ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)468-LID/468/2021/247
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:51
ސުންގަޑި: 14 ނޮވެންބަރު 2021 14:00
ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވެރިފަރާތް ހޯދުން

ފުވައްމުލަކު ހެޕީފުޑް ފިހާރައާއި އިންވެގެން އޮތް ދެވަޑޮކައިމަގުގެ ދެކުނުން، ޖަމާލުއްދީން ނައިބުތުއްތުމަގުގެ އިރުން އޮތް ހުސްބުގައި 01 ން 16 އަށް ނަންބަރު ޖަހާފައިވާ ރުއްގަސްތަކުގެ ވެރިފަރާތް ހޯދުމަށް ބޭނުންވެއެވެ.

ވީމާ، މިރުއްގަސްތަކުގެ މިލްކުވެރި ފަރާތެއް ވާނަމަ 2021 ނޮވެންބަރު 14 ވާ އާދީއްތަ ދުވަހުގެ 14:00 ގެކުރިން އެއީ ރަޖިސްޓްރީ ކުރެވިފައި ނުވަތަ ކަމާއިބެހޭ ފަރާތުގެ ހުއްދައާއިއެކު އިންދާފައިވާ ރުއްގަސްތަކެއްކަން އެނގޭނެ ލިއުމަކާއި އެކު މިއިދާރާގެ ލޭންޑް އެންޑް އިންފްރާސްޓްރަކްޗަރ ޑިވަލޮޕްމަންޓް ސެކްޝަން (ކުރީގެ ފުވައްމުލަކު އޮފީސް) އަށް ހުށަހެޅުއްވުން އެދެމެވެ.

10 ނޮވެންބަރު 2021