ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)485/1/2021/16
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 16:44
ސުންގަޑި: 22 ނޮވެންބަރު 2021 11:00
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ
ދިވެހިރާއްޖެ
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ބޭނުންވާ އައި.ޓީ ހާރޑްވެއަރ އަދި އެހެނިހެން ސާމާނު ގަތުމަށް

ތަޢާރަފް

          

ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަކީ ދިވެހިރާއްޖޭގެ އާންމު ޚިދުމަތްތަކުގެ ތެރެއިން ކަރަންޓު، ފެން، ނަރުދަމާ އަދި ކުނީގެ ކަންތައްތައް ރެގިއުލޭޓު ކުރުމަށް މަތިކުރެވިފައިވާ އިދާރާއެވެ. މި އިދާރާ ހިންގުން ހަރުދަނާ ކުރުމަށް އައި.ޓީ ހާރޑްވެއަރ އަދި އެހެނިހެން ސާމާނު އޮތޯރިޓިއަށް ބޭނުންވެއެވެ.

 

މަސައްކަތުގެ ޓާރމްސް އޮފް ރިފަރެންސް

 

މި އޮތޯރިޓީގެ ވެބްސައިޓު www.ura.gov.mv  އިން ޓީ.އޯ.އާރު ޑައުންލޯޑް ކުރެވޭނެ ވާހަކަ ދަންނަވަމެވެ.

 

 

މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކޮށްދިނުން:

 

މި މަސައްކަތުގެ ސްކޯޕް އޮފް ވޯރކްސް އާއި ގުޅޭގޮތުން އިތުރަށް ސާފުކުރަން ބޭނުންވާނެ ކަމެއްވާނަމަ 2021 ނޮވެމްބަރ 20 ވާ ހޮނިހިރު ދުވަހުގެ 23:59 ގެ ކުރިން މި އޮތޯރިޓީގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުން އެދެވެ. އީމެއިލްގެ ޒަރީއާއިން ނޫން އެހެން އެއްވެސް ގޮތަކަށް މި މަސައްކަތާއި ބެހޭގޮތުން މައުލޫމާތު ސާފުކޮށްނުދެވޭނެއެވެ. އަދި މިސުވާލުތަކަށް 2021 ނޮވެމްބަރ 21 ވާ އާދިއްތަ ދުވަހުގެ 16:00 ގެ ކުރިން ޖަވާބު އެރުވޭނެއެވެ.

 

ބިޑް ހުށަހެޅުން:

 

މި މަސައްކަތަށް ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 22 ނޮވެމްބަރު 2021 ވާ ހޯމަ ދުވަހުގެ 11:00 ގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގައެވެ. ބިޑް ހުށަހަޅަންވާނީ ބަންދުކޮށްފައިހުރި ސިޓީ އުރައިގައި އެއްވަގުތެއްގައެވެ. ޓަރމްސް އޮފް ރެފަރެންސްގައިވާ ލޮޓް ތަކަށް ވަކިން، ޓަރމްސް އޮފް ރިފަރަންސްގައި ވާގޮތުގެމަތިން ބިޑް ހުށަހެޅިދާނެއެވެ.

ނޯޓު: 22 ނޮވެމްބަރު 2021 ވާ ހޯމަ ދުވަހުގެ 11:00 ގެ ފަހުން ހުށަހަޅާ ބިޑް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

 

ބިޑް އެޑްރެސް ކުރައްވަންވީ ގޮތް:

                               

ބިޑް އެޑްރެސް ކުރައްވަންވީ ގޮތް ޓަރމްސް އޮފް ރިފަރަންސްގެ ލޮޓް ތަކުގައި ވާނެއެވެ.

 

09 ނޮވެންބަރު 2021