ދިވެހިރާއްޖެ
ނަމްބަރ: (IUL)297-AD/297/2021/77
އިޢުލާން
ވޭޖްއެމްޕްލޯއިމަންޓުގެ ދަށުން ވަގުތީ ކުނިކޮށީގައި މަސައްކަތްކުރާނެ މުވައްޒަފުން ބޭނުންވެއްޖެ
މި އިދާރާއިން ބަލަހައްޓަމުންގެންދާ ކުނިކޮށީގައި ވޭޖު އެމްޕްލޯރީމަންޓްގެ ދަށުން މަސައްކަތްކުރާނެ މީހުން ބޭނުންވެއްޖެ.
* މަޤާމް: މަސައްކަތު
* ބޭނުންވާ ޢަދަދު: 2
* މަސައްކަތް ކުރާތަން:ވެލިދޫ ކުނިކޮށި
* މަސައްކަތްކުރުމަށް ހަމަޖެހިފައިވާގޮތް: ދުވާލަކު 5 ގަޑިއިރު
* އެލަވަންސްދިނުމަށް ހަމަޖެހިފައިވާގޮތް: މަސައްކަތްކުރާ ކޮންމެގަޑިއަކަށް -/40 ރުފިޔާ (ސާޅީސް ރުފިޔާ)
* އުޖޫރައާއިއިނާޔަތްތައް: މުވައްޒަފުންނަށްދެވޭޢިނާޔަތްތަކާއި، (ހަމަޖެހިފައިވާއުޞޫލާއެއްގޮތްވާގޮތުގެމަތިން)އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.
* ބޭނުންވާ މުއްދަތު: 1 އަހަރު
މަޤާމުގެ ފެންވަރު:
- 1. ލިޔަންކިޔަން، ދަތުމާއެކު މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ލިބިފައިވުން
މަޤާމުގެ މައިގަޑު މަސްއޫލިއްޔަތު
- ކައުންސިލްއިދާރާއިން ހަމަޖައްސާ އުޞޫލެއްގެމަތިން ކުނިޖަމާކުރެވޭ ކުނިކޮށީގައި މަސައްކަތްކުރުން
- ކޮންމެމަސައްކަތު ދުވަހެއްގެ 8:55 ގެ ކުރިން މި އިދާރާއަށް ހާޒިރުވެ ހާޒިރީގައި ސޮއިކޮށް މަސައްކަތް ކުރަން ހަމަޖެހިފައިވާ ތަނަށް ހާޒިރުވެ މަސައްކަތްކުރުން.
- މި އިދާރާއިން ކަނޑައަޅާ އުޞޫލެއްގެ މަތިން ކުނި ކޮށްޓަށް ކުނި ގެންދާ ފަރާތްތަކަށް މިއިދާރާއިން ދޫކުރާ ސްލިޕް ބަލައިގަތުން.
- ކައުންސިލުން ކަނޑައަޅާ އުޞޫލެއްގެމަތިން ކައުންސިލްއިން ދޫކުރެވޭ ސިލިޕް ފަދަ ތަކެތި ކައުންސިލް އިދާރާއަށް ރައްދުކުރުން.
- ކުނި ކޮށި ހިމެނޭ މަގާއި، ކުނި ކޮށި އިންވެގެންވާ ސަރަހައްދު ވިނަނޮޅާ ސާފްކުރުން.
- ކުނި ކޮށި އެތެރެ ތަރުތީބުކޮށް ބެލެހެއްޓުމާއި، ވިނަނޮޅާ ސާފްކޮށް ބެލެހެއްޓުން.
- މި އިދާރާއިން ހަމަޖައްސާ އުޞޫލާއެއްގޮތަށް ކުނިކޮށީގެ އިމާރާތަށާއި، ސްޓްރަކްޗަރ ގެ ކުދި މަރާމާތުތައް ކޮށް އާބާތުރަ ފިލުވުން.
- މި އިދާރާއިން ކަނޑައަޅާ ވަގުތައް ކުނިކޮށި ބަންދުކުރުން. އަދި ކުނިކޮށްޓަށް ކުނި އަޅަމުންގެންދަނީ މިއިދާރާއިން ކަނޑައަޅާފައިވާ އުޞޫލާ އެއްގޮތަށްކަން ކަށަވަރުކޮށް އެނޫން ހާލަތްތަކުގައި އެކަމެއް އިސްލާހުކުރުވުން.
މީހުންހޮވުމުގައި ބަލާނެކަންތައްތައް
- ވަޒީފާގެ މަސައްކަތާގުޅޭގޮތުން ލިބިފައިވާ ހުނަރު / ތަޖުރިބާ
- ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ މީހަކަށްވުން.
ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް:
- މަސައްކަތުގެ ދާއިރާއިން / ލިބިފައިވާ ހުނަރު / ތަޖުރިބާ
- މަސައްކަތްކުރަންދަންނަ މިންވަރު
އިންޓަރވިއު އޮންނާނެ ތަނާއި މުއްދަތު:
- މިމަޤާމަށް މީހަކުހޮވުމަށް ބާއްވާ އިންޓަވިއުކުރުން ބޭއްވުމަށް ހަމަޖެހިފައިވަނީ މިހިގާ ނޮވެމްބަރ މަހު ފަހުކޮޅުގެ ތާރީޚެއްގައި ވެލިދޫކައުންސިލްގެ އިދާރާގައެވެ.
މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:
މިވަޒީފާއަށް އެދިވަޑައިގަންނަވާ ފަރާތްތަކުން ވަޒީފާއަށްއެދޭ ފޯމް ފުރިހަމަކުރެއްވުމަށްފަހު ފޯމާއިއެކު ހުށަހަޅަންޖެހޭ ލިޔުންތަކާއެކު 22 ނޮވެމްބަރ 2021 ވާ ހޯމަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ވެލިދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ.
1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަންފޯމް (އެޕްލިކޭޝަން ފޯމް ރަސްމީގަޑީގައި މިއިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިއުތިރާޒެއް ނެތްކަމަށް، އެމުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
.3 ވަޒީފާއަށް އެދޭ ފަރާތަށްލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓް ނުވަތަ ކޯސްފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓްކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެކޮޕީ) އަދި މަސައްކަތު ތަޖުރިބާދެނެގަތުމަށް މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާލިޔުންތައް
4. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީ ، ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ).
އިތުރު މަޢުލޫމާތު:
އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ 6560010 ނަމްބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6560030 އެވެ. މެއިލް ކުރައްވާނީ [email protected] އަށެވެ.
5 ރަބީޢުލްއާޚިރު 1443
10 ނޮވެމްބަރ 2021