މަސައްކަތް
ނަންބަރު: (IUL)IM/1/2021/54
ޕަބްލިޝްކުރި ތާރީޚް: 08 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 08:52
ސުންގަޑި: 14 ނޮވެންބަރު 2021 13:00
ޢިމާދުއްދީން ސްކޫލް
ދިވެހިރާއްޖެ
12 އޭސީ ގަތުމަށާއި ހަރުކޮށްދޭނެ ފަރާތެއް ހޯދުމަށް.

  1. މިސްކޫލްގެ 5 ކުލާސް ރޫމްގައި ( ކޮންމެ ކުލާސް ރޫމެއްގައި 18000 ބީޓީޔޫގެ 2 އޭސީ، އިންވާޓަރ ) އަދި ފިޒިކްސް ލެބްގައި (18000 ބީޓީޔޫގެ 2 އޭސީ، އިންވާޓަރ ) ޖުމްލަ 12 އޭސީ ގަތުމަށާއި ހަރުކުރުމަށް ބޭނުންވެއެވެ. މި 12 އޭސީއަކީ ބްރޭންޑް ނިއު އޭސީއަށް ވާންވާނެއެވެ.  
  2. މި ޕްރޮޖެކްޓަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ ގިންތިއަކުން ގިންތިއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ ދިވެހި ވިޔަފާރިތަކަށެވެ. މިބީލަމަށް ކުރިމަތިލާ ފާރަތްތަކުގައި ހުންނަންޖެހޭ އިތުރު ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
  3. ބީލަން ރަޖިސްޓްރީކުރުން އޮންނާނީ 10 ނޮވެމްބަރ 2021 ވާ ބުދަދުވަހުގެ 11.00 ގައި އިމާދުއްދީން ސްކޫލްގައެވެ.  އޭސީ ހަރުކުރުމަށް ހަމަޖެހިފައިވާ ކުލާސްރޫމްތަކާއި ފިޒިކްސް ލެބް ބެއްލެވުމަށް ބޭނުންވާ ފަރާތްތަކަށް މިގަޑީގައި އެތަންތަން ބައްލަވާލެއްވުމުގެ އިންތިޒާމްވަނީ ހަމަޖެހިފައެވެ.
  4. ބީލަން ހުށައެޅުމުގެ ފުރުޞަތުދެވޭނީ މަތީދެންނެވިފައިވާ ގަޑިއަށް ސްކޫލަށްއައިސް ބިޑް ރަޖިސްޓްރީކުރާ ފަރާތްތަކަށް އެކަންޏެވެ.
  5. ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 2021  ނޮވެމްބަރ 14 ވާ އާދީއްތަ ދުވަހުގެ 13.00 ގައި ޢިމާދުއްދީން ސުކޫލުގައެވެ.
  6. މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2021  ނޮވެމްބަރ 10 ވާ ބުދަ ދުވަހުގެ 18.00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް އީމެއިލް މެދުވެރިކޮށް ފޮނުއްވުން އެދެމެވެ.
  7. އޭސީ ހަރުކުރަންޖެހޭ 5 ކުލާސްރޫމަކީ ގްރައުންޑްގައިވާ 5 ކުލާސްރޫމެވެ. އަދި މީގެތެރެއިން 1 ކުލާހުގައިވަނީ އޭސީ ހަރުކުރެވޭގޮތަށް ކަރަންޓް ވައިރިންއެޅިފައެވެ. ބާކީ ހަތަރު ކުލާސްރޫމްގައި ވައިރިންގ އެޅުމުގެ މަސައްކަތް ކުރަންވާނީ އޭސީ ހަރުކުރުމާ ހަވާލުވާ ފަރާތުންނެވެ.
  8. ފިޒިކްސް ލެބްގައި މިހާރު ހަރުކުރެވިފައިވާ 2 އޭސީ ނެއްޓުމުގެ މަސައްކަތް ކުރިއަށްގެންދަންވާނީ މަސައްކަތާ ހަވާލުވާ ފަރާތުންނެވެ. ފިޒިކްސް ލެބް ހުންނާނީ ތިންވަނަ ފްލޯރގައެވެ.
  9. މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

  10. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޢިމާދުއްދީން ސްކޫލް

ރެހެންދި ހިނގުން،  މާލެ، ދިވެހިރާއްޖެ

ފޯން: , 33157633315759

އީ-މެއިލް: [email protected]

08 ނޮވެންބަރު 2021