ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)266-D/266/2021/120
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 10:16
ސުންގަޑި: 25 ނޮވެންބަރު 2021 14:00
ކުޅުދުއްފުށީ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކުޅުދުއްފުށީ ގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރު އަދާހަމަކުރުން

ކުޅުދުއްފުށީ ގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރު އަދާހަމަކުރުން

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ކުޅުދުއްފުށި ސިޓީގައި ދިރިއުޅުއްވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރު އަދާހަމަކުރުމުގެ ގޮތުން މި އިދާރާގެ ނަމްބަރ: (IUL)266-D/266/2021/112 (10 އޮކްޓޯބަރ 2021) އިޢުލާން އިން ހުޅުވާލި ފުރުސަތުގައި ރަޖިސްޓްރީ ނުވެވިފައިވާ ފަރާތްތަކަށް އިތުރު ފުރުސަތު ހުޅުވާލަމެވެ.

ވީމާ، ތިރީގައިވާ ލިންކް މެދުވެރިކޮށް 25 ނޮވެމްބަރ 2021 ވަނަ ދުވަހުގެ 14:00 ގެ ކުރިން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ނުވަތަ 23  ނޮވެމްބަރ 2021 ން 25 ނޮވެމްބަރ 2021 ވަނަ ދުވަހު 13:00 ން 14:00 އާދެމެދު ސިޓީ ކައުންސިލް އިދާރާއަށް ވަޑައިގެން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

ރަޖިސްޓްރީ ކުރެއްވުމަށް ބޭނުންވާނޭ ލިޔުންތައް

  • ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތުގެ ބެލެނިވެރިޔާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ނުކުޅެދުންތެރިކަމާބެހޭގޮތުން ލިބިފައިވާ ޑޮކްޓަރީލިޔުން ނުވަތަ ނުކުޅެދުންތެރިކަމާބެހޭ ދާއިރާގެ ޚިދްމަތްތެރިއެއްގެ ލިޔުމެއް
  • ފޯމް ގެ ލިންކް

https://forms.gle/By85xxybiiUeYbMz8

04 ނޮވެންބަރު 2021