މަސައްކަތް
ނަންބަރު: (IUL)LHAH-AH/LHAH/2020/42
ޕަބްލިޝްކުރި ތާރީޚް: 08 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:04
ސުންގަޑި: 21 ނޮވެންބަރު 2021 13:00
ޅ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ޅ. އަތޮޅުގެ ރަށްރަށުގެ ޞިއްޙީމަރުކަޒުތަކުގައި އީގަވަރމަންޓް ނެޓްވޯކް ކޭބަލް ( އޮޕްޓިކް ފައިބަރ ކޭބަލް ކަނެކްޝަން ) ގުޅާދޭނެ ފަރާތެއް ހޯދުން

         ޅ. އަތޮޅުގެ ރަށްރަށުގެ ޞިއްޙީމަރުކަޒުތަކުގައި އީ ގަވަރމަންޓް ކޭބަލް ނެޓްވޯކް ( އޮޕްޓިކް ފައިބަރ ކޭބަލް ކަނެކްޝަން ) މިހޮސްޕިޓަލުން ދޭ މަޢްލޫމާތާއި އެއްގޮތަށް ގުޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.   

            ވީމާ މިމަސައްކަތަށް  ޝަވްޤުވެރިވާ  ފަރާތްތަކުން 8 ނޮވެމްބަރ 2021 ވާ ހޯމަ ދުވަހުން ފެށިގެން 15 ނޮވެމްބަރ 2021 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން ރެޖިސްޓަރީ ކުރުމަށްޓަކައި ، މިއިޢުލާނާއިއެކު ގެޒެޓްކުރެވިފައިވާ ރަޖިސްޓަރީ ފޯމް ފުރިހަމަކުރައްވާ މިހޮސްޕިޓަލްގެ މެއިލް [email protected] އަށް ، އީ މެއިލް ކުރެއްވުން އެދެމެވެ.

            މި އިޢުލާނާއި ގުޅޭ މައްލޫމާތު ކަރުދާސް ރަޖިސްޓްރޭޝަން ފޯމް އަދި ބިޑް ޑޮކިޔުމަންޓްސް  އެޓޭޗްމަންޓްގައި ގެޒެޓްގައި ޝާއިޢުކުރެވިފައިވާނެއެވެ.

            މި އިޢުލާނާއި ގުޅޭ އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 21 ނޮވެމްބަރ 2021 ވާ ހޮނިހިރު ދުވަހުގެ 13:00 ގައި ޅ. އަތޮޅު ހޮސްޕިޓަލްގައެވެ.
            މި އިޢުލާނާއި ގުޅޭގޮތުން އެއްވެސް މަޢްލޫމާތެއް ސާފްކުރެއްވުމަށް ބޭނުންފުޅުވާނަމަ 17 ނޮވެމްބަރ 2021 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން [email protected]  އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި ރަޖިސްޓަރީ ކުރުމަށްއެދި ހުށަހަޅުއްވާފައި ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ މަޢްލޫމާތަށްޓަކައި ދަންނަވަމެވެ. އިތުރު މަޢްލޫމާތު ސާފްކުރެއްވުމަށް ރަސްމީގަޑީގައި 6620151 އަށް ގުޅުއްވުން އެދެމެވެ. 

08 ނޮވެންބަރު 2021