ވަޒީފާގެ ފުރުޞަތު
ނަންބަރު: 188-RE-IUL/2021/85
ޕަބްލިޝްކުރި ތާރީޚް: 15 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:02
ސުންގަޑި: 21 ނޮވެންބަރު 2021 14:00
ސިވިލް ސަރވިސް ކޮމިޝަން
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ހެލްތުގެ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސްގެ މަޤާމަށް މީހަކު ހޯދުމަށް

އިޢުލާނު

 

މަޤާމު: ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސް

މަޤާމުގެ ނަންބަރު: J-330740

ބޭނުންވާ އަދަދު: 1 (އެކެއް)

މަޤާމުގެ ގިންތި: ދާއިމީ 

މަގާމުގެ ރޭންކް: ސީއެސް 18

މަޤާމުގެ ކްލެސިފިކޭޝަން: ހެލްތް ސަރވިސް މެނޭޖަރސް

ވަޒީފާ އަދާކުރަން ޖެހޭ ތަނާއި ރަށް: މިނިސްޓްރީ އޮފް ހެލްތު / މާލެ 

މުސާރަ: -/54,430 ރުފިޔާ (މަހަކު)

ސަރވިސް އެލެވަންސް: -/530 ރުފިޔާ (ދުވާލަކަށް)

އެހެނިހެން އިނާޔަތްތައް: 

1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.

2. ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

 

މަގާމުގެ މަސްއޫލިއްޔަތުތާއި ވާޖިބުތައް:

1. ސިއްޙީ ދާއިރާ ތަރައްޤީކޮށް ޚިދުމަތް ފުޅާކުރުމަށް ބޭނުންވާ ސިޔާސަތުތައް ކަނޑައެޅުމަށާއި، ދާއިރާއަށް ބޭނުންވާ ޤާނޫނީ ބާރުވެރިކަން ފަހިކޮށްދިނުމަށާއި އެކިއެކި ޕްލޭންތަކާއި ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް އެކުލަވާލުމަށާއި، ބޭނުންވާ ފަންނީ ވިސްނުން މިނިސްޓަރއަށް ހިއްސާކޮށް އިރުޝާދުދިނުން.

2. ސިއްޙީ ދާއިރާއިން ތަންފީޒުކުރަމުންދާ ބައިނަލްއަޤުވާމީ މުޢާހަދާތަކާއި ދާއިރާއިން ބައިވެރިވާ އެހެނިހެން ބައިނަލް އަޤްވާމީ އެއްބަސްވުންތައް ތަންފީޒުކުރުމުގައި ފަންނީ އަދި ޓެކްނިކަލް ގޮތުން ބޭނުންވާ ކަންކަން ދެނެގަނެ، އެ ކަންކަން މިނިސްޓަރަށާއި ޕޮލިސީ ނިންމުމުގައި ޝާމިލްވާ އޮފިޝަލުންގެ ސަމާލުކަމަށް ގެނައުމާއެކު، އެ ކަންކަމާ ގުޅުން ހުރި ތަންފީޒީ ޙަރަކާތްތައް ވިލަރެސްކުރުމާއި ޢަމަލީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް މުރާޖަޢާކުރަމުން ގެންދިއުން.

3. ސިޔާސީ ގޮތުންނާއި ފަންނީގޮތުން ކަނޑައަޅާ ސިއްޙީ ދާއިރާގެ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި ރާއްޖެއިން ބޭރު ގައުމުތަކުގެ އެހީތެރިކަން ހޯދުމުގެ ގޮތުން ޤައުމުތަކާއެކު ގުޅުންބަދަހިކުރުމަށް ބޭނުންވާ އިރުޝާދުދިނުން.

4. ސިއްޙީ ދާއިރާއިން ބިނާކުރަންޖެހޭ ފަންނީ ހުނަރުވެރިކަން ދެނެގަނެ، އެ ޤާބިލުކަން ޔަޤީން ކުރުމަށްޓަކައި ބޭނުންވާ ފުރުޞަތުތައް ހޯދުމަށް ޔުނިވާރސިޓީތަކާއި އެހެނިހެން މުއައްސަސާތަކާއެކު މަޝްވަރާކޮށް، އެ ކަމަށް މަގުފަހިކޮށްދިނުން.

5. ސިއްޙީ ދާއިރާ ހިންގުމަށާއި ޚިދުމަތްދިނުމަށް ބޭނުންވާ ގިންތިތަކަށް އެކަށީގެންވާ މިންވަރަށް ރާއްޖެއިން ދިވެހީން ތަމްރީނުކުރުމަށް ޓަކައި ސިއްޙީ ދާއިރާގެ މަތީތައުލީމުދޭ މުއައްސަސާތަކާއެކު މަޝްވަރާކޮށް ބޭނުންވާ ކޯސްތައް ތައްޔާރުކުރުމަށް އެ މުއައްސަސާތަކަށް ލަފާދީ، އެ މުއައްސަސާތަކާއެކު ގުޅުންބަދަހިކުރުން.

6. ރާއްޖޭގައި "ޔުނިވަރސަލް ހެލްތް ކަވަރޭޖް" ޤާއިމުކުރުމަށާއި ސިއްޙީ ޚިދުމަތުގެ ނަތީޖާ އެކަށޭނަ އަގާއި، ފުރުސަތުގައި ހޯދައި ދިނުމަށްޓަކައި ކޮސްޓް އިފެކްޓިވް ސްޓްރެޓަޖީތައް އެކުލަވާލައި، މަސައްކަތްތަކާ ބެހޭގޮތުން ހެލްތް އިންޝުއަރެންސް ނިޒާމު ހިންގާ ފަރާތްތަކާއި، ސިއްޙީ ދާއިރާގެ އެހެން މުއައްސަސާތަކާއި، ޑިޕާޓްމަންޓް/ޑިވިޝަންތަކަށް ފަންނީ ލަފާދިނުމާއެކު، އަމާޒަށް ވާސިލުވުމަށް ސިއްޙީ ނިޒާމު ބައްޓަންކުރަމުން ގެންދިއުން.

7. ޞިއްހި ދާއިރާއިން ދެވޭ ޞިއްހީ ޚިދުމަތަށް ބޭނުންވާ އަސާސީ ބޭހާއި އެހެނިހެން ތަކެތީގެ ރައްކާތެރިކަން ޔަޤީންކޮށްދޭނެ އުޞޫލަކުން، މާލީ ބުރަދަން ލުއިކުރެވޭނެ (އަގުހެޔޮކޮށް) ގޮތެއްގެ މަތީން ތަކެތި ސޯސްކުރެވޭނެ ނިޒާމެއް ޤާއިމުކުރުމާ ގުޅޭގޮތުން މިނިސްޓަރަށް އިރުޝާދު ދީ، ރާއްޖެއިން ބޭރުގެ ފަރާތްތަކާ މަޝްވަރާކޮށް، ދާއިރާގައި އެ ކަން ހިންގާ ޑިޕާޓްމަންޓް/ޑިވިޝަންތަކަށް މަގުދައްކައި ދިނުން

8. ސިއްޙީ ދާއިރާގެ މަރުކަޒީ ވަޞީލަތްތަކާއި ޚިދުމަތުގައި ބޭނުން ކުރާ އާލާތްތައް އަލަށް އުފަންކުރާ ޓެކްނޯލޮޖީތަކަށާއި، ފުޅާކުރަމުންގެންދާ ޓެކްނޮލޮޖީގެ އިންތަކަށް ސިއްޙީ ފަންނުވެރިންނާއި އެހެން ޚިދުމަތްތެރިން އަހުލުވެރިކުރުވުމުގެ ގޮތުން އިރުޝާދުދިނުން.

9. ސިއްޙީ ދާއިރާއިން އެކަށައެޅި ތަޢާރަފުކުރަމުން ގެންދާ ސިޔާސަތުތަކަކީ މައުލޫމާތާއި ހެއްކަށް ބިނާކޮށް ކަނޑައެޅޭ ސިޔާސަތުތަކަށް ހެދުމަށްޓަކައި، ޔުނިވަރސިޓީތަކާއި އެހެން ފަންނީ މުއައްސަސާތަކުގެ އެހީތެރިކަމާއި އެއްބާރުލުންހޯދާ، ގުޅުން ބަދަހިކޮށް، ދާއިރާއަށް ބޭނުންވާ ދިރާސާތައް ދެނެގަނެ، އެނަލިސިސްތަކާއި ދިރާސާތައް ކުރުމަށް ފަންނީ ލަފާދިނުން އަދި މަޢުލޫމާތު މުއްސަނދިކޮށް، ތާޒާކުރުމަށް އިރުޝާދުދެމުން ގެންދިއުން.

10. ދިވެހިރާއްޖެއަށް ކުރިމަތިވާ ކާރިސާތަކާ ގުޅިގެން ސިއްޙީ ދާއިރާގެ ފަންނީ ލަފާދޭ އިސް މީހެއްގެ ގޮތުން ކަމާ ގުޅުން ހުރި އެހެން ދާއިރާތަކާއެކު މަޝްވަރާކޮށް ވިލަރެސްކުރުން.

11. ސިއްޙީ ދާއިރާއަށް ބޭނުންވާ ޤާނޫނުތަކާ ޤަވާއިދުތައް ހެދުމުގައި ހެލްތް މިނިސްޓްރީއާއި، އެ މިނިސްޓްރީއާ ގުޅުންހުރި އެހެން މުއައްސަސާތަކުގެ ޑިރެކްޓަރ ޖެނެރަލްއިންނާއި ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލުން ފަދަ އިސް މުވައްޒިފުންނަށާއި، ޤާނޫނީ ދާއިރާއިން މަސައްކަތްކުރާ މުވައްޒިފުންނަށް ފަންނީ ލަފާދިނުން

12. ސިއްޙީ ދާއިރާގައި މަސައްކަތް ކުރާ ފަންނުވެރިން ރަޖިސްޓްރީ ކުރުމަށް އެކުލަވާލެވިފައިވާ (މެންޓަލް އެންޑް ޑެންޓަލް ކައުންސިލްއާއި ނާރސިންގ ކައުންސިލް ފަދަ) ކައުންސިލްތަކުގެ މަސައްކަތަށް ލަފާދީ، އެ ކައުންސިލްތަކުގެ ރައީސުންނާ މަޝްވަރާކޮށް، އެބޭފުޅުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމާއި، ކައުންސިލްތަކުގެ މަސައްކަތާގުޅޭގޮތުން މިނިސްޓަރަށް ލަފާދިނުން.

13. ހެލްތު ޕްރޮފެޝަނަލުންގެ ކަންބޮޑުވުންތައް އޮޅުންފިލުވުމަށް ސިއްޙީ ދާއިރާގައި ޙަރަކާތްތެރިވާ ޕްރޮފެޝަނަލް އެސޯސިއޭޝަންތަކާއެކު ގުޅުންބަދަހިކޮށް، އެ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

14. ސިއްޙީ ދާއިރާގައި މަސައްކަތްކުރާ އެކިއެކި ފަންނީ ޑިރެކްޓަރ ޖެނެރަލުންނާއި، ކޮލިޓީ އެޝުއަރެންސް ކޮމިޝަނަރގެ މަސައްކަތްތަކަށް ސިއްޙީ ދާއިރާގެ އެހެން ފަންނީ ދާއިރާތަކުންނާއި އޮފިޝަލުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދީ، ވިލަރެސްކޮށް، އެ މަސައްކަތަށް ގެންނަންޖެހޭ އެފިޝިއެންސީ ގެނައުމަށް ލަފާދިނުން.

15. ސއްޙީ ޚިދުމަތްދޭ ތަންތަނާއި، އާންމު ޞިއްޙަތު ރައްކާތެރިކުރުމަށް ޤައުމީ ފެންވަރުގައި ހިންގާ ޕްރޮގްރާމްތައް މުރާޖަޢާކޮށް ހަރުދަނާކުރުމަށް ބޭނުންވާ ކަންކަމުގެ އިރުޝާދުދީ، އެ ފަރާތްތަކާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް ޞިއްހީ ޚިދުމަތްތައް ބައްޓަންކުރެވެނީ ރާއްޖޭގެ ޢާންމު ޞިއްޙަތުގެ ހާލަތާ އެކަށީގެންވާ ގޮތަށްތޯ ބަލައި، ވިލަރެސްކޮށް ފާރަވެރިވުން.

16. ޞިއްހަތާ ގުޅުން ހުރި މަސައްކަތްކުރާ ސިވިލް ސޮސައިޓީގެ ޖަމިއްޔާތަކާއެކު ގުޅުން ބަދަހިކޮށް، އެ ފަރާތްތަކުގެ ޝުޢޫރުތައް ދެނެގަނެ، ސިއްޙީ ދާއިރާއަށް އެންމެ ފައިދާ ހުރި ގޮތެއްގައި އެންގޭޖްކޮށް، ރާއްޖޭގެ ސިއްޙީ ޙާލަތު ކުރިއަރުވައި، ހަރުދަނާކުރުމަށް ގުޅިގެން މަސައްކަތްކުރެވޭނެ މާޙައުލެއް ޤާއިމުކޮށް، ބޭނުންތެރި ޕްރޮގްރާމްތަކާއި ޕްރޮޖެކްޓްތައް ހިންގުމަށް އިރުޝާދުދީ މަގުދެއްކުން.

 

މަގާމުގެ ޝަރުޠުތައް:

  • މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރާ ބޭސިކް މެޑިކަލް ޑިގްރީއެއް ހާސިލްކޮށްފައި ވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރާ ޓީޗިންގ ހޮސްޕިޓަލެއްގައި 1 އަހަރުދުވަހުގެ އިންޓަރންޝިޕް ފުރިހަމަކޮށްފައި ވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ޕްރެކްޓިސް ކުރުމުގެ ހުއްދަ ލިބިފައިވުމާއެކު.

އަދި، 

  • މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލް ގަބޫލުކުރާ 3 ނުވަތަ 4 އަހަރު ދުވަހަށްވުރެ ކުރުނޫން އެމް.ޑީ/އެމް.އެސް ނުވަތަ އެއާ އެއްފެންވަރުގެ ޑިގްރީއެއް މެޑިކަލް ސްޕެޝަލިޓީއަކުން ނުވަތަ ސަބް-ސްޕެޝަލްޓީއަކުން ހާސިލްކޮށްފައި ވުމާއެކު، މޯލްޑިވްސް މެޑިކަލް އެންޑް ޑެންޓަލް ކައުންސިލްގައި ރަޖިސްޓްރީކޮށް ސްޕެޝަލިސްޓެއްގެ ގޮތުގައި ޕްރެކްޓިސްކުރުމުގެ ހުއްދަ ލިބިފައިވުމާއެކު، ސްޕެޝަލިސްޓް މެޑިކަލް ޕްރެކްޓިޝަނަރެއްގެ ގޮތުގައި މަސައްކަތްކޮށް މަދުވެގެން 3 އަހަރު ދުވަހުގެ ކްލިނިކަލް ދާއިރާގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

އަދި، 

  • ސިއްޙީ ދާއިރާގެ ހިންގުމުގެ މަސައްކަތުގައި މަދުވެގެން 3 އަހަރު ދުވަހުގެ ހިންގުމުގެ މަސައްކަތު ތަޖުރިބާ ލިބިފައި ވުމާއެކު، ޖުމުލަ 8 އަހަރު ދުވަހުގެ ސިއްޙީ ދާއިރާގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/downloads/15151

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ހުށަހެޅެން ނެތް ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ 

  (ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

  (ށ)  މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: 

  (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން /https://myaccount.csc.gov.mv އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

  (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

 

ވަޒީފާއަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

1. ލިބިފައިވާ ތަޢުލީމު (% 30)

2. ލިބިފައިވާ މަސައްކަތު ތަޖުރިބާ (% 30)

3. އިމްތިޙާނު / ޕްރެކްޓިކަލް (% 15)

4. އިންޓަރވިއު އަދި ޕްރެޒެންޓޭޝަން (% 25)

 

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2021 ނޮވެންބަރު 21 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، ސިވިލް ސަރވިސް ކޮމިޝަނުގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. 

 

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

އިންޓަވިއު، އިމްތިހާން އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިހާނު އަދި ޕްރެޒެންޓޭޝަން ހުށަހެޅުން އޮންނާނީ 2021 ނޮވެންބަރު 23 އާ 2021 ޑިސެންބަރު 2 އާ ދެމެދުއެވެ. އިމްތިހާނު އޮންނާނީ ސިވިލް ސަރވިސް ކޮމިޝަނުން ކަނޑައަޅާ ތަނެއްގައެވެ. އިންޓަރވިއު އަދި ޕްރެޒެންޓޭޝަން ކުރިއަށް ގެންދެވޭނީ ސިވިލް ސަރވިސް ކޮމިޝަނުގައި ނުވަތަ "ވީޑިއޯ ކޮންފަރެންސް" މެދުވެރިކޮށެވެ. ވުމާއެކު، އެ މުއްދަތުގައި އިންޓަރވިއުއަށް ތައްޔާރުވެގެން ތިބުމަށްވެސް ދަންނަވަމެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމު ކުރުން:

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި ކޮމިޝަނުގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި ކޮމިޝަނަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3307315 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ (http://www.csc.gov.mv/recruitment-usoolu) މި ލިންކުން ލިބެން ހުންނާނެއެވެ. 

15 ނޮވެންބަރު 2021