ދިވެހިރާއްޖެ
2 ވަނަ އިޢުލާން
މި މިނިސްޓްރީގެ ދަށުން ހިނގަމުންދާ ކ. މަނިޔަފުއްޓަށް ޕެޓްރޯލާއި ޑީސެލް 1 (އެއް) އަހަރު ދުވަހުގެ މުއްދަތަށް ފޯރުކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު (IUL)30-C/30/2021/235 އިއުލާނާއި ގުޅިގެން އެއްވެސް ފަރާތަކުން އަންދާސީ ހިސާބު ހުށަހަޅާފައި ނުވާތީ، މި މަސައްކަތަށް ހުށަހެޅުމުގެ ފުރުސަތު ހުރިހާ ފަރާތަކަށް ކުރިމަތި ލެވޭގޮތަށް އަލުން ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން 23 ނޮވެމްބަރ 2021 ވާ އާންގާރަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ
ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 7 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 10:00 އަށެވެ.
މި ކަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް އިއުލާނާއިއެކު އެޓޭޗްކުރެވިފައިވާނެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3028700 އަދި 3339282 ނަންބަރު ފޯނަށެވެ.