ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)202-M/1/202ަ1/125
ޕަބްލިޝްކުރި ތާރީޚް: 15 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 11:26
ސުންގަޑި: 25 ނޮވެންބަރު 2021 00:00
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް އިން ކ.ގިރިފުށީގައި ކުރިއަށް ގެންދާ ނައިޓް ފަޔަރިން ތަމްރީނުއާއި ބެހޭގޮތުން

 

                                                     ނަންބަރު: (IUL)202-M/1/2021/125

އިޢުލާން

      މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) އިން ކުރިއަށް ގެންދާ ނައިޓް ފަޔަރިންގ ތަމްރީނުތަކެއް 2021 ނޮވެމްބަރު 23،24 އަދި 25  ވަނަ ދުވަހުގެ 18:30 އިން 22:00 އަށް ކ.ގިރިފުށީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން މިއޮތޯރިޓީއަށް އަންގާފައިވެއެވެ. މި ތަމްރީނުތަކުގެ ތަފްސީލް ތިރީގައި މިވަނީއެވެ.

 

ތަމްރީނުގައި ވައިގެ ސަރަހައްދު ބޭނުންކުރާނެ ގޮތުގެ ތަފްސީލް

1- ބޭނުންކުރާ ހަތިޔާރު/ ޕައިކޯޓެކްނިކްސް :           އޭކޭ ސީރީޒް ރައިފަލް

2- ވައިގެ ސަރަހައްދު ބޭނުންކުރޭނެ އެންމެ ދުރުމިން:      4100 މީޓަރ

3- ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިން:      200 މީޓަރ

4- ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ތިރިމިން:      ސީ.ލެވެލް

5- ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަން:        ކ.ގިރިފުށީގެ ރޭންޖްއިން ހުޅަނގު ދެކެނު

 

ވީމާ، މި ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދެއްވައިގެން ދަތުރުފަތުރު ކުރެއްވުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް އާއްމުކޮށްއަންގާ އިޢުލާންކުރީމެވެ. 

 

            10 ރަބީއުލްއާޙިރު    1443

            15 ނޮވެމްބަރު      2021

15 ނޮވެންބަރު 2021