ކުއްޔަށް ހިފުން
ނަންބަރު: (IUL-G)GS113/2021/02
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 12:06
ސުންގަޑި:
14 ނޮވެންބަރު 2021 13:00
ކުޑަފަރީ ސްކޫލް، ނ. ކުޑަފަރި
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ގުދަނެއް ކުއްޔަށް ހިފުމަށް
ކުޑަފަރީ ސްކޫލަށް ގުދަނެއް ކުއްޔަށް ހިފުން.
ބީލަން ހުށައެޅުމުގެ ދަޢުވަތު
- މި ސްކޫލުގެ ނަންބަރު (IUL-G)GS113/2021/01 (08 ނޮވެންބަރު 2021)، ކުޑަފަރީ ސްކޫލަށް ގުދަނެއް ކުއްޔަށްހިފުމަށް ކުރެވުނު އިޢުލާނާ ގުޅ 3 ފަރާތުން ރަޖިސްޓްރީކޮށްފައި ނުވާތީ ބީލަމުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
- ބީލަމުގައި ބައިވެރިވެވޭނީ، އެ ކަމަށް އެދި ރަޖިސްޓްރީވާ ފަރާތްތަކަށް އެކަންޏެވެ. ރަޖިސްޓްރީކުރުމަށް ހުށަހަޅާނީ 2021 ނޮވެންބަރު 14 ވާ އާދިއްތަ ދުވަހުގެ 13:00ގެ ކުރިން، ދީފައިވާ ލިންކު ގައިވާ ފޯމު ފުރިހަމަކޮށްގެންނެވެ.
https://forms.gle/ZBq2JAN9grFFz1XGA
- މިބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހާއި، މަޢުލޫމާތު ކަރުދާހުގެ ޖަދުވަލުތައް އަދި އަންދާސީ ހިސާބު ހުށައަޅާ ފޯމު ބީލަމުގައި ރަޖިސްޓްރީވެލައްވާ ފަރާތްތަކަށް 2021 ނޮވެންބަރު 15 ވާ ހޯމަ ދުވަހުގެ 13:00ގެ ގެ ކުރިން ސިޓީ/އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.
- މިބީލަމާއި ގުޅިގެން ބޭއްވޭ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން 2021 ނޮވެންބަރު 16ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި މި ސްކޫލްގައި އޮންނާނެއެވެ.
- ބީލަން ބަލައިގަތުން އަދި ހުޅުވުން އޮންނާނީ 22 ނޮވެންބަރު 2021ވާ ބުދަ ދުވަހުގެ 13:00ގައި މި ސްކޫލުގައިއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި، އިޢުލާން/ޕްރޮޖެކްޓް ނަންބަރާއި، ކޮންކަމަކަށް ހުށަހެޅޭ އަންދާސީހިސާބެއްކަން ލިޔެވިފައި އޮންނަންވާނެއެވެ.
- ހުށައަޅާ ބީލަންތައް ވަޒަންކުރާނޭ މިންގަނޑާއި ބީލަމާއިއެކު ހުށައަޅަންޖެހޭ ތަކެތީގެ ތަފްޞީލު ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ހިމެނިފައިވާނެއެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ކުޑަފަރީ ސްކޫލް ވައިލެޓްމަގު، ނ.ކުޑަފަރި، ދިވެހިރާއްޖެ.
ފޯން: 6561802
އީމެއިލް: [email protected]
09 ނޮވެންބަރު 2021