ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)457-HR/1/2021/31
ޕަބްލިޝްކުރި ތާރީޚް: 15 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 11:03
ސުންގަޑި: 23 ނޮވެންބަރު 2021 12:00
މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ޓެކްނީޝަން

 

އިޢުލާނު

 

މަޤާމު:

ކޮމްޕިއުޓަރ ޓެކްނީޝަން

މަޤާމުގެ ނަންބަރު:

J-345990

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

MS2

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް، މާލެ

މުސާރަ:

6295.00 ރުފިޔާ

ސަރވިސް އެލަވަންސް:

2000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

·         ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

·         ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުންއިތުރުގަޑީގެ ފައިސާ.

·         އެހެން ވަޒީފާއެއް އަދާކުރުން މަނާކުރާތީ ދެވޭ އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ %35

·         މިމަޤާމަކީ ޓެކްނިކަލް ކޯ އެލަވަންސް ދެވޭ މަޤާމަކަށްވާތީ، މިމަޤާމަށް ޓެކްނިކަލް ކޯ ދޭ ކޯ ޑިސިޕްލިންތަކަކީ ކޮމްޕިއުޓަރ ސައިންސް އަދި އިންފޮމޭޝަން ޓެކްނޮލޮޖީއެވެ. ޓެކްނިކަލް ކޯ އެލަވަންސް ގޮތުގައި ދެވޭނީ މުސާރައިގެ %28 އެވެ.

·         އަދި ޓެކްނިކަލް ކޯ ނުލިބޭނަމަ މިމަޤާމަށް ކަނޑައެލިފައިވާ ސަޕޯޓިންގ ކޯ އެލަވަންސް ގެ ގޮތުގައި-/900 ރުފިޔާ ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1.      އޮފީހުގެ ވަޔާރޑް އަދި ވަޔަރލެސް ނެޓްވަރކް ފަރުމާކޮށް ބެލެހެއްޓުމާއި އަދިދުވަހުން ދުވަހަށް ދިމާވާ މައްސަލަ ހައްލުކުރުން. އެކިއެކި ސަރވޭތައްކުރިއަށް ގެންދިޔުމަށް ޤާއިމްކުރެވޭ ހެޑްކުއަރޓާގެ ނެޓްވާރކްޤާއިމްކުރުމާއި ނެޓްވާރކަށް ދިމާވާ މައްސަލަތައް ހައްލުކުރުން.

2.      ގަވަރމަންޓް އީ-ލެޓަރ މެނޭޖްމަންޓް ސިސްޓަމްގެ ޖީ.އޯ އެޑްމިނިސްޓްރޭޓަރއަދި އީ-އެޑްމިން އެޑްމިނިސްޓްރޭޓަރގެ އެންމެހައި ޒިންމާ އަދާކުރުން. މިގޮތުން
-
މުވައްޒަފުންނަށް ޖެމްސް އެކައުންޓް ހަދައިދިނުމާއި،އެކިއެކި ރައިޓްސްތައް ދިނުން. އަދި ޔުސަރ އެކައުންޓް ތަކުގެ ރެކޯޑްސްބެލެހެއްޓުން.

-          އޮފީހަށް އަލަށް ވައްދާ މުވައްޒަފުން އީ-އެޑްމިންއަށް އެންރޯލްކުރުމާއި،އައި.ގާޑްއިން ފިންގަރ ސްކޭންކޮށް އެޓެންޑަންސް ފެޗްކުރެވޭނެ ގޮތްހެދުން. އަދި މުވައްޒަފުންނަށް ދެވޭ އެންރޯލް ނަމްބަރުތަކުގެ ރެކޯޑްސްބެލެހެއްޓުން.

-          އޮފީހުން ވަކިވެގެންދާ މުވައްޒަފުންގެ ޖެމްސް އެކައުންޓްތައް ޑީ-އެކްޓިވޭޓް ކުރުމާއި އީ-އެޑްމިން އިން ވަކިކުރުން.

3.      އޮފީހުގައި ބޭނުންކުރާ ކޮމްޕިއުޓަރ ސިސްޓަމް އަދި އައި.ޓީއިކުއިޕްމަންޓްސްތަކަށް ދުވަހުން ދުވަހަށް ދިމާވާ މައްސަލަތައްހައްލުކުރުން. އަދި އެތަކެތީގެ އިންވެންޓްރީ ބެލެހެއްޓުން.

4.      ސަރވާތަކަށް ގެންނަންޖެހޭ ކޮންފިގަރޭޝަން ބަދަލުތައް ދެނެގަނެ އެބަދަލުތައްގެނައުމާއި އެކްޓިވް ޑައިރެކްޓަރީގެ ކޮންފިގަރޭޝަނަށް ގެންނަންޖެހޭބަދަލުތައް ގެނައުން.

5.      އޮފީހުގެ އީ-މެއިލް އެކައުންޓްތައް މެނޭޖްކޮށް ބެލެހެއްޓުން. މިގޮތުން
-
ސްޓާފުންނަށް ހަދާދެވޭ އަދި ޑިލީޓް ކުރެވޭ އީ-މެއިލްތަކުގެ ރިކޯރޑްބެލެހެއްޓުން.

- އޮފީހުގެ މުވައްޒަފުންނަށް ބޭނުންވާ އޮފީސް އީ-މެއިލް އެޑްރެސް ހަދައިދީއެމުވައްޒަފު ބޭނުންކުރާ ކޮމްޕިއުޓަރގައި ސެޓްއަޕް ހަދައިދިނުން.

- އީ-މެއިލް ބޭނުންކުރުމުގައި ދިމާވާ މައްސަލަތައް ދެނެގަނެ ވީއެންމެ އަވަސްގޮތެއްގައި މިމައްސަލަތައް ހައްލުކޮށްދިނުން.

6. އޮފީހުގެ ޑޭޓާ ބެކަޕް ސްޓޯރޭޖް މެއިންޓެއިންކޮށް ބެލެހެއްޓުމާއި އޮފީހުގެނެޓްވޯކްގައި ބޭނުންކުރެވޭ ފައިލްތައް ދުވަހުން ދުވަހަށް ބެކަޕްކުރުން. އަދި އާކައިވްއިން ފައިލްއެއް ހޯދަންޖެހިއްޖެނަމަ އެފައިލެއް ހޯދައިދިނުން.

7. އޮފީހަށް ބޭނުންވާ ސޮފްޓްވެއަރތައް ދެނެގަނެ، އެ ސޮފްޓްވެއަރތައްހޯދުމަށްޓަކައި އެޑްމިންއަށް ރިކުއެސްޓުކުރުން. އަދި އެތަކެތި ލިބުމުން އެސޮފްޓްވެއާތަކާއި މިހާރުވެސް އޮފީހުގައި ބޭނުން ކުރަމުން އަންނަ ޖެނުއިންލައިސަންސްތައް މޮނިޓަރކޮށް ބެލެހެއްޓުން.

8. އޮފީހުގެ އައި.ޓީ ސިސްޓަމް ޒަމާނާއެއްގޮތަށް ކުރިއެރުވުމަށް އޮފީހަށްއަލަށް ހޯދޭ އައި.ޓީ އާއި ގުޅުންހުރި ސޮފްޓްވެއަރ އަދި ހާޑްވެއަރ ތަކުގެސްޓޭންޑަރޑް ކަނޑައެޅުމާއި ސްޕެސިފިކޭޝަންތައް ތައްޔާރުކުރުމާއިކޮމްޕިއުޓަރތައް އަޕްގްރޭޑް ކުރުމަށާއި އައި.ޓީގެ އެކިއެކި ބޭނުންތަކަށްހޯދޭ އިކުއިޕްމަންޓްސްތަކުގެ ކޯޓޭޝަން ހޯދައި އެތަކެތި ހޯދުމަށް އެޑްމިންސެކްޝަނާއި ހަވާލުކުރުން.

9. އޮފީހުގެ ނެޓްވާރކަށް ބޭރުން އަތުވެދާނެ ހަމަލާތައް ދެނެގަނެ، އެފަދަހަމަލާތަކުން ރައްކާތެރިކުރުމަށް އެޅިދާނެ ފިޔަވަޅުތައް ދެނެގަތުމާއިފަޔަރވޯލް ކޮންފިގަރކުރުމާއި އޭގެ ޕޮލިސީތަކަށް ގެންނަންޖެހޭ ބަދަލުތައްގެނައުމާއި، އޮފީހުގެ ނެޓްވަރކްގައި ބޭނުންކުރާ ހުރިހާ ސަރވާތަކާއިކޮމްޕިއުޓަރ ސިސްޓަމްތަކުގެ އޯއެސް އަދި ސޮފްޓްވެއަރ އަޕްޑޭޓްތައްއިންސްޓޯލްކުރުން.

10. ގޭގައި ތިބެގެން އޮފީސް މަސައްކަތް ކުރަންޖެހޭ ހާލަތްތަކުގައިމުވައްޒަފުންނަށް ގޭގައި ތިބެގެން ރައްކާތެރިކަމާއިއެކު އޮފީހުގެނެޓްވާރކްގައި ބޭނުންކުރާ ޑޭޓާތަކަށް އެކްސެސްވެވޭނެ އިންތިޒާމްހަމަޖައްސައި ދިނުން.

11.  އޮފީހުގެ މަސައްކަތްތައް ހަލުވިކަމާއި ފަސޭހަކަމާއެކު ކުރިއަށްގެންދިޔުމަށް މުވައްޒަފުންނަށް ބޭނުންވާނެ އެކއެކި ހާރޑްވެއަރ އަދިސޮފްޓްވެއަރތައް ދެނެގަނެ އެތަކެތި ހޯދުމަށް އައި.ޓީ ގެ ބަޖެޓްތައްޔާރުކޮށް ބަޖެޓް ސެކްޝަނަށް ފޮނުވުން. އަދި ބަޖެޓް ލިބުމުން އެޑްމިންސެކްޝަނުގައި ރިކުއެސްޓްކޮށް އެ ތަކެތި ހޯދުން.

12.  އޮފީހުގެ ވެބްސައިޓް އަދި އިންޓްރާނެޓް މެއިންޓޭންކޮށް ބެލެހެއްޓުން. މިގޮތުން:

-އޮފީހުގެ ވެބްސައިޓް އިތުރަށް ތަރައްޤީކޮށް ފުރިހަމަ ކުރުމަށްޓަކައިގެންނަންޖެހޭ ބަދަލުތައް ދެނެގަނެ ޒަމާނާ އެއްގޮތައް މިބަދަލުތައްގެނައުމަށް އެހީތެރިވެދިނުން.

- އޮފީހުގެ ބޭނުންތަކަށް ޑެވެލޮޕްކުރެވޭ އެހެނިހެން ވެބްސައިޓުތަކާއިއެޕްލިކޭޝަން ތައްޔާރުކުރުމުގައި ޓެކްނިކަލް ސަޕޯޓްދިނުމާއިޑެވެލޮޕްކުރުމުގައި އެހީތެރިވެދިނުން.

-އޮފީހުގެ އިންޓްރާނެޓް މެއިންޓޭންކޮށް ބެލެހެއްޓުމުގައި އެހީތެރިވެދިނުން.

-ސެކްޝަންތަކުން އޮފީހުގެ ވެބްސައިޓްގައި ހިމަނަންބޭނުންވާ މަޢުލޫމާތާއިޙަބަރު އެންމެ ފުރިހަމަ، އަދި އެންމެ އަވަސް ގޮތުގައި ދުވަހުން ދުވަހައްއަޕްޑޭޓްކުރުން.

13.  ގަވަރމަންޓް އީ-ލެޓަރ މެނޭޖްމަންޓް ސިސްޓަމް އަދި ސެޕް ސިސްޓަމަށްއެކްސެސްވުމުގައި ދިމާވާ ޓެކްނިކަލް މައްސަލަތައް ހައްލުކުރުން. އަދިޕީ.އޭ.ބީ.އެކްސް އަށް ގެންނަންޖެހޭ ކޮންފިގަރޭޝަން ބަދަލުތައް ގެނައުމާއިއެއަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގައި އޮފީހުގެ ފަރާތުން ދޭންޖެހޭޓެކްނިކަލް ސަޕޯޓް ދިނުން.

މަޤާމުގެ ޝަރުޠުތައް:

މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7ނުވަތަ 8ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

·         އިންފޮމޭޝަން ޓެކްނޮލޮޖީ

މަޤާމުގެ ތަޢުލީމީ ރޮނގުތައް

·         ކޮމްޕިއުޓަރ ސައިންސް

މިމަޤާމުގެ ކޯ ޑިސިޕްލިން 

·         ކޮމްޕިއުޓަރ ސައިންސް

މިމަޤާމަށް ޕްރިފަރޑް ޑިސިޕްލިން ކަނޑައެޅިފައެއް ނުވެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1.      ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު މިބިއުރޯގެ ވެބްސައިޓުން  www.statisticsmaldives.gov.mv ލިބެންހުންނާނެއެވެ.)

2.      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

3.      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4.      ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5.      ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސްކޮލިފިކޭޝަންސްއޮތޯރިޓީއިންލެވަލްކަނޑައަޅައިތައްގަނޑުޖަހާފައިވާ، މަތީތަޢުލީމުދޭރާއްޖެއިންބޭރުގެ މަރުކަޒަކުންދޫކޮށްފައިވާތަޢުލީމީސެޓުފިކެޓުތަކުގެ ކޮޕީއާއިޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓުނެތްޙާލަތްތަކުގައި، ކޯސްފުރިހަމަކުރިކަމުގެލިޔުމުގެ ކޮޕީއާއި،މޯލްޑިވްސްކޮލިފިކޭޝަންސްއޮތޯރިޓީންދޫކޮށްފައިވާއެސެސްމަންޓްރިޕޯޓްގެކޮޕީއަދިޓްރާންސްކްރިޕްޓްގެކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6.      މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމައަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން(މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 23 ނޮވެމްބަރ 2021 ގެ 12:00 ގެ ކުރިން، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ އީ-މެއިލް ([email protected]) އަށެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ،ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަނަމަ އެފަރާތްތަކުގެ ތަޢުލީމީ ފެންވަރާއި ތަޖްރިބާ އާއި އެސެސްމަންޓްގެ ނަތީޖާއަށް ބެލުމަށްފަހު އެންމެ މަތިން މާރކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ.

 

އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން އޮންނާނީ، 24-30 ނޮވެމްބަރ 2021 ދެމެދު، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގައެވެ.

 

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު އަދި އިމްތިހާނު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3008400 އަށެވެ. އީ-މެއިލް ކުރާނީ [email protected]އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

 

 

 
15 ނޮވެންބަރު 2021