅުމަށް 10 ދުވަހުގެ މުއްދަތެއް ލިޔުމުން ދިނުން (ސްލިޕް ދޫކުރުން)

-          ގޯތި ސާފުކުރުމަށް ނުވަތަ ކަންމުޑި އެޅުމަށް އެންގި ސްލިޕްގައިވާ ތާރީޚަށް އެކަންކޮށް ކައުންސިލްގެ އިދާރާއަށް އެންގުމުން ޚިދުމަތުގެ މަރުޙަލާތައް (މަތީގައިވާ ގޮތުގެމަތިން) ކުރިޔަށް ގެންދިޔުން. މިގޮތަށް ޚިދުމަތް ކުރިޔަށް ގެންދާނަމަ، ފޯމް ހުށަހެޅި ދުވަހުގެ ބަދަލުގައި ޚިދުމަތުގެ މުއްދަތު ގުނާނީ ގޯތި ސާފުކުރުމަށް ނުވަތަ ކަންމުޑި އެޅުމަށްފަހު ކައުންސިލްގެ އިދާރާއަށް އެންގި ތާރީޚުން ފެށިގެންނެވެ.

  • ސްލިޕްގެ މުއްދަތުގައި ގޯތި ސާފުކޮށްފައި ނުވާނަމަ، ނުވަތަ ކަންމުޑި އަޅާފައިނުވާނަމަ ގޯތި ސާފު ނުކުރުމުގެ ސަބަބުން ނުވަތަ ކަންމުޑި އަޅާފައި ނުވުމުގެ ސަބަބުން ޚިދުމަތް ފޯރުކޮށް ދެވެންނެތްކަމަށް ލިޔުމުން ޖަވާބު ދެވޭނެއެވެ.

ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުން (ރަޖިސްޓަރީ ގެއްލިގެން ނޫން ގޮތަކަށް ހައްދާނަމަ)

30

ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުން (ރަޖިސްޓަރީ ގެއްލިގެން ނޫން ގޮތަކަށް ހައްދާނަމަ)

  • ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުމަށް އެދޭ ފޯމް ހުށަހެޅުން
  • ކައުންސިލް އިދާރާގެ ކައުންޓަރުން ފޯމުލިބެން ހުންނާނެއެވެ.
  • ޚިދުމަތަށް އެދޭ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން
  • ޚިދުމަތަށް އެދޭ ފަރާތަށް ރަޖިސްޓަރީއާއި ޙަވާލުވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުނުވެވޭނަމަ، ބަދަލުގައި ރަޖިސްޓަރީއާއި ޙަވާލުވުމަށް ފޯމްގައި ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތުގެ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން
  • ޝަރީޢަތުން ޙުކުމް ކުރައްވައިގެން ލިބިފައިވާ ގޯއްޗެއްނަމަ، ޝަރީޢަތް ނިމުނުގޮތުގެ ރިޕޯޓްގެ ކޮޕީ ހުށަހެޅުން.
  • ރަޖިސްޓަރީ ހެއްދުމަށް އެދިފައިވާ ގޯއްޗަށް ކުރިން ގޯތީގެ ރަޖިސްޓަރީއެއް ނުވަތަ ޢިމާރާތާއި ގޯތީގެ ރަޖިސްޓަރީއެއް ހައްދާފައިވާނަމަ، އެ ރަޖިސްޓަރީއެއްގެ އަޞްލު ހުށަހެޅުން.
  • ޚިދުމަތް ކުރިޔަށް ގެންދިޔުން (ޚިދުމަތުގެ މަރުޙަލާތައް)

-          ފޯމް ރަނގަޅަށް ފުރިހަމަކޮށްފައިވޭތޯ ޗެކްކުރުމަށްފަހު ފޯމް އެންޓްރީ ކުރުން

-          ރަޖިސްޓަރީ ހެއްދުމަށް އެދިފައިވާ ގޯތީ އޮތީ އިންވަކިކޮށްފައިތޯ ކައުންސިލްގެ އިދާރާއިން ލަސްވެގެން ރަސްމީ 05 ދުވަހުގެ ޗެކްކޮށް، އިންވަކިކޮށްފައިވާނަމަ، ގޯތީގެ ވެރިފަރާތް ނުވަތަ ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތުގެ ޙާޟިރުގައި ގޯތީގެ މިންތައް ޗެކްކޮށް ނޯޓް ކުރުން.

-          ގޯތީގެ މިންތައް ނޯޓް ކުރުމަށްފަހު ރަޖިސްޓަރީއާއި ޙަވާލުވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުވާންޖެހޭ ތާރީޚާއި ގަޑި ގޯތީގެ ވެރި ފަރާތަށް ނުވަތަ ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތަށް ފޯމް ހުށަހަޅާތާ ލަސްވެގެން ރަސްމީ 2 ދުވަހުގެ ތެރޭގައި ސްލިޕަކުން އެންގޭނެއެވެ.

  • ޚިދުމަތަށް އެދި ހުށަހަޅާފައިވާ ފޯމް ފުރިހަމަވެ، ގޯތީގެ އިންވަކިކޮށްފައިވާނަމަ، ފޯމް ހުށަހަޅާތާ، ރަސްމީ 05 ދުވަހުގެ ތެރޭގައި ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.
  • ގޯތި ޗެކްކުރާއިރު ގޯތީގެ އިންވަކިކޮށްފައި ނުވާނަމަ ގޯތީގެ އިންވަކި ކުރުމަށް 10 ދުވަހުގެ މުއްދަތެއް ލިޔުމުން ދިނުން (ސްލިޕް ދޫކުރުން)

-          ގޯތީގެ އިންވަކި ކުރުމަށް ދީފައިވާ ސްލިޕްގައިވާ ތާރީޚަށް އެކަންކޮށް ކައުންސިލްގެ އިދާރާއަށް އެންގުމުން ޚިދުމަތުގެ މަރުޙަލާތައް (މަތީގައިވާ ގޮތުގެމަތިން) ކުރިޔަށް ގެންދިޔުން. މިގޮތަށް ޚިދުމަތް ކުރިޔަށް ގެންދާނަމަ، ފޯމް ހުށަހެޅި ދުވަހުގެ ބަދަލުގައި ޚިދުމަތުގެ މުއްދަތުގެ ގުނާނީ ގޯތީގެ އިންވަކި ކުރުމަށްފަހު ކައުންސިލްގެ އިދާރާއަށް އެންގި ތާރީޚުން ފެށިގެންނެވެ.

  • ސްލިޕްގެ މުއްދަތުގައި ގޯތީގެ އިންވަކިކޮށްފައި ނުވާނަމަ، އިންވަކިކޮށްފައި ނުވުމުގެ ސަބަބުން ޚިދުމަތް ފޯރުކޮށް ދެވެންނެތްކަމަށް ލިޔުމުން ޖަވާބު ދިނުން.

އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުން (ރަޖިސްޓަރީ ގެއްލިގެން އަލުން ހެއްދުމަށް ހުށަހެޅުން)

31

އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުން (ރަޖިސްޓަރީ ގެއްލިގެން އަލުން ހެއްދުމަށް ހުށަހެޅުން)

  • އިމާރާތާއި ގޯތީގެ ރަޖިސްޓަރީ ހެއްދުމަށް އެދޭ ފޯމް ހުށަހެޅުން
  • ކައުންސިލް އިދާރާގެ ކައުންޓަރުން ފޯމުލިބެން ހުންނާނެއެވެ.
  • ޚިދުމަތަށް އެދޭ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން
  • ޚިދުމަތަށް އެދޭ ފަރާތަށް ރަޖިސްޓަރީއާއި ޙަވާލުވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުނުވެވޭނަމަ، ބަދަލުގައި ރަޖިސްޓަރީއާއި ޙަވާލުވުމަށް ފޯމްގައި ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތުގެ ފަރާތުގެ އައި.ޑީ ކާޑުގެ ކޮޕީ ހުށަހެޅުން
  • ކްލެރިފިކޭޝަން ފޯމް ހުށަހެޅުން (ރަޖިސްޓަރީއާއިބެހޭ މަޢުލޫމާތު ސާފުކުރާ ފޯމް)
  • ޚިދުމަތް ކުރިޔަށް ގެންދިޔުން (ޚިދުމަތުގެ މަރުޙަލާތައް)

-          ފޯމް ރަނގަޅަށް ފުރިހަމަކޮށްފައިވޭތޯ ޗެކްކުރުމަށްފަހު ފޯމް އެންޓްރީ ކުރުން

-          ކްލެރިފިކޭޝަން ފޯމް ފުރުމަށްޓަކައި ގޯތީގެ ވެރިފަރާތާއި ނުވަތަ އެޕްލިކޭޝަން ފޯމް ހުށަހެޅި ފަރާތާއި ވަގުތުން ޙަވާލުކުރުން.

-          އެޕްލިކޭޝަން ފޯމް ލިބިފައިވާކަމުގެ ސްލިޕް ފޯމް ހުށަހެޅި ފަރާތަށް ވަގުތުން ޙަވާލުކުރުން.

-          ރަޖިސްޓަރީއާއިބެހޭ މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވޭތޯ ބެލުމަށް ރަސްމީ 02 ދުވަހުގެ ތެރޭގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ރަސްމީ 07 ދުވަހުގެ މުއްދަތަށް ޢާއްމު އިޢުލާނެއް ކުރުން.

-          ކްލެރިފިކޭޝަން ފޯމް ފުރިހަމަކޮށް ހުށަހެޅުމުން، ފޯމްގައި ރަޖިސްޓަރީ ރަޙުނުކޮށްފައިވާކަމަށް އެއްވެސް ފަރާތަކުން ބަޔާންކޮށްފައި ނުވާނަމަ، އަދި 07 ދުވަހުގެ މުއްދަތަށް ކޮށްފައިވާ އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އެ ރަޖިސްޓަރީއާއިބެހޭ މަޢުލޫމާތެއް ލިބިފައިވާކަމަށް އަންގާފައިނުވާނަމަ، ޚިދުމަތުގެ މަރުޙަލާތައް ކުރިޔަށް ގެންދިޔުން.

-          އިޢުލާނުގެ މުއްދަތު ހަމަވެ، އަދި ކުލެރިފިކޭޝަން ފޯމް ހުށަހަޅާތާ ރަސްމީ 2 ދުވަހުގެ ތެރޭގައި ރަޖިސްޓަރީ ހެއްދުމަށް އެދިފައިވާ ގޯތީ އޮތީ އިންވަކިކޮށްފައިތޯ ކައުންސިލްގެ އިދާރާއިން ޗެކްކޮށް، އިންވަކިކޮށްފައިވާނަމަ، ގޯތީގެ ވެރިފަރާތް ނުވަތަ ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތުގެ ޙާޟިރުގައި ގޯތީގެ މިންތައް ޗެކްކޮށް ނޯޓް ކުރުން.

-          ގޯތީގެ މިންތައް ނޯޓް ކުރުމަށްފަހު ރަޖިސްޓަރީއާއި ޙަވާލުވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުވާންޖެހޭ ތާރީޚާއި ގަޑި ގޯތީގެ ވެރި ފަރާތަށް ނުވަތަ ޕަވަރ އޮފް އެޓަރނީ ދީފައިވާ ފަރާތަށް ޢާއްމު އިޢުލާންގެ މުއްދަތު ހަމަވެފައިވާނަމަ، ކުލެރިފިކޭޝަން ފޯމް ހުށަހަޅާތާ، ލަސްވެގެން ރަސްމީ 2 ދުވަހުގެ ތެރޭގައި ސްލިޕަކުން އެންގުން. ޢާއްމު އިޢުލާންގެ މުއްދަތު ހަމަވުމުގެ ކުރިން ކުލެރިފިކޭޝަން ފޯމް ފުރިހަމަ ކުރުމަށްފަހު ހުށަހަޅައިފިނަމަ، ރަޖިސްޓަރީއާއި ޙަވާލުވުމަށްވުމަށް ކައުންސިލްގެ އިދާރާއަށް ޙާޟިރުވާންޖެހޭ ތާރީޚާއި ގަޑި އަންގާނީ ޢާއްމު އިޢުލާންގެ މުއްދަތު ހަމަވާތާ، ރަސްމީ 02 ދުވަހުގެ ތެރޭގައެވެ.

  • ޚިދުމަތަށް އެދި ހުށަހަޅާފައިވާ ފޯމް ފުރިހަމަވެ، އިޢުލާނުގެ މުއްދަތު ހަމަވެ، ކްލެރިފިކޭޝަން ފޯމް ހުށަހަޅާ އަދި ގޯތީގެ އިންވަކިކޮށްފައިވާނަމަ، ރަސްމީ 05 ދުވަހުގެ ތެރޭގައި ޚިދުމަތް ފޯރުކޮށްދޭން ވާނެއެވެ.
  • ގޯތި ޗެކްކުރާއިރު ގޯތީގެ އިންވަކިކޮށްފައި ނުވާނަމަ ގޯތީގެ އިންވަކި ކުރުމަށް 10 ދުވަހުގެ މުއްދަތެއް ލިޔުމުން ދިނުން (ސްލިޕް ދޫކުރުން)

-          ގޯތީގެ އިންވަކި ކުރުމަށް ދީފައިވާ ސްލިޕްގައިވާ ތާރީޚަށް އެކަންކޮށް ކައުންސިލްގެ އިދާރާއަށް އެންގުމުން ޚިދުމަތުގެ މަރުޙަލާތައް (މަތީގައިވާ ގޮތުގެމަތިން) ކުރިޔަށް ގެންދިޔުން. މިގޮތަށް ޚިދުމަތް ކުރިޔަށް ގެންދާނަމަ، އިޢުލާނުގެ މުއްދަތު ހަމަވެ، ކުލެރިފިކޭޝަން ފޯމް ހުށަހެޅި ތާރީޚުގެ ބަދަލުގައި ޚިދުމަތުގެ މުއްދަތުގެ ގުނާނީ ގޯތީގެ އިންވަކި ކުރުމަށްފަހު ކައުންސިލްގެ އިދާރާއަށް އެންގި ތާރީޚުން ފެށިގެންނެވެ.

  • ސްލިޕްގެ މުއްދަތުގައި ގޯތީގެ އިންވަކިކޮށްފައި ނުވާނަމަ، އިންވަކިކޮށްފައި ނުވުމުގެ ސަބަބުން ޚިދުމަތް ފޯރުކޮށް ދެވެންނެތްކަމަށް ލިޔުމުން ޖަވާބު ދެވޭނެއެވެ.
  • ރަޖިސްޓަރީއާއި ބެހޭ މަޢުލޫމާތު ހޯދުމަށް ކުރި އިޢުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން ރަޖިސްޓަރީގެ މަޢުލޫމާތު ލިބިފައިވާކަމަށް ހުށަހަޅާފިނަމަ، ނުވަތަ ކުލެރިފިކޭޝަން ފޯމުގައި ރަޖިސްޓަރީ ރަހުނުކޮށްފައިވާނަމަ، އެއްވެސް މާލީ އިދާރާއަކުން ބަޔާންކޮށްފައިވާނަމަ، އަލުން ރަޖިސްޓަރީ ހައްދައިދެވެން ނެތްކަމާއި، ރަޖިސްޓަރީއާއި ގުޅޭ ގޮތުން ހޯދާފައިވާ މަޢުލޫމާތު ގޯތީގެ ވެރިފަރާތަށް ލިޔުމުން ފޯރުކޮށް ދެވޭނެއެވެ.

 

މަގު ބަންދުކުރުމުގެ ހުއްދަ ދޫކުރުން

32

މަގު ބަންދުކުރުމުގެ ހުއްދަ ދޫކުރުން

  • މަގު ބަންދުކުރުމުގެ ހުއްދައަށް އެދި މަގު ބަންދުކުރުމަށް ބޭނުންވާ ދުވަހުގެ ރަސްމީ 3 ދުވަހުގެ ކުރިން ޚިދުމަތަށް އެދި ކައުންސިލް އިދާރާއަށް ފޯމް ހުށަހެޅުން.
  • ބޯޑާއި ޙަވާލުވާ ޝީޓްގައި ނަމާއި ސޮއި ކުރުމަށްފަހު މަގު ބަންދުކުރާ ހުއްދަ/ ބޯޑާއި ހަވާލުވުން
  • މަގު ބަންދުކުރުމަށް ހުއްދަ ދެވިފައިވާ ވަގުތު ހަމަވުމުން ސަރަޙައްދު ސާފުކޮށް ހުއްދަ ބޯޑު ކައުންސިލް އިދާރާއާއި.ހަވާލުކުރަންވާނެއެވެ.

 

މަގު ކޮނުމުގެ ހުއްދަ ދޫކުރުން

33

މަގު ކޮނުމުގެ ހުއްދަ ދޫކުރުން

  • މަގު ކޮނުމުގެ ހުއްދައަށް އެދި މަގު ކޮނުމަށް ބޭނުންވާ ދުވަހުގެ ރަސްމީ 3 ދުވަހުގެ ކުރިން ޚިދުމަތަށް އެދި ކައުންސިލް އިދާރާއަށް ފޯމް ހުށަހެޅުން.
  • މަގުކޮނުމުގެ ހުއްދަ ދޫކުރުމަށް ހުށަހަޅާފައިވާ ސަބަބު ދިރާސާކުރުމަށްފަހު ހުއްދަ ދޫކުރުން
  • މަގުކޮނުމަށް ދޫކުރާ ހުއްދައިގެ ކޮޕީ އިންޖީނުގެ، ކޭބަލްޓީވީގެ ޚިދުމަތްދޭ ފަރާތްތަކަށް ލިޔުމުން ޙަވާލުކުރެވޭނެއެވެ.

 

އިމާރާތްކުރުމުގެ ހުއްދަ ދޫކުރުން

34

އިމާރާތްކުރުމުގެ ހުއްދަ ދޫކުރުން

  • އިމާރާތްކުރުމުގެ ހުއްދައަށް އެދި ޚިދުމަތަށް އެދޭ ފޯމް (ފޯމުގައި ބޭނުންވާ ހުރިހާ މައުލޫމާތާއެކު) ކައުންސިލް އިދާރާއަށް ހުށަހެޅުން.
  • އިމާރާތްކުރުމުގެ ހުއްދަ ދޫކުރުމުގެ ކުރިން ބަލަންޖެހޭ އެންމެހާ ކަންކަން ބަލާ ހުއްދަ ދޫކުރުމަށް ކަނޑައެޅިފައިވާ ރޭޓުން ފީ ނެގުމަށްފަހު ހުއްދަ ދޫކުރެވޭނެ އެވެ.

 

 

ކައުންސިލުގެ ބެލުމުގެދަށުގައިވާ ތަންތަނާއި ތަކެތި ކުއްޔަށް ދޫކުރުން

35

ކައުންސިލުގެ ބެލުމުގެދަށުގައިވާ ތަންތަނާއި ތަކެތި ކުއްޔަށް ދޫކުރުން

  • ޚިދުމަތްތަކަށް އެދޭ ފޯމް ފުރިހަމަ ކުރުމަށްފަހު ކައުންސިލަށް ހުށަހެޅުން
  • ޚިދުމަތައް އެދޭފޯމް އިދާރާގެ ކައުންޓަރުން ފޯމުލިބެން ހުންނާނެއެވެ.
  • ޚިދުމަތަށް އެދި ހުށަހަޅާފައިވާ ފޯމަށް ފައިސާ ދެއްކުމުން ،ރަސްމީ 01 ދުވަހާއި 03 ދުވަހާއި ތެރޭގައި ޚިދުމަތް ފޯރުކޮށްދެވޭނެއެވެ.
  • ކުލީގެ ގޮތުގައި ނެގޭ ތަންތަނާއި ތަކެތީގެ އަގުތައް ކައުންސިލު އިދާރާގެ ނޯޓިސް ބޯޑިގައި އާންމުކުރެވިފައިވާނެއެވެ.

 

ޤާނޫނު ނަންބަރު 2014/1  (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން މަޢުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ފޯމް ތަކަށް ޖަވާބު ދިނުން

36

ޤާނޫނު ނަންބަރު 2014/1  (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ ދަށުން މަޢުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ފޯމް ތަކަށް ޖަވާބު ދިނުން

  • އެ ޤާނޫނުގެ ދަށުން އެކުލަވާލައިފައިވާ ގަވައިދުގައި ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި (21 ދުވަހުގެ ތެރޭގައި) ޖަވާބު ދެވޭނެއެވެ.
  • ޚިދުމަތައް އެދި ހުށަހެޅުމަށް ބޭނުންވާ ފޯމް ކައުންސިލް އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

 

 

 

 

 

ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމާއި، ފާޑުކިޔުން ހުށަހެޅުން

 

 

އޮފީހުން ދޭ ޚިދުމަތަކާ ގުޅޭގޮތުން، ނުވަތަ ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ނުވަތަ ޚިދުމަތަކަށް ފާޑުކިޔުމުގެ ގޮތުން ހުށަހަޅާ ހުށަހެޅުންތަކަށް މަރުޙަބާ ކިޔަމުއެވެ. ހުށަހެޅުންތައް ފޮނުވާނީ، [email protected]  މި އީ-މެއިލްގެ    ޒަރީއާއިންނެވެ. ނުވަތަ އޮފީހުގެ އިސްބޭފުޅަކަށް އެޑްރެސްކޮށްފައި ސިޓީއަކުންނެވެ. ހުށަހެޅުން ހުށަހަޅާ ފަރާތްތަކަށް އެ ހުށަހެޅުން ލިބުނުކަން ލަސްވެގެން ރަސްމީ މަސައްކަތު 5 ދުވަހުގެ ތެރޭގައި ޖަވާބުދެވޭނެއެވެ.

މީގެއިތުރަށް، އޮފީހުގެ އާންމު ނަންބަރު ކަމުގައިވާ 6780031 އަށް ގުޅައިގެންވެސް ހުށަހެޅޭނެއެވެ. މިފަދަ ހުށަހެޅުންތައް ބަލައިގަނެ، ވަގުތުން ރަނގަޅުކުރެވެން ހުރި ކަންކަން ރަނގަޅުކޮށް، ޚިދުމަތަށް ގެންނަންޖެހޭ ބަދަލުތައް ގެނެވޭނެއެވެ.

 

ގުޅުއްވުމަށް: 

 

ފޯން ނަންބަރު: 6780031

އީ-މެއިލް: [email protected]

ފޭސްބުކް ޕޭޖް: Secretariat Of The Kolhumadulu Kinbidhoo Council

15 ނޮވެންބަރު 2021