ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)10-F/10/2021/213
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 20:42
ސުންގަޑި: 16 ނޮވެންބަރު 2021 10:00
މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
ދިވެހި ފުލުހުންގެ ޚިދުމަތުގެ ހެޑްކުއާޓަރ (ޝަހީދު ޙުސައިން އާދަމް ބިލްޑިންގ) އާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މައި އޮފީސް ހުންނަ ޢިމާރާތާއި ދެމެދު އަމިއްލަތަކެތީގައި ފައިބަރ ކޭބަލް އެޅުމުގެ މަސައްކަތް ކުރުން

`

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

     މާލެ، ދިވެހިރާއްޖެ                   

                                          ނަންބަރު: IUL10-F/10/2021/213

 

އިޢުލާން

ދިވެހި ފުލުހުންގެ ޚިދުމަތުގެ ހެޑްކުއާޓަރ (ޝަހީދު ޙުސައިން އާދަމް ބިލްޑިންގ) އާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ މައި އޮފީސް ހުންނަ ޢިމާރާތާއި ދެމެދު އަމިއްލަތަކެތީގައި ފައިބަރ ކޭބަލް އެޅުމުގެ މަސައްކަތް ކުރުމަށް ބޭނުންވާތީ، މިކަން ކުރުމަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ވީމާ، މި ބީލަމުގައި ބައިވެރިވެއްލައްވަން ބޭނުންވާ ފަރާތްތަކުން، 16 ނޮވެންބަރު 2021 ވާ އަންގާރަ ދުވަހުގެ 10:00 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް/ ވެލާނާގެ 10 ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފު ކުރެއްވުމަށްފަހު 21 ނޮވެންބަރު 2021 ވާ އާދީއްތަ ދުވަހުގެ 10:00 އަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒް/ ވެލާނާގެ 10 ވަނަ ފަންގިފިލާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހެޅުމަށް އޮންނަ ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެކަމުގައި ދެންނެވީމެވެ.

09 ނޮވެންބަރު 2021