ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)485/1/2021/15
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 16:45
ސުންގަޑި: 22 ނޮވެންބަރު 2021 13:00
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ކޮމްޕިއުޓަރ ސިސްޓަމްއާއި ތަކެތި ގަތުމަށް – 2 ވަނަ ރައުންޑް

ތަޢާރަފް

          

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަކީ ދިވެހިރާއްޖޭގެ އާންމު ޚިދުމަތްތަކުގެ ތެރެއިން ކަރަންޓު، ފެން، ނަރުދަމާ އަދި ކުނީގެ ކަންތައްތައް ރެގިއުލޭޓު ކުރުމަށް މަތިކުރެވިފައިވާ އިދާރާއެވެ.  މި އިދާރާ ހިންގުން ހަރުދަނާ ކުރުމަށްޓަކައި އިތުރު ކޮމްޕިއުޓަރ ސިސްޓަމްތަކާއި އޭގެ ސާމާނު އޮތޯރިޓިއަށް ބޭނުންވެއެވެ.

ކޮމްޕިއުޓަރ ސިސްޓަމްއާއި ތަކެތި ގަތުމަށް މިއޮތޯރިޓީއިން ކުރެވުނު (IUL)485/1/2021/11 ނަންބަރު އިއުލާންއާ ގުޅިގެން ލިބިފައިވާ ބީލަންތައް، ކަނޑައަޅާފައިވާ ބަޖެޓަށްވުރެ މަތިވާތީ، އަލުން މިކަމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުލުވާލަމެވެ.

 

މަސައްކަތުގެ ޓާރމްސް އޮފް ރިފަރެންސް

 

މި އޮތޯރިޓީގެ ވެބްސައިޓު www.ura.gov.mv  އިން ޓީ.އޯ.އާރު ޑައުންލޯޑް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

 

 

މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކޮށްދިނުން:

 

މި މަސައްކަތުގެ ސްކޯޕް އޮފް ވޯރކްސް އާއި ގުޅޭގޮތުން އިތުރަށް ސާފުކުރަން ބޭނުންވާނެ ކަމެއްވާނަމަ 2021 ނޮވެމްބަރ 20 ވާ ހޮނިހިރު ދުވަހުގެ 23:59 ގެ ކުރިން މި އޮތޯރިޓީގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުން އެދެވެ. އީމެއިލްގެ ޒަރީއާއިން ނޫން އެހެން އެއްވެސް ގޮތަކަށް މި މަސައްކަތާއި ބެހޭގޮތުން މައުލޫމާތު ސާފުކޮށްނުދެވޭނެއެވެ. އަދި މިސުވާލުތަކަށް 2021 ނޮވެމްބަރ 21 ވާ އާދިއްތަ ދުވަހުގެ 16:00 ގެ ކުރިން ޖަވާބު އެރުވޭނެއެވެ.

 

ބިޑް ހުށަހެޅުން:

 

މި މަސައްކަތަށް ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 22 ނޮވެމްބަރު 2021 ވާ ހޯމަ ދުވަހުގެ 13:00 ގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގައެވެ. ބިޑް ހުށަހަޅަންވާނީ ބަންދުކޮށްފައިހުރި ސިޓީ އުރައިގައި އެއްވަގުތެއްގައެވެ.

 

ނޯޓު: 22 ނޮވެމްބަރު 2021 ވާ ހޯމަ ދުވަހުގެ 13:00 ގެ ފަހުން ހުށަހަޅާ ބިޑް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

ބިޑް އެޑްރެސް ކުރައްވަންވީ ގޮތް:

“Do not open before 22nd November 2021 at 13:00 hours – Supply of Computers

Procurement Unit

Utility Regulatory Authority,

Handhuvaree Hingun, Maafannu, Male’, 20392,

Republic of Maldives.

Email: [email protected]

Website: www.ura.gov.mv

Announcement Number: (IUL)485/1/2021/15

09 ނޮވެންބަރު 2021