ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-HRU/438/2021/337
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 11:58
ސުންގަޑި: 21 ނޮވެންބަރު 2021 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
"އެންހާންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑްސް (އެންދެރި)" ޕްރޮޖެކްޓަށް ޕްރޮޖެކްޓް އެސިސްޓެންޓެއް ހޯދުމާއި ގުޅޭ

"އެންހާންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑްސް (އެންދެރި)"ޕްރޮޖެކްޓަށް ޕްރޮޖެކްޓް އެސިސްޓެންޓެއް ހޯދުމާއި ގުޅޭ

 

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން ކުރިޔަށް ގެންދާ ”އެންހާންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑް (އެންދެރި)" މަޝްރޫއު ގެ ދަށުން ޕްރޮޖެކްޓް އެސިސްޓެންޓްގެ މަގާމަށް ކުރިމާތިލާނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މިމަގާމަށް ހޮވޭފަރާތް މަސައްކަތްކުރައްވާނީ މަޝްރޫޢުގެ ޕްރޮޖެކްޓް މެނޭޖްމަންޓު ޔުނިޓުގައި ޕްރޮޖެކްޓް މެނޭޖަރ ގެ އިރުޝާދާއި ލަފާގެ މަތިންނެވެ.

މި ވަޒީފާގެ ޝަރުތުތަކާއި މަސްޢޫލިއްޔަތުތައް ހިމެނޭހެން "ޓަރމްސް އޮފް ރިފަރެންސް" މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެއްއުރަކޮށްފައިވާނެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ، ޝަރުތު ހަމަވާ ފަރާތްތަކުން ތަޢުލީމީ ފެންވަރުގެ އެކްރެޑިޓަޑް ސެޓިފިކެޓުގެ ކޮޕީއާއި، ހުނަރާއި ގާބިލުކަން ސާބިތު ކޮށްދޭ ވަނަވަރު، ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑުގެ ކޮޕީ، ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ ވަޒީފާއަދާކުރި ތަނުން ދީފައިވާ ލިޔުމުގެ ކޮޕީ، އަދި ސިވިލް ސަރވިސް މުވައްޒަފެއް ނަމަ އޮފީހުން މި ވަޒީފާއަށް އެ މުވައްޒަފެއް ވީއްލާނެކަމުގެ ސިޓީގެ ހާޑްކޮޕީ  21 ނޮވެމްބަރު 2021 ވަނަ ދުވަހުގެ 1200 ގެ ކުރިން މިމިނިސްޓްރީގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުވުން އެދެމެވެ. ފުރިހަމަ އެޕްލިކޭޝަން އެއްގެ ގޮތުގައި ބަލައިގަނެވޭނީ ހުރިހާ ސަޕޯޓިންގ ޑޮކިޔުމެންޓްތައް އެޓޭޗްކުރެވިފައިވާ އެޕްލިކޭޝަންތައްކަމުގައި ދަންނަވަމެވެ.

 

 

 

 

އެޕްލިކޭޝަން ޓައިޓަލް: ”އެންހާންސިންގ ނޭޝަނަލް ޑިވެލޮޕްމަންޓް ތްރޫ އެންވަޔަރަންމަންޓަލީ ރެޒިލިއަންޓް އައިލެންޑްސް (އެންދެރި)"މަޝްރޫޢު އަށް ޕްރޮޖެކްޓް އެސިސްޓެންޓް އެއް ހޯދުމާއި ގުޅޭ

ހިއުމަން ރިސޯސް ސެކްޝަން،

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ.

ފޯން: 3018300

ވެބްސައިޓް: www.environment.gov.mv

 

ނޯޓް: މައުލޫމާތު ފުރިހަމަނޫން އެޕްލިކޭޝަންތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއަށް ލިބިގެންވެއެވެ. އަދި މި އިއުލާނު ކޮންމެ ވަގުތެއް ގައި ވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއަށް ލިބިގެންވެއެވެ.

ތާރީހު: 10 ނޮވެމްބަރ 2021

10 ނޮވެންބަރު 2021