ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)340/340/2021/35
ޕަބްލިޝްކުރި ތާރީޚް: 09 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 11:35
ސުންގަޑި: 18 ނޮވެންބަރު 2021 14:00
އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމެއްގެ މަޤާމަށް މުވައްޒަފަކު ހޯދުން

 ޤާމު:

 އިމާމު

 މަޤާމުގެ ނަންބަރު :

 ---

 ބޭނުންވާ އަދަދު :

 01

 މަޤާމުގެ ގިންތި :

 ވަގުތީ ( 2 އަހަރުގެ ކޮންޓްރެކްޓު އެމްޕްލޯއިމެންޓުގެ ދަށުން )

 މަޤާމުގެ ރޭންކު :

 ޖީ . އެސް 3

 މަޤާމުގެ ކްލެސިފިކޭޝަން :

 އޮފިސަރ ގްރޭޑް 1

 ވަޒީފާ އަދާކުރަން ޖެހޭ ތަން :

 އަރިއަތޮޅު އުތުރުބުރީ ރަސްދޫ ކައުންސިލްގެ އިދާރާ .

 މުސާރަ :

 4,465/- ރުފިޔާ.

 ސަރވިސް އެލަވަންސް:

 1500/- ރުފިޔާ

 އެހެނިހެން އެލަވަންސް:

 

 

 

 

 

 ދިވެހި ސިވިލް ސަރވިސް ޤަވާޢިދުގައި ވާގޮތުގެމަތިން ބަނދު ދުވަހެއްގައި ނުވަތަ އިތުރުގަޑީގައި   މަސައްކަތްކުރައްވާނަމަ އިތުރުގަޑީގެ ފައިސާ ޢާއި، ރަމަޟާން މަހުގެ މުނާސަބަތުގައި ދޭ ޚާއްޞަ އިނާޔަތް   ލިބޭނެއެވެ. މީގެ އިތުރުން އެހެންއެއްވެސް އިނާޔަތެއް ނުލިބޭނެއެވެ.

 

 މަޤާމުގެ މައިގަނޑު މަސްއޫ   ލިއްޔަތުތަކާއި ވާޖިބުތައް:

  1. މިސްކިތުގެ އިމާމު ޗުއްޓީ ނެގުމުންނާއި އަދި ބަލި ސަލާމް ބުނުއްވުމުން ނުވަތަ މިނޫންވެސް އެހެން ޙާލަތެއް މެދުވެރިވެގެން މިސްކިތަށް ޙާޟިރު ނުވެވޭކޮންމެ ވަގުތެއްގައި މިސްކިތުގެ މަސައްކަތު މީހުންގެ މަސައްކަތްތައް ބަލާ ސްޕަވައިޒު ކުރުމާއި، އަދި އެމީހުންލައްވާ މިސްކިތް ފޮޅާ ސާފުކޮށް ކޮންމެ ނަމާދުވަގުތަކަށް މިސްކިތް ތައްޔާރުކުރުން.
  2. ކޮންމެ ނަމާދުވަގުތެއް ޖެހުމުގެ 15 މިނެޓް ކުރިން މިސްކިތަށް ޙާޟިރުވެ މިސްކިތުގައި އޮންނަ ވަގުތު ޙާޟިރީގައި ސޮއިކޮށް ވަގުތު ޖެހުމުން ( 2 އިމާމުން ޙާޟިރުވެ ތިބިނަމަ ދެ އިމާމުން މަސްވަރާކޮށް ވަގުތުގައި ބަންގިގޮވާ އިމާމުވެ ނަމާދުކުރުން.
  3. މިސްކިތާ މިސްކިތުގެ ވަށައިގެންވާ ޙަރިމްމަ ފާރުގެ އެތެރޭގައި މިސްކިތުގެ ކަރާމަތާ ރައްކާތެރިކަމާ މިސްކިތައް ގެއްލުންވެދާނެފަދަ ކަމެއް ވާނަމަ ނުވަތަ ކުރާނަމަ އެކަމެއް ހުއްޓުވާ ރަނގަޅު ކުރުވުމަށް މަސައްކަތް ކުރުން.
  4. މިސްކިތު މަސައްކަތު މީހުންލައްވާ މިސްކިތާއި، މިސްކިތާގުޅުންހުރި ހުރިހައިތަނެއްގައި ހުރި ލައިޓުތަކާ، ފަންކާތަކާ ، އެއަރކޯނުތައް ޖައްސާ ނިންވުމަށް ހަމަޖެހިފައިވާ އުޞޫލުން އެކަންކަން ކުރުވާ ބެލެހެއްޓުމުގެ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރުން.
  5. އަދި މަތީގައި ބަޔާންކުރެވިފައި އެވާ ކަންކަމުގެ އިތުރުންވެސް މިސްކިތުގެ އިމާމެއްގެ ހައިސިއްޔަތުން ނުވަތަ މުދިމެއްގެ ހައިސިއްޔަތުން އެވަގުތަކަށް ކުރަންޖެހޭ އެންމެހައި ކަންކަން އިންތިޒާމްކޮށް އެކަންކަމުގައި ބައިވެރިވެ ކުރުން.
  6. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ ، އެފަދަ ނިންމުންތައް ތަންފީޒްކުރުމުގައި އިމާމެއްގެ ހައިސިއްޔަތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާއި އިރުޝާދުގެ މަތިން ކުރުން.
  7. ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނަރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  8. މީގެ އިތުރު ވަޒީފާގެ ދާއިރާއާ ގުޅުންހުރި މަސައްކަތްތަކާ ގުޅިގެން ކައުންސިލް އިދާރާއިން އަންގާ އެންމެހައި ކަންކަން ކުރުން.

 

 މަޤާމުގެ ޝަރުޠުތައް:

  1. އިމާމް ކަމުގެ ކޯހެއް ފުރިހަމަކޮށް ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ނުވަތަ 3 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 ނުވަތަ :

  1. ހުކުރު ކުރުމުގެ ސަނަދު ލިބިފައިވުން.

 ނުވަތަ :

  1. ކުއްލިޔަތުލް ދިރާސާތުލް އިސްލާމިއްޔާގެ ޘާނަވީ ދެ އަހަރު ނިންމާ ، ޤުރުއާން،ފިޤުހު،ތަޖުއީދު،މި 3  (ތިނެއް ) މާއްދާއިން ފާސްވެފައިވުން.

 ނުވަތަ :

  1. ދިވެހި ސަރުކާރު ޤަބޫލުކުރާ ދީނީ މަޢުޙަދަކުން ޘާނަވީ ދެ އަހަރު ނިންމާ، ޤުރުއާން،ފިޤުހު،ތަޖްޢީދު، މި 3 (ތިނެއް ) މާއްދާއިން ފާސްވެފައިވުން.

 ނުވަތަ :

  1. މި އިޢުލާނަށް މުއްދަތުހަމަވާއިރު މި މަގާމަށް ޝަރުޠު ހަމަވާމީހަކު ކުރިމަތިލައްވާފައިނުވާނަމަ ނުވަތަ ޝަރުޠު ހަމަވާފަރާތެއް ހުށަހަޅުއްވާފައިނުވާނަމަ އިތުރަށް އިޢުލާންކުރުމެއްނެތި މި މަގާމަށް މެރިޓް އުޞޫލުން މީހަކު ހޮވޭނެއެވެ. އަދި މި މަޤާމަށް މީހަކު ހޮވޭނީ ކުރިމަތިލާފައިވާ ފަރާތްތަކާ އިންޓަވިއު ކުރުމާއެކު، ޤުރުއާނާ، ތަޖުޢީދުން ކުރެވޭ ސުވާލުތަކުން ފާސްވާ ފަރާތްތަކުގެ ތެރެއިން އެންމެ ގިނަ މާކްސް ލިބޭ އަދި މި މަޤާމަށް އެންމެ ޤާބިލްކަމަށް އިންޓަވިއު ޕެނަލާއި، ކައުންސިލް އިދާރާގެ އެޗް.އާރު.ޑީ ކޮމެޓީއަށް ފެނިވަޑައިގަންނަވާ ފަރާތަކަށް މި މަޤާމް ހަމަޖައްސައިދެވޭނެއެވެ.

  - ގުޅޭ ވަޒީފާގެ ދާއިރާތައް : ތަޖުވީދުގެ މަގުން ޤްރުއާން ކިޔަވަން އެގުމާއެކު ، އިމާމުވެ             ނަމާދުކުރަން  އެގުމާއެކު، ކަށިކަމާކެމީގެ ދާއިރާ  

 ހުށަހަޅަންޖެހޭ ލިޔުންތައް:

  

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު ( މި ފޯމު މި އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

   (ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ   ތަޢުލީމުދޭ  ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ   ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް   ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

 (ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި   ޓްރާންސްކްރިޕްޓްގެ  ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

 (ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ   ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި   ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ   އަދާކޮށްފައިވީ  ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް   ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި   ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ   އަދާކޮށްފައިވީ  ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ،   ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް   (އެއް   އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި   މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ،   އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ   މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން   ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން   ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން   ދޫކޮށްފައިވާ  ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

 (ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ   އަމިއްލަ  އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ   ޖަމާއަތެއްގައި   މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި   ދުވަސް   އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ   އަދާކޮށްފައިވީ   ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ،   ރެކްރޫޓްމަންޓް އުޞޫލުގެ   ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

 ވަޒީފާއަށް އެންމެ ޤާބިލު   ފަރާތެއް ހޮވުމަށް ބެލޭނެ   ކަންތައްތައް:

 އަސާސީ ޝަރުޠު ހަމަވުން

30

 އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

 އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

 އެސެސްމަންޓް ( އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް )

25

 އިންޓަރވިއު

35

 

 

 

 

 - މަގާމަށް އައްޔަންކުރެވޭނީ ، ވަޒީފާއަށް އެދިފައިވާ ފަރާތައް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ޖުމްލަ 60 އިން   ފެށިގެން މަތީން ޕޮއިންޓު ލިބިފައިވާ ނަމައެވެ.

 - މި މަގާމަށް ކުރިމަތިލައްވާ ފަރާތްތަކަށް އިންޓަވިއުގެ މަރުހަލާގައި ޕްރެކްޓިކަލް މަސައްކަތެއް ދެވޭނެއެވެ.

 މަޤާމަށް އެދެންވީގޮތާއި   ސުންގަޑި:

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 18 ނޮވެމްބަރ 2021 ވަނަ ދުވަހުގެ ގެ 14:00 ގެ ކުރިން، މި   އިދާރާ  ( އއ. ރަސްދޫ ކައުންސިލްގެ އިދާރާ) އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މި އީ-މެއިލް

 ( [email protected] ) މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ   ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

 ޝޯޓްލިސްޓުކުރުން:

 

 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް   ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 

 އިންޓަރވިއު(އިމްތިޙާނާއިޕްރެޒެންޓޭ   ޝަން އޮންނަ ނަމަ، އެ ބައި   ވެސް  ހިމެނުން) އޮންނާނެ   ތަނާއި، މުއްދަތު:

   މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު  އާއި، އިމްތިޚާން އޮންނާނީ ، 18 ނޮވެމްބަރ 2021 އާއި       09 ޑިސެމްބަރ 2021 އާ ދެމެދު އއ. ރަސްދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމު ގައެވެ.

 

 "ވަޒީފާއަށް ކުރިމަތިލީ   ފަރާތްތަކަށް  ޕޮއިންޓު ލިބުނު   ގޮތުގެ ޝީޓް (A2 ޝީޓު)"   އާންމުކުރުން

 އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި " ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު   ލިބުނު  ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގެ ނޯޓިސް ބޯޑު އަދި އިދާރާގެ   ވެބްސައިޓްގައި، އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް   އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި   އިދާރާއަށް ހުށަހަޅަންވާނެއެވެ.

 މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި އިދާރާގެ 6660714 އަށެވެ. އީ-މެއިލް ކުރާނީ [email protected]    އަށެވެ. 

04 ރަބީޢުލް އާޚިރު 1443

09  ނޮވެމްބަރު 2021

09 ނޮވެންބަރު 2021