ނީލަން
ނަންބަރު: (IUL)434-PRC/434/2021/264
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 16:04
ސުންގަޑި: 22 ނޮވެންބަރު 2021 10:00
ނޭޝަނަލް ޑްރަގް އޭޖެންސީ
ދިވެހިރާއްޖެ
ނޭޝަނަލް ޑްރަގް އެޖެންސީގައި ހުރި ބައު ސާމާނު ދުވަހު ނީލަމުގައި ވިއްކާލުން

މި އޭޖެންސީގައި ހުރި ބައުވެ ހަލާކުވެފައިވާ ތަކެތި "ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުން ކުރެވެން ނެތް ދައުލަތުގެ މުދާ، ނީލަން ކިޔުމާއި ނައްތައިލުމުގައި އަމަލުކުރާނެ އުސޫލު" ގެ ދަށުން "ދުވަހު ނީލަމުގައި" ވިއްކާލުމަށް ބޭނުންވެއެވެ.

  1. ނީލަންކިޔުމަށް ހަމަޖެހިފައިވާ ތަން: ގ.ގްރީންގެ / އަލިކިލޭގެފާނުމަގު)
  2. ނީލަންކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: ނޮވެންބަރު 22 ވަނަ ދުވަހު، ހެނދުނު 10:00 ގައި
  3. ނީލަންކިޔުމަށް ހަމަޖެހިފައިވާ އުޞޫލު: ދުވަހު ނީލަމުގައި
  4. މަޢުލޫމާތު ހޯދުމަށް ގުޅުއްވާނެ ފޯނު ނަންބަރު: ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 9:00 އިން 13:00 އަށް 3312018 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަންވާނެވެ.

ވީމާ ޝައުގުވެރިވެލައްވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

09 ނޮވެންބަރު 2021