ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)223/1/2021/46
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 16:14
ސުންގަޑި: 18 ނޮވެންބަރު 2021 13:00
ޓެކްސް އެޕީލް ޓްރައިބިއުނަލް
ދިވެހިރާއްޖެ
ަމި ޓްރައިބިއުނަލްގެ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް މީހަކު ބޭނުންވެއްޖެ

ވަޒީފާގެ ފުރުސަތު

ނަންބަރު:223/1/2021/46(IUL)

ތާރީޚް:  10 ނޮވެންބަރު 2021

 

 

މިޓްރައިބިއުނަލުން ހުސްވެފައިވާ އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރގެ މަޤާމަށް (މަޤާމް ނަންބަރު: TAT-121) މުވައްޒަފަކު ނެގުމަށްޓަކައި ކުރެވުނު ނަންބަރު 45 (IUL)223/1/2021/އިޢުލާނަށް އެކަށީގެންވާ ވަރަށް ތަރުޙީބު ލިބިފައިނުވާތީ އެ މަޤާމަށް މީހަކު ހޯދުމަށްޓަކައި އަލުން އިޢުލާންކުރަމެވެ.

 

މަޤާމް:

އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ

 

މަޤާމް ނަންބަރު:

TAT-121

 

ބޭނުންވާ ޢަދަދު:

01

 

މަޤާމް ގިންތި:

ދާއިމީ

 

މަޤާމުގެ ކްލެސިފިކޭޝަން:

އެސިސްޓެންޓް އޮފިސަރ

 

ވަޒީފާ އަދާކުރަންޖެހޭ ސެކްޝަން:

އެޑްމިން އެންޑް ފައިނޭންސް ސެކްޝަން، ޓެކްސް އެޕީލް ޓްރައިބިއުނަލް

 

މުސާރަ، ޢިނާޔަތްތަކާއެކު:

- އަސާސީ މުސާރަ:            -/4,000 ރުފިޔާ

- ނޮން ޕްރެކްޓިސިންގ އެލަވަންސް: -/1,600 ރުފިޔާ (އަސާސީ މުސާރައިގެ %40)

- ލިވިންގ އެލަވަންސް:         -/3,500 ރުފިޔާ

- ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ ދެވޭނެ

- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

 

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. އެންޓްރީ ބެލެހެއްޓުމުގެ މަސައްކަތާއި، ޑިސްޕެޗް ކުރުމުގެ މަސައްކަތް ކުރުން.
  2. ރިސެޕްޝަން ބެލެހެއްޓުމުގެ ގޮތުން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުން.
  3. މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ ރެކޯޑް ބެލެހެއްޓުން.
  4. މުވައްޒަފުންގެ ގަޑީލާރީގެ ރިޕޯޓް އަދި ފެރީ އެލަވެންސް ރިޕޯޓް ޤަވާޢިދުން ތައްޔާރުކުރުން.
  5. ޓްރައިބިއުނަލްގެ މުވައްޒަފުންގެ އަހަރީ ހާޟިރީ ރިޕޯޓް ޤަވާޢިދުން ތައްޔާރުކުރުން.
  6. ޓްރައިބިއުނަލްގެ އަހަރީ ރިޕޯޓް ތައްޔާރު ކުރުމާއި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  7. ޓްރައިބިއުނަލްގެ އިންވެންޓްރީ ޤަވާޢިދުން ބަލަހައްޓަމުން ގެންދިޔުން.
  8. ޓްރައިބިއުނަލުން ނީލަންކިޔަންޖެހޭ ތަކެތި ނީލަންކިޔުމަށްޓަކައި ކުރަންޖެހޭ ކަންތައް ކުރުން.
  9. މުވައްޒަފުން ޓްރައިބިއުނަލަށް ވެއްދުމާއި އަދި ވަކިކުރުމާއި ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތް ކުރުމާއި، ޕާރސަނަލް ފައިލްތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން.
  10. ސްޓޮކަށް ބޭނުންވާ ތަކެތި ހޯދުމަށް ޤަވާއިދާއި އެއްގޮތަށް ރިކުއެސްޓުކުރުމާއި، ސްޓޮކަށް ތަކެތި ވައްދައި ސްޓޮކްބާކީ ޤާވާއިދާއި އެއްގޮތަށް ބެލެހެއްޓުން.
  11. އެކިފަރާތްތަކަށް ފޮނުވާ ސިޓީފަދަ ތަކެތި ލިޔެ ފޮނުވުމާއި ސްކޭންކޮށް ބެލެހެއްޓުމާއި، ފައިލްކުރުން. 
  12. ޓްރިބިއުނަލުން ބާއްވާ އެކިއެކި ޖަލްސާތަކާއި ވޯކްޝޮޕްތަކާއި ސެމިނާރތަކަށް ތައްޔާރުކޮށް ކުރިއަށްގެންދިއުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.
  13. ޓްރައިބިއުނަލުންކުރާ ދަތުރުތަކުގައި ބައިވެރިވާން ޖެހިއްޖެނަމަ ޢަމަލީގޮތުން ބައިވެރިވުން.
  14. އޮފީސް ހުޅުވާ ލެއްޕުމުގެ ގޮތުން ކުރަންޖެހޭ މަސައްކަތް ކުރުން.
  15. މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުގެ އިތުރުން ޓްރައިބިއުނަލުން ކުރިއަށްގެންދާ ކަންތައްތަކުގައާއި، ކުއްލިގޮތުގައި ހަވާލުކުރެވޭ އަވަސް ކަންތައްތަކުގައި އެހީތެރިވެ ދިނުމަށް މި ޓްރައިބިއުނަލްގެ ވެރިން އަންގަވާ ގޮތެއްގެ މަތިން ފަރުވާތެރިކަމާއިއެކު މަސައްކަތްކުރުން.                     

މަޤާމަށް ބޭނުންވާ ތަޢުލީމީ ފެންވަރާއި ތަމްރީން

(ހުނަރުވެރިކަމާއި ތަޖުރިބާއާއެކު):

- އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން މަދުވެގެން 2 މާއްދާއިން "ސީ" ގްރޭޑް ލިބިފައިވުމާއިއެކު އޯލެވެލް އިނގިރޭސިން "ސީ" ގްރޭޑް އަދި އެޗް.އެސް.ސީ އިމްތިޙާނުގެ ދިވެހި މި މާއްދާއިން "ސީ" ގްރޭޑް ލިބިފައިވުން.

ނުވަތަ،

- އޯލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން އިނގިރޭސި ހިމެނޭގޮތަށް 4 މާއްދާއިން "ސީ" ގްރޭޑް ލިބިފައިވުމާއެކު މީގެ އިތުރުން އެސް.އެސް.ސީ އިމްތިޙާނުގެ ދިވެހި، އިސްލާމް މި މާއްދާތަކުން  ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

ހުށަހަޅަން ޖެހޭ ތަކެތި:

  1. ފުރިހަމަ ކޮށްފައިވާ މި ޓްރައިބިއުނަލްގެ ވަޒީފާއަށް އެދޭ ފޯމް. (ވަޒީފާއަށްއެދޭ ފޯމް މި އިޢުލާނާއެކު ވަނީ ޕަބްލިޝް ކުރެވިފައެވެ. އަދި މި ޓްރައިބިއުނަލްގެ ކައުންޓަރުންނާއި ވެބްސައިޓުން ލިބިވަޑައިގަންނަވާނެއެވެ).
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަމްބަރާއި އީމެއިލް އެޑްރެސް އެގޭގޮތަށް).
  3. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ (ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭގޮތަށް).
  4. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ކުރިޔަށް ގެންދާ ރާއްޖޭގެ ޕްރޮގްރާމްތަކުގެ ސެޓްފިކެޓާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. (މިފަދަ ސެޓްފިކެޓްތަކާއި ލިޔުންތައް އެކްރެޑިޓް ކުރަން ނުޖެހޭނެ އެވެ.)
  5. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަތީތަޢުލީމުދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓުގެ ކޮޕީ، ރާއްޖެއިން ބޭރުގެ މަތީތަޢުލީމު ދޭ މަރުކަޒަކުން ހިންގާ ރާއްޖެއިން ބޭރުގެ ޕްރޮގްރާމްތަކުގެ އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓުތައް ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ އާއި ޓްރާންސްކްރިޕްޓުގެ ކޮޕީ.
  6. ތަޢުލީމާއި ތަމްރީނާގުޅޭ ސެޓްފިކެޓްތަކުގެ ކޮޕީ. (ވަޒީފާ ހަމަޖެއްސުމުގެ ކުރިން ވަޒީފާއަށް ހޮވޭ ފަރާތަކުން އެޓެސްޓްކޮށް ހުށަހަޅަންވާނެއެވެ.) 
  7. ލިބިފައިވާ ތަޖުރިބާ އަންގައިދޭ ލިޔުން. (ތަޖުރިބާ ލިބިފައިވާކަން ދަލީލުކޮށްދޭ ލިއުމުގައި އެމީހަކު އެތަނެއްގައި އަދާކުރި ނުވަތަ އަދާކުރަމުންދާ ވަޒީފާގެ މަޤާމާއި، ކުރި މައިގަނޑު މަސައްކަތްތަކާއި، ވަޒީފާ އަދާކުރި މުއްދަތާއި، އެތަނެއްގެ އިސްވެރިއެއްގެ ސޮޔާއި ތައްގަނޑު އޮންނަންވާނެއެވެ).

މި މަޤާމަށް ކުރިމަތިލައްވާ ފަރާތްތަކުގެތެރެއިން އިންޓަވިއުއަށް ގުޅާނީ، ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

 

       

                      އެޕްލިކޭޝަން ހުށަހަޅާނެގޮތް

ތާރީޚާއި ގަޑި

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ ކައުންޓަރަށް

(ގ.މާގަހަ، 3 ވަނަ ފަންގިފިލާ)  ނުވަތަ،

ކަނޑައެޅިފައިވާ ސުންގަޑީގެ ކުރިން މި ޓްރައިބިއުނަލްގެ [email protected] އަށް މެއިލްކުރެއްވުން . މެއިލްކުރައްވާނީ ހުރިހާ ޑޮކިއުމެންޓެއް އެއްފައިލެއްގައި PDF ކޮށްފައެވެ. (މެއިލް ކުރެއްވުމަށްފަހު އޮފީހަށް މެއިލް ލިބުނުތޯ ޔަޤީން ކުރުމަކީ ވަޒީފާއަށް ކުރިމަތިލައްވާ ބޭފުޅުންގެ ޒިންމާއެކެވެ)

 

18 ނޮވެންބަރު 2021 ވަނަ ދުވަހުގެ 13:00 ގެ ކުރިން

 

 

 

 

 

 

 

މިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން މިޓްރައިބިއުނަލްގެ ނަންބަރު 3015555 ފޯނަށް ގުޅުއްވުން އެދެމެވެ.            

10 ނޮވެންބަރު 2021

 

10 ނޮވެންބަރު 2021