އެސިސްޓެންޓް ކައުންސިލް އޮފިސަރ |
މަޤާމް: |
2 (ދޭއް) |
ބޭނުންވާ އަދަދު: |
ވަގުތީ (މީލާދީ 1 އަހަރު ދުވަހުގެ މުއްދަތަށް)ޖީ.އެސް 3އޮފިސަރ ގްރޭޑް 1 |
މަޤާމުގެ ގިންތި (މުއްދަތު):މަޤާމުގެ ރޭންކް:މަޤާމުގެ ކްލެސިފިކޭޝަން: |
އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
|
ވަޒީފާ އަދާކުރަން ޖެހޭ ތަން:
|
-/4465 ރުފިޔާ
|
މުސާރަ:
|
-/1500 ރުފިޔާ
|
ސަރވިސް އެލެވަންސް:
|
- ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
- ސަޕޯޓިންގ ކޯ އެލަވަންސް ގެ ގޮތުގައި މަހަކު -/700 ރުފިޔާ.
|
އެހެނިހެން އެލަވަންސް:
|
- މުވައްޒަފުންގެ ވަޒީފާ ބަޔާންތަކާއި ވަޒީފާގެ އެއްބަސްވުންތައް ލިޔެ އަޕްޑޭޓްކޮށް ބެލެއްޓުން.
- އިދާރާއަށް ބޭނުންވާ މަގާމުތައް އުފެއްދުމާއި، އެ މަގާމުތަކަށް މުވައްޒަފުން ހޯދުމަށް ކުރަންޖެހޭ އިދާރީ އެންމެހައި ކަންކަންކުރުން.
- އިދާރާގެ މަގާމުތަކުގެ ރަޖިސްޓްރީ އާއި މުވައްޒަފުންގެ ރަޖިސްޓްރީ ތައްޔާރުކޮށް އަޕްޑޭޓްކޮށް ބެލެހެއްޓުން.
- މުވައްޒަފުންގެ މަސައްކަތު ފެންވަރުބަލާ ފޯމު ފުރުމާ ގުޅޭގޮތުން އިދާރީ ގޮތުން ކުރަންޖެހޭ އެންމެހައި ކަންކަން މަސައްކަތު ފެންވަރު ބެލުމުގައި ޢަމަލުކުރާ އުޞޫލާ އެއްގޮތަށް ކުރުން.
- މުވައްޒަފުންގެ ޗުއްޓީ އާއި ސަލާމާ ގުޅޭ އެންމެހައި ކަންކަމާއި ޗުއްޓީ އާއި ސަލާމުގެ ރެކޯޑުތައް ލިޔެ ބެލެހެއްޓުމާއި ރިޕޯޓް ފޮނުވަން ޖެހޭ ފަރާތްތަކަށް ފޮނުވުން.
- އިދާރާ ހުޅުވާ ބަންދުކުރުމާ ގުޅޭ ކަންކަން ކުރުމާއި، އިދާރާގެ "އޭ" ސެކްޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ރެކޯޑް ލިޔެ ބެލެހެއްޓުމާއި ފައިލިންގ ސިސްޓަމް ބެލެހެއްޓުން
- ރަމަޟާން މަހާއި ޝައްވާލު މަހުގެ ހަނދު ބެލުމާއި، ހުކުރު،ޢީދު،ކޭތަ،ކަށު ނަމާދަށް ދެންނެވުމާ ގުޅޭ އެންމެހައި ކަންކަން ކުރުން
- އިދާރާ އަށް ލިބޭ އެންމެހައި ތަކެތި ބަލައިގަނެ، އެންޓްރީކޮށް ސެކްޝަންތަކާ ޙަވާލުކުރުމާއި ޚިދުމަތް ހޯދުމަށް އަންނަ ފަރާތްތަކާ މުޢާމަލާތު ކުރުން
- ޢުމުރުން ދުވަސްވީ މީހުންގެ ރެކޯޑު ބެލެހެއްޓުމާއި އުމުރުން ދުވަސްވީ މީހުންނަށް ދޭ އިނާޔަތް ލިބިގަތުމަށް އެދޭ ފޯމު ދޫކުރުމާއި ބަލައިގަތުމާއި ފޮނުވުމާ ގުޅޭ ކަންކަން ކުރުން.
- ޒިންމާދާރުވެރިޔާ އަންގާގޮތެއްގެ މަތިން ތިޖޫރިއަށް ފައިސާ ޖަމާކުރުމާއި ތިޖޫރިން ފައިސާ ނެގުން.
- ކައުންސިލަށް ބަލައިގަތުމަށް ކަނޑައަޅާފައިވާ ފީ ތަކާއި ޚިދުމަތްތަކުގެ އަގަށް ދައްކަންޖެހޭ ފައިސާއާއި ޖޫރިމަނާއާއި އެހެނިހެން ފައިސާ ބަލައިގަތުން އަދި ޖަމާކުރަންޖެހޭ އެކައުންޓްތަކަށް ޖަމާކުރުމާބެހޭ މަސައްކަތްކުރުން.
- ކައުންސިލުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ބިލްތައް ހަދައި އެފަރާތްތަކަށް ފޮނުވުމާއި އެބިލްތަކަށް ފައިސާ ޖަމާވޭތޯ ބެލުން.
- އޮފީހުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:
|
ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔާރ ސެކަންޑަރީ ސްކޫލް' ސެޓްފިކޭޓް އިމްތިހާންގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
މަޤާމުގެ ޝަރުޠުތައް:
|
- ފުރިހަމަ ކޮށްފައިވާ އއ.މާޅޮހު ކައުންސިލްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
- ލިބިފައިވާ ތަޢުލީމާއި، ތަމްރީނު.
- ލިބިފައިވާ މަސައްކަތު ތަޖުރިބާ.
- ލިބިފައިވާ ހުނަރު.
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:
|
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 22 ނޮވެންބަރ 2021 ގެ 14:00 ގެ ކުރިން، އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި:
|
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 23 ނޮވެންބަރ 2021 އާއި 27 ނޮވެންބަރ 2021 އާ ދެމެދު، އަރިއަތޮޅު އުތުރުބުރީ މާޅޮހު ކައުންސިލްގެ އިދާރާ ގައެވެ.
|
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
|
ޝޯޓް ލިސްޓްކުރުން:
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6660059 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
|