ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)220-TSP/1/2014/86
ޕަބްލިޝްކުރި ތާރީޚް: 14 ޖުލައި 2014
ޕަބްލިޝްކުރި ގަޑި: 11:59
މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ
ދިވެހިރާއްޖެ
އިންފޮމޭޝަން އޮފިސަރު އަދި މީޑިއާ އޮފިސަރު ކަނޑައެޅުން

ޤާނޫނު ނަންބަރު 2014 /1 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނު) ގެ 36 ވަނަ މާއްދާގެ (ހ) ގެ ދަށުން މި އޮތޯރިޓީން ކަނޑައަޅަންޖެހޭ އިންފޮމޭޝަން އޮފިސަރުގެ ގޮތުގައި ޑިރެކްޓަރ، ޓެކްނިކަލް ސަރވިސް އެންޑް ޕްލޭނިންގ، އަސްމާ ޝަފީޢު (ފޯނު ނަންބަރު: 3339545) ހަމަޖައްސައިފީމެވެ. މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މި އޮތޯރިޓީން މަޢުލޫމާތަށް އެދިވަޑައިގަންނަވާ ފަރާތްތަކުން MIRA 907 (މަޢުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން މަޢުލޫމާތަށް އެދޭ ފޯމު) ފުރިހަމަކުރެއްވުމަށްފަހު މި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ. މި ފޯމު މި އޮތޯރިޓީގެ ވެބްސައިޓް އަދި ޓެކްސްޕޭޔަރ ސަރވިސް ސެންޓަރުން ލިބިވަޑައިގަންނަވާނެއެވެ. 

މީގެ އިތުރުން، ޤާނޫނު ނަންބަރު 2010 /3 (ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނު) ގެ 16 ވަނަ މާއްދާގެ (ރ) ގެ ދަށުން މި އޮތޯރިޓީން ކަނޑައަޅަންޖެހޭ މީޑިއާ އޮފިސަރުގެ ގޮތުގައި ޑިރެކްޓަރ ޖެނެރަލް، އޮޑިޓް އެންޑް އިންވެސްޓިގޭޝަން، ފަތުޙުﷲ ޖަމީލް (ފޯނު ނަންބަރު: 3339530) ހަމަޖައްސައިފީމެވެ.

ވީމާ މި ކަން އާންމުކޮށް އަންގައި އިޢުލާނުކުރީމެވެ.

16 ރަމަޟާން 1435

14 ޖުލައި 2014