ކުއްޔަށް ދިނުން
ނަންބަރު: (IUL)384-A/2021/66
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 20:09
ސުންގަޑި: 16 ނޮވެންބަރު 2021 13:00
ކޮޅުމަޑުލު މަޑިފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަންހެނުންކެފޭ ޢިމާރާތުގައި ހުރި ކޮޓަރި (ކުރީގެ ބޭސްފިހާރަ) ކުއްޔަށް ދޫކުރުން.

   މިރަށު އަންހެނުންގެ ކެފޭގައި ހުރި އެއް ކޮޓަރި (ކުރީގެ ބޭސްފިހާރަ ) ހިންގި އިމާރާތުގައި ވިޔާފާރި ކުރުމަށް ޝައުގުވެރިވާފަރާތްތަކުން އެންމެ ރަގަޅު އަގެއް ހުށައަޅާ ފަރާތަކަށް، 3 އަހަރު ދުވަހުގެ މުއްދަތައް ކުއްޔަށް ދިނުމަށް ކައުންސިލުންވަނީ ނިންމާފައެވެ. މިގޮތުން މިތަން ކުއްޔަށް ދިނުމަށް ކަނޑައަޅާފައިވާ އެންމެ ކުޑަ އަގަކީ މަހަކަށް 1000 (އެއްހާސް) ރުފިޔާއެވެ.

 

ތަނުގެ މަޢުލޫމާތު:

ތަނުގެ ބޮޑުމިން: 11×12 (132އަކަފޫޓް )

 

ވީމާ، މިތަން ކުއްޔަށް ހިފުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 16 ނޮވެމްބަރ 2021 ވާ ހޯމަ ދުވަހު 13:00 މިއިދާރާއަށް ވަޑައިގެން، އައިޑީ ކާޑް ކޮޕީއަކާއި އެކު އަގު ހުށަހެޅުއްވުން އެދެމެވެ. ހުށައަޅާފައިވާ އަގުތައް ކަނޑާ ބެލުން އޮންނާނީ އެދުވަހު އެގަޑިއަށް ވަޑައިގަންނަވާ ބޭފުޅުންގެ ޙާޞިރުގައެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ މިއިދާރާގެ ނަމްބަރ 6780034 އަށެވެ.

                     މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 ނޮވެންބަރު 2021