ދެންނެވުން
ނަންބަރު: (IUL)32-HRD/1/2021/34
ޕަބްލިޝްކުރި ތާރީޚް: 08 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 11:30
ސުންގަޑި: 13 ނޮވެންބަރު 2021 14:00
އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އައި.ސީ.ސީ.ޕީ.އާރު. ގެ ދަށުން ދިވެހިރާއްޖެއިން ހުށަހަޅަންޖެހޭ ދެވަނަ ޕީރިއަޮޑިކް ރިޕޯޓާ ގުޅޭގޮތުން ޖަމްޢިއްޔާ ޖަމާޢަތްތަކާއެކު ބޭއްވޭ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

 

 

އައި.ސީ.ސީ.ޕީ.އާރު. ގެ ދަށުން ދިވެހިރާއްޖެއިން ހުށަހަޅަންޖެހޭ ދެވަނަ ޕީރިއަޮޑިކް ރިޕޯޓާ ގުޅޭގޮތުން ޖަމްޢިއްޔާ ޖަމާޢަތްތަކާއެކު ބޭއްވޭ މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލުން

 

ދިވެހިރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާއެއް ކަމުގައިވާ، އިންޓަރނޭޝަނަލް ކަވަނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސްގެ ދަށުން ދިވެހިރާއްޖެއިން ހުށަހަޅަންޖެހޭ ދެވަނަ ޕީރިއޮޑިކް ރިޕޯޓުގައި ހިމަނާފައިވާ މަޢުލޫމާތުތަކާ ގުޅޭގޮތުންނާއި، އެ މުޢާހަދާގައި ބަޔާންކުރާ ޙައްޤުތައް ދިވެހިރާއްޖޭގައި ލިބިދެވޭގޮތާ ގުޅޭގޮތުން، މި ދާއިރާގައި މަސައްކަތްކުރާ ޖަމްޢިއްޔާ ޖަމާޢަތްތަކާ މަޝްވަރާކުރުމަށް މި އޮފީހުން ބޭނުންވެއެވެ.  މި މަޝްވަރާ ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ، 17 ނޮވެންބަރު 2021 ވާ ބުދަ ދުވަހުގެ 1300 ގައި، އެޓަރނީ ޖެނެރަލްގެ އޮފީހުގައެވެ. ވީމާ، މި މަޝްވަރާ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ޖަމްޢިއްޔާ ޖަމާޢަތްތަކުން، ތިރީގައިވާ ލިންކު މެދުވެރިކޮށް، 13 ނޮވެންބަރު 2021 ގެ ކުރިން ރަޖިސްޓްރޭޝަން ފުރިހަމަކުރެއްވުމަށް ދަންނަވަމެވެ. މި މަޝްވަރާގައި ބައިވެރިވެވަޑައިގެންނެވުމަށް ރަޖިސްޓަރކުރައްވާ ފަރާތްތަކަށް ރިޕޯޓުގެ ފުރަތަމަ ދެލިކޮޕީއާއި އިތުރު މަޢުލޫމާތު ފަހުގެ ތާރީޚެއްގައި ޙިއްސާކުރެވޭނެއެވެ.

ރަޖިސްޓަރކުރެއްވުމަށް: https://bit.ly/3bLwut5

ރަޖިސްޓަރކުރުމުގެ އެންމެ ފަހުގެ ތާރީޚު: 13 ނޮވެންބަރު 2021

 

03 ރަބީޢުލްއާޚިރު 1443

 

08 ނޮވެންބަރު 2021