މަސައްކަތް
ނަންބަރު: (IUL)KRH-PLD/2021/84
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 15:21
ސުންގަޑި: 17 ނޮވެންބަރު 2021 13:00
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
މަކުނުދޫ ސިއްހީމަރުކަޒުގައި އޮފީސް ރޫމެއް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަންބޭނުންވެއްޖެ

އިޢުލާން

ހދ މަކުނުދޫ ސިއްހީމަރުކަޒުގައި އޮފީސް ރޫމެއް އިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނޭ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން ގެޒެޓް ކުރެވިފައިވާ ރެޖިސްޓްރޭޝަން ޝީޓް ފުރުއްވުމަށް ފަހު 04 ނޮވެންބަރު 2021 ވާ ބުރާސްފަތި ދުވަހުން ފެށިގެން 17 ނޮވެންބަރު 2021 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ. މި އިއުލާނާ ގުޅޭ މައުލޫމާތު ކަރުދާހުގެ ސޮފްޓް ކޮޕީ ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވައި ދެވޭނެއެވެ. މައުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ މި ހޮސްޕިޓަލު މީޓިންގ ރޫމް އަދި މަކުނުދޫ ހެލްތު ސެންޓަރު ގައެވެ.

  • މައުލޫމާތު ސާފުކުރުން

18 ނޮވެންބަރު 2021 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި

  • އަންދާސީ ހިސާބު ހުށަހެޅުން

24 ނޮވެންބަރު 2021 ވާ ބުދަ ދުވަހުގެ 10:30 ގައި

 ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަ ވެސް މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

04 ނޮވެންބަރު 2021