ކުއްޔަށް ހިފުން
ނަންބަރު: (IUL)170-PR/170/2021/130
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:14
ސުންގަޑި: 23 ނޮވެންބަރު 2021 11:00
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް 03 (ތިނެއް) ކޮޓަރީގެ އެޕާރޓްމަންޓެއް 05 (ފަހެއް) އަހަރުދުވަހަށް ކުއްޔަށްދޫކުރާނެ ފަރާތެއް ހޯދުމާއިގުޅޭ

އިޢުލާން

 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް 03 (ތިނެއް) ކޮޓަރީގެ އެޕާރޓްމަންޓެއް 05 (ފަހެއް) އަހަރުދުވަހަށް ކުއްޔަށްދޫކުރާނެ ފަރާތެއް ހޯދުމާއިގުޅޭ

 

 

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ލެކްޗަރާރުން ތިބުމަށް 1000 އަކަފޫޓަށްވުރެ ކުޑަނޫން 03 (ތިނެއް) ކޮޓަރީގެ އެޕާޓްމަންޓެއް  05 (ފަހެއް) އަހަރު ދުވަހަށް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ވުމަށް ދެވިފައިވާ މުއްދަތުގައި މި ޔުނިވަރސިޓީގެ [email protected] މެއިލް މެދުވެރިކޮށް ރަޖިސްޓަރ ކުރެއްވައި، މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

ބީލަން ހުޅުވުން

މި އިޢުލާން އާއި ގުޅިގެން ބާއްވާ ބީލަން ހުށަހެޅުމުގެ ބައްދަލުވުން އޮންނާނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގައި އެވެ.

 

ބިޑް ސެކިއުރިޓީ އަދި ޕާފޯމަންސް ގެރެންޓީ

ބީލަން ހުށަހަޅުއްވާއިރު، ބިލަމާއިއެކު ބިޑް ސެކިއުރިޓީގެ ގޮތުގައި 18000.00ރ (އަށާރަހާސް ރުފިޔާ) ގެ ބިޑް ސެކިއުރިޓީއެއް 30 ދުވަހުގެ ވެލިޑިޓީ އާއިއެކު ހުށަހަޅުއްވަންވާނެއެވެ. އަދި ބީލަން ކާމިޔާބު ކުރާ ފަރާތުން ޕާފޯމަންސް ގެރެންޓީގެ ގޮތުގައި ހުށަހަޅަންޖެހޭނީ ކޮންޓްރެކްޓް އަގުގެ %5 އެވެ.

 

މި އިޢުލާންއާއި ގުޅޭ މުހިންމު ސުންގަޑިތައް

 

ބީލަން ހުށަހެޅުމަށް ރަޖިސްޓަރ ކުރެއްވުމުގެ ސުންގަޑި

17 ނޮވެމްބަރ 2021 ގެ 14:00އަށް

ބީލަމާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމުގެ ސުންގަޑި

21 ނޮވެމްބަރ 2021 ގެ 14:00އަށް

އަންދާސީ ހިސާބު ހުށަހެޅުން

23 ނޮވެމްބަރ 2021ގެ 11:00 އަށް

 

މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ބީލަން ހުށަހެޅުމަށް ރަޖިސްޓަރވުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓަރވެފައިވާ ފަރާތްތަކަށެވެ. އަދި މި ބީލަމާއި ގުޅިގެން ދެވޭ މަޢުލޫމާތު ކަރުދާސް ރަޖިސްޓަރވާ ފަރާތްތަކާ ހިއްސާކުރެވޭނެ އެވެ. މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ [email protected] އަށް މެއިލް ކޮށްދެއްވުން އެދެމެވެ.

10 ނޮވެންބަރު 2021