ދެންނެވުން
ނަންބަރު: (IUL)308/2021/68
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 20:43
މާޅޮސްމަޑުލު އުތުރުބުރީ މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ރަށް މޮނީޓަރިންގެ ޙާލަތަށް ގެނެވުމާއި ގުޅިގެން އަޅާ ފިޔަވަޅުތަށް ޢާންމުކުރުން
ދިވެހިރާއްޖޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19ގެ ކޭސްތަކެއް މިރަށުން ފެނި، ރަށް މޮނިޓަރިންގެ ޙާލަތަށް ގެނެވުމާއި ގުޅިގެން ތިރީގައި މިބަޔާންކުރާ ފިޔަވަޅުތައް އެޅުމަށް ވަނީ ނިންމާފައެވެ.
- ޒަރޫރީ ބޭނުމަށް ފިޔަވައި ގެއިން ބޭރުގައި ނޫޅުން.
- ގެއިންބޭރުގައި އުޅޭއިރު މާސްކް އެޅުން މަޖުބޫރުވުން.
- ސްކޫލްތަކާއި ތަޢުލީމީ މަރުކަޒުތަކުގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިއުން (މިކަން ނިންމާނީ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން).
- ހޮޓާ، ކެފޭ ރެސްޓޯރެންޓުތަކުން ހަމައެކަނި ޑެލިވަރީ އާއި ޓޭކްއަވޭގެ ޚިދުމަތްދިނުން.
- ސެލޫން އަދި ބޯކޮށާ ތަންތަން ބަންދުކުރުން.
- ގިނަމީހުން އެއްވެގެން ހިންގާ ޙަރަކާތްތައް ހުއްޓާލުން.
- ކުޅިވަރު ޙަރަކާތްތައް ހުއްޓާލުން.
- އޮފީސް މާހައުލުގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޗް.ޕީ.އޭ.ގެ އުސޫލާ އެއްގޮތަށް ބެހެއްޓުން.
- ފިހާރަ، ގުދަން ފަދަ ތަންތަނުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޗް،ޕީ،އޭ.ގެ އުސޫލާ އެއްގޮތަށް ބެހެއްޓުން
- ޓެކްސީތަކާއި އެއްގަމު އަދި ކަނޑު އުޅަނދުތަކުގައި އެޗް.ޕީ.އޭ.ގެ އުސޫލާއި އެއްގޮތަށް ޢަމަލުކުރުން.
- އެއްފަހަރާ 5 މީހުންނަށްވުރެ ގިނަމީހުން އެކުގައި މަގުމަތީ ނޫޅުން.
- ރޭގަނޑު 9:00 އިން މެންދަމު 4:00 އަށް ކަރފިޔު ހިންގުން. މީގެ އިތުރުން ރަށުގެ ޙާލަތަށް ބަލައި ޑިރެކްޓަރ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ކަނޑައަޅާ ގޮތެއްގެމަތިން ކާރފިޔުގެ ވަގުތަށް ބަދަލު ގެނެވިދާނެއެވެ.
ކާރފިޔުގެ ވަގުތުގައި ޒަރޫރީ ބޭނުންތަކުގައި ބޭރަށް ނުކުންނަނަމަ، police.gov.mv/permit/އިން ރިކުއެސްޓު ކުރުމަށްފަހު އެޕްރޫވަލް ލިބުމުން ބޭރަށް ނިކުތުމަށް އިލްތިމާސްކުރަން.
ވީމާ، ކަމާ ގުޅުންހުރި އިދާރާތަކުން ވަކިއެއްޗެއް އަންގަވަންދެން އެންމެހާ ރައްޔިތުން މަތީގައި ދެންނެވިފައިވާ ފިޔަވަޅުތަކާއި އެއްގޮތަށް ޢަމަލުކުރުމަށް އަންގަމެވެ.
1443 D 5
10 ނޮވެންބަރު 2021
10 ނޮވެންބަރު 2021