މަސައްކަތް
ނަންބަރު: (IUL)253/253/2021/84
ޕަބްލިޝްކުރި ތާރީޚް: 08 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 12:11
ސުންގަޑި: 21 ނޮވެންބަރު 2021 09:30
ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މި އިދާރާގެ ބެލުމުގެ ދަށުގައި ހުރި ބައެއް ޢިމާރާތްތައް 2022 ވަނަ އަހަރު ކުނިކަހާ ސާފުކޮށް ބެލެހެއްޓުން

މި އިދާރާގެ ބެލުމުގެދަށުގައި ހުރި ބައެއް ޢިމާރާތްތައް 2022 ވަނަ އަހަރު ކުނިކަހާ ސާފުކޮށް ބެލެހެއްޓުން

މި އިދާރާގެ ބެލުމުގެދަށުގައި ހުރި ތިރީގައި މިދަންނަވާ ޢިމާރާތްތައް 2022 ވަނަ އަހަރު ކުނިކަހާ ސާފުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

1- ކަލޭފާނު ޕްރީސްކޫލް

2- ހިދާޔަތުލް ގުރުއާން ކުލާސް

3- ހަޓް

ވީމާ، މި މަސައްކަތް ކޮންޓްރެކްޓް އުސޫލުން ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2021 ނޮވެމްބަރ 21 ވާ އާދީއްތަ ދުވަހުގެ 09:30 އަށް މި އިދާރާގެ ކޮންފަރެންސް ހޯލަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 2021 ނޮވެމްބަރ 24 ވާ ބުދަ ދުވަހުގެ 09:30 އަށް އަންދާސީ ހިސާބު މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުމަށް ފުރުޞަތު ހުޅުވާލެވިފައިވަނީ ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ވިޔަފާރިތަކަށެވެ.

މި މަސައްކަތަށް އެދި ހުށަހަޅާ އަންދާސީ ހިސާބުތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އަންދާސީހިސާބު ހުށަހަޅާނީ އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމުގައެވެ. މުއްދަތު ހަމަވުމަށްފަހު ހުށަހަޅާ ފޯމާއި، މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ ފޯމް ޤަބޫލްނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކޮށް ސިޓީއަކުން މި އިދާރާއަށް ހުށަހަޅަން ވާނެއެވެ. އަންދާސީހިސާބުތައް ކެނޑުމަށް ހަމަޖެހިފައިވަނީ އަންދާސީހިސާބު ހުށަހަޅާ ފަރާތްތަކުގެ ޙާޟިރުގައެވެ.

                    3 ރަބީޢުލްއާޚިރާ 1443

                    8  ނޮވެމްބަރ 2021

08 ނޮވެންބަރު 2021