ދެންނެވުން
ނަންބަރު: GS-65-A/IUL/2021/58
ޕަބްލިޝްކުރި ތާރީޚް: 14 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 07:59
ސުންގަޑި: 18 ނޮވެންބަރު 2021 14:00
ވިލުފުށީ ސްކޫލް
ދިވެހިރާއްޖެ
ސްކޫލް ބޯޑަށް ކުރިމަތިލުމަށް ހުޅުވައިލުން

 

                                    އިޢުލާން

 

 މިސްކޫލްގެ ނަމްބަރު GS-65-A/IUL/2021/54 (31 އޮކްޓޯބަރު 2021) އިޢުލާން އާއި ގުޅިގެން އެއްވެސް ފަރާތަކުން ކުރިމަތިލައްވާފައިނުވާތީ، އަލުން އިޢުލާން ކުރަމެވެ.

 ސްކޫލް ބޯޑަށް ކުރިމަތިލުމަށް ހުޅުވާލުން

2021 އޮގަސްޓް 22 ގައި ސްކޫލް ބޯޑްގެ ދައުރު ހަމަވެފައިވާތީ، ކުރިއަށް އޮތް 2 އަހަރަށް ސްކޫލްބޯޑް އެކުލަވާލުމަށްޓަކައި، ސްކޫލްބޯޑްގެ

ތިރީގައި މިދަންނަވާ މަޤާމުތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލަމެވެ.

1-    ބެލެނިވެރިންގެ 02 މެމްބަރުން

2-    މުދައްރިސުންގެ ތެރެއިން 1 މެމްބަރު

މެމްބަރަކަށް ވުމުގެ ޝަރުޠުތައް:

    (ހ) ބެލެނިވެރިންގެ ޝަރުޠުތައް:

       1- ސްކޫލްގައި ކިޔަވާ ދަރިވަރެއްގެ ބެލެނިވެރިޔެއްގެ ގޮތުގައި ސްކޫލްގައި ރަޖިސްޓްރީ ކޮށްފައިވާ ފަރާތެއް ކަމުގައި ވުން.  

      2  ސްކޫލް ބޯޑްގެ ކަންތައްތަކުގައި ޝައުޤުވެރިކަމާއެކު އުޅެވޭނެ ފަރާތެއް ކަމުގައިވުން.

3 ޖިނާޢީ ކުށެއްގެ ޙުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން. ނުވަތަ އެފަދަ ޙުކުމެއް ތަންފީޒުކޮށް ނިމުނުތާ، ނުވަތަ އެފަދަ ޙުކުމެއް ކަނޑައެޅުނުނ

އަދަބު މަޢާފުކުރެވުނުތާ 5 އަހަރު ވެފައިވާ މީހަކުކަމުގައި ވުން.

4- ދިވެހި ބަހުން ލިޔަން، ކިޔަން އެނގުން.

5- ސްކޫލްގެ މުވައްޒަފަކަށް ނުވުން.

6- ޢުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކު ކަމުގައިވުން.

7- އެހެން ސްކޫލެއްގެ ބޯޑެއްގެ މެމްބަރަކު ކަމުގައި ނުވުން.

(ށ) ޓީޗަރުންގެ ޝަރުޠުތައް:

 1- ޓީޗަރެއްކަމުގެ މަސްއޫލިއްޔަތު ސްކޫލްގައި އަދާކުރަމުންދާ މީހެއްކަމުގައިވުން.

  2- ސްކޫލް ބޯޑްގެ ކަންތައްތަކުގައި ޝައުޤުވެރިކަމާއެކު އުޅެވޭނެ ފަރާތެއް ކަމުގައިވުން.

 

ވީމާ، މިމަޤާމުތަކަށް ކުރިމަތިލެއްވުމަށްއެދޭ ފަރާތްތަކުން "ސްކޫލްބޯޑްގެ މަޤާމްތަކަށް ކުރިމަތިލެއްވުމަށް އެދޭ ފޯމް" ފުރިހަމަކޮށް 18 ނޮވެންބަރު 2021 އަންގާރަ ދުވަހުގެ މެންދުރުފަހު 12:45ގެ ކުރިން

ސްކޫލްއޮފީހަށް ހުށައެޅުމަށް ދަންނަވަމެވެ. މިފޯމް ލިބެންހުންނާނީ ސްކޫލުގެ އޮފީހުންނެވެ.

14 ނޮވެންބަރު 2021