ދިވެހިރާއްޖެ
1 ވަނަ އިޢުލާން
މި މިނިސްޓްރީގެ ދަށުން ހިންގަމުންދާ ކ.މަނިޔަފުށީ މެރިކަލްޗަރ ރިސަރޗް އެންޑް ޑިވެލޮޕްމަންޓް ފެސިލިޓީގެ ކޮޓަރި ތަކުގެ ދޮރުފޮތި ފޯރުކޮށް، ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. މި މަސައްކަތަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވި ފައިވަނީ ހަމައެކަނި ކުދި އަދި މެދު ފަންތީގެ ވިޔަފާރި (އެސް.އެމް.އީ) ތަކަށެވެ.
ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން ތިރީގައިވާ ތާވަލާއި އެއްގޮތަށް ވަޑައިގެން މަޢުލޫމާތު ސާފުކުރައްވަވާ އަންދާސީ ހިސާބު ހުށަހެޅުން އެދެމެވެ.
|
ތާރީޚް އަދި ގަޑި |
ތަން |
މަޢުލޫމާތު ސާފުކުރުން / ސައިޓް ވިޒިޓް |
09 ނޮވެމްބަރ 2021 ވާ އަންގާރަ ދުވަހު 10:00 އަށް |
އިންޑަސްޓްރިއަލް ވިލެޖް ޖެޓީ ސަރަހައްދު |
އަންދާސީ ހިސާބު ހުށަހެޅުން |
15 ނޮވެމްބަރ 2021 ވާ ހޯމަ ދުވަހުގެ 11:00 އަށް |
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސް އެންޑް އެގްރިކަލްޗަރ (ވެލާނާގެ 7 ވަނަ ފަންގިފިލާ) |
ސައިޓް ވިޒިޓްއަށް ވަޑައިގަންނަވާ ބޭފުޅުން ރިސީވްކުރުމަށް، އިންޑަސްޓްރިއަލް ވިލެޖް ޖެޓީ ސަރަހައްދުގައި (މޭރީ ބްރައުން ކުރިމަތީ) މިނިސްޓްރީގެ މުވައްޒަފެއް ހަމަޖެއްސިފައި ހުންނާނެ ވާހަކަދެންނެވީމެވެ.
ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 7 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.
މި ކަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް އިއުލާނާއިއެކު އެޓޭޗްކުރެވިފައިވާނެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3028700 އަދި 3339282 ނަންބަރު ފޯނަށެވެ.