މަސައްކަތް
ނަންބަރު: MNU-CA-PR/2021/012
ޕަބްލިޝްކުރި ތާރީޚް: 14 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:02
ސުންގަޑި: 28 ނޮވެންބަރު 2021 10:00
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަން އިމާރާތުގެ ޓެރަސްގައި މި ޔުނިވަރސިޓީއިން ދޭކުރެހުމާއި އެއްގޮތަށް 2 ކުލާސްރޫމު އެޅުމުގެ މަސައްކަތަށް

ބީލަމުގެ މަޢުލޫމާތު ބަދަލުކުރުން

 

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަން އިމާރާތުގެ ޓެރަސްގައި މި ޔުނިވަރސިޓީއިން ދޭކުރެހުމާއި އެއްގޮތަށް 2 ކުލާސްރޫމު އެޅުމުގެ މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅަން 9 ފެބުރުވަރީ 2021 ގައި ކުރެވުނު ނަންބަރު: MNU-CA-PR/2021/001 އިޢުލާނާއި ހަވާލާދީ ދަންނަވަމެވެ.

މަތީގައިވާ ބީލަމުގައި އިއުލާންކޮށްފައިވާ މަސައްކަތް ކުރިއަށް ގޮސްފައިނުވާތީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިއުކޭޝަން އިމާރާތުގެ ޓެރަސްގައި މި ޔުނިވަރސިޓީއިން ދޭކުރެހުމާއި އެއްގޮތަށް 2 ކުލާސްރޫމު އެޅުމުގެ މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

  1. ކުރިމަތިލާ ފަރާތްތަކަށް ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 21 ނޮވެންބަރު 2021 ވާ އާދިއްތަ ދުވަހުގެ 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) ގައެވެ.
  2. މި މަސައްކަތް ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ހުށަހަޅާފައިވާ ހުށަހެޅުންތަކަށް ޓެކްނިކަލް އިވެލުއޭޝަނެއް ހެދުމަށްފަހު އޭގެތެރެއިން އެންމެ ރަނގަޅު ފަރާތަކަށެވެ. ހުށަހަޅަންޖެހޭ ފޯމްތައް 21 ނޮވެންބަރު 2021 ވާ އާދިއްތަ ދުވަހުގެ 10:00 ގައި ބާއްވާ ބައްދަލުވުމަށް ހާޟިރުވާ ފަރާތްތަކަށް ދެވޭނެއެވެ. ބީލަން ހުށަހަޅުއްވަންވާނީ ހަވާލުކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހިމެނޭ ތަކެއްޗާއި އެކުގައެވެ. އުޞޫލުގައި ހުށަހެޅުމަށް ލާޒިމްކޮށްފައިވާ ތަކެތި ބީލަމާއެކު ހުށަނާޅާ ފަރާތްތަކުގެ ބީލަންތައް ބާޠިލްކުރެވޭނެއެވެ.
  3. ބީލަން ހުށަހެޅުން އޮންނާނީ 28 ނޮވެންބަރު 2021 ވާ އާދިއްތަ ދުވަހުގެ 10:00 ގައި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އިދާރީ މަރުކަޒު (ރަށްދެބައިހިނގުން، މާލެ) ގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގާ ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން " ފެކަލްޓީ އޮފް އެޑިއުކޭޝަން އިމާރާތުގެ ޓެރަސްގައި މި ޔުނިވަރސިޓީއިން ދޭކުރެހުމާއި އެއްގޮތަށް 2 ކުލާސްރޫމު އެޅުމުގެ މަސައްކަތް" މިހެން ލިޔެފައި އޮތުމާއި އަދި ބީލަން ހުށަހަޅާ ކުންފުނީގެ / ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  4. ދައުލަތުގެ މާލިއްޔަތު ގަ ވާއިދުގެ 10.77 ވަނަ މާއްދާއަށް ރިޢާޔަތްކޮށް ދައުލަތުގެ އޮފީސްތަކުން އާންމުކޮށް އިޢުލާންކޮށްގެން ކުރިއަށް ގެންދާ ބީލަންތަކުގައި އެ ރަށަކަށް ނުވަތަ އެ އަތޮޅަކަށް ނިސްބަތްވާ ފަރާތްތަކަށް މަސައްކަތް ހަވާލުކުރުމުގައި އިސްކަންދިނުމުގައި އަމަލުކުރާނެ އުސޫލުގެ ގޮތުގައި ދިވެހި ސަރުކާރުން 10 ފެބުރުވަރީ 2021 ވަނަ ދުވަހު ގެޒެޓު ކުރެވުނު ޤަވާއިދާއި އެއްގޮތްވާގޮތުގެ މަތިން މި ބީލަމުގައި ޢަމަލުކުރެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.
  5. ބީލަމާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ، ތިރީގައިވާ އީ-މެއިލް އެޑްރެހަށް އީ-މެއިލް ކުރެއްވުން އެދެމެވެ. ނުވަތަ ބަޔާންކޮށްފައިވާ ފޯން ނަންބަރަށް ގުޅުއްވުން އެދެމެވެ. މައުލޫމާތު ސާފުކުރުމުގެ ސުންގަޑިއަކީ 18 ނޮވެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 13:00 އެވެ.

ބީލަމާ ގުޅޭ މައުލޫމާތު ނަމަ؛

ޕްރޮޖެކްޓް ސެކްޝަން

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

ރަށްދެބައިހިނގުން، މާލެ، ދިވެހިރާއްޖެ

ފޯން: 3345190

އީ-މެއިލް: [email protected]

 

14 ނޮވެންބަރު 2021