ޢާންމު މަޢުލޫމާތު
ނަންބަރު: (IUL) H-12SM/2021/04
ޕަބްލިޝްކުރި ތާރީޚް: 08 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 11:01
ސުންގަޑި: 25 ނޮވެންބަރު 2021 13:30
މާފުށީ ހޮސްޕިޓަލް
ދިވެހިރާއްޖެ
ކ.މާފުށި ޞިއްޙިމަރުކަޒަށް ފައިބަރ ނެޓްވޯރކް ކޭބަލް އެޅުމަށް ކޯރުކޮނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

މި މަރުކަޒުގެ އިޢުލާނު ނަންބަރު (IUL)H-12SM/2021/03 (11.10.2021) އަށް އެއްވެސް ފަރާތަކުން އަންދާސީ ހިސާބު  ހުށަހަޅާފައި ނުވާތީ އަލުން އިޢުލާނުކުރަމެވެ.

މާލެއަތޮޅު މާފުށި ކައުންސިލްގެ އިދާރާއިން ކ.މާފުށި ޞިއްޙީމަރުކަޒަށް ކޭބަލެއް އެޅުމަށްޓަކައި ކޯރުކޮނެދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

މި މަސައްކަތާއި ގުޅޭގޮތުން މަޢުލޫމާތުސާފުކުރުމުގެ ބައްދަލުވުން އޮންނަނީ 2021 ނޮވެމްބަރު 18 ވާ ބުރާސްފަތި ދުވަހުގެ 13:30ގައި މާފުށި ޞިއްޙީމަރުކަޒުގައެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނެވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2021 ނޮވެމްބަރ 25 ވާ ބުރާސްފަތި ދުވަހު 13:30ގައި  މާފުށި ޞިއްޙިމަރުކަޒުގައެވެ.

އަންދާސީ ހިސާބު ހުށަހަޅުއްވާއިރު ބަދަލުގައި އެހެން ފަރާތެއް ފޮނުއްވާނަމަ، އެކަން ބަޔާންކޮށް ސިޓީ ހުށަހަޅަންވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

08 ނޮވެންބަރު 2021