މަސައްކަތް
ނަންބަރު: GS153/IUL/2021/22
ޕަބްލިޝްކުރި ތާރީޚް: 10 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 08:47
ސުންގަޑި: 18 ނޮވެންބަރު 2021 13:00
ހަންޏާމީދޫ ސްކޫލް، އދ. ހަންޏާމީދޫ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

މި ސްކޫލް އެކްޓިވިޓީ ޔުނިފޯމް ތައްޔާރުކޮއްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

 

1. މިސްކޫލްގެ ދަރިވަރުންނަށް ބޭނުންވާ އެކްޓިވިޓީ ޔުނިފޯމް ހޯދުމަށް ކުރި GS153/IUL/2021/17 އިޢުލާން ބާތިލުކޮށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.

   2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 18 ނޮވެންބަރު 2021 ދުވަހުގެ މެންދުރުފަހު 13:00 ގެ ކުރިން ނަންނޯޓް ކުރެއްވުން އެދެމެވެ. ނަންނޯޓްކުރުން ހުޅުވާލާފައިވަނީ 10 ނޮވެންބަރު 2021 އިން 18 ނޮވެންބަރު 2021 އަށް ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އަށް މެންދުރުފަހު 13:00 އަށެވެ. ނަންނޯޓްކުރަން އެދޭ ފަރާތްތަކުން މި ސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ވެސް ނަންނޯޓް ކުރެވިދާނެއެވެ. މެއިލް ކުރައްވާނަމަ، ތިރީގައިވާ މަޢުލޫމާތުތައް މެއިލްގައި ހިމަނަންވާނެއެވެ.

  • ކުންފުނި/ފަރާތް   * ނަންނޯޓްކުރާ މީހާގެ ނަން
  • ފޯން ނަމްބަރ    * އީމެއިލް އެޑްރެސް

   3. މި ޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 21 ނޮވެންބަރު 2021 ދުވަހުގެ ހެނދުނު 10:00 ގެ ކުރިން ތިރީގައިވާ  އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

   4. ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ  23 ނޮވެންބަރު 2021 ވާ އަންގާރަ ދުވަހުގެ މެންދުރުކުރި 11:00 ގައި  މިސްކޫލްގައެވެ.

   5. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތާއި ޔުނީފޯމްގެ ނަމޫނާތައް މިއިޢުލާނާއިއެކު ގެޒެޓް ކުރެވިފައިވާނެއެވެ.

   6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 

ހަންޏާމީދޫ ސްކޫލް / އދ.ހަންޏާމީދޫ

ފޯން: 6680837

އީ-މެއިލް: [email protected]

 

5 ރަބީޢުލްއާޚިރު 1443

10 ނޮވެންބަރު 2021