ދެންނެވުން
ނަންބަރު: (IUL)395-02/395/2021/79
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:52
ސުންގަޑި: 28 ނޮވެންބަރު 2021 14:00
ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލަށް ކެނޑި މަގުތަކާއި، ސަހަރާ ބިމާއިގުޅޭ

މިދަންނަވާ ސަރަޙައްދުތަކުގައި ބައެއް ފަރާތްތަކުން ކެޔޮނިރު، ރުއް، ގަސް އިންދަމުން ގެންދާކަމުގެ މަޢުލޫމާތު މި އިދާރާއަށް ދަނީ ލިބެމުންނެވެ. މި ސަރަޙައްދުތަކަކީ، މި ކައުންސިލުން ސާފުކޮށް، އަދި ކުރިޔަށް އޮތްތަނުގައި އެސަރަޙައްދު ބޭނުންކުރާނެގޮތުގެ ޕްލޭން ހަދަމުން ގެންދާ ސަރަޙައްދުތަކެވެ.

  1. އަލަށް ހަދާ ސަހަރާ ބިމުގެ އުތުރުން ސާފުކޮށްފައިވާ ހުސްބިން.
  2. ރަށުގެ އަވަށް ބޭރުން، ރަށްދިގަށް ވާގޮތަށް ކެނޑި މަގުގެ އިރުމަތީ ފަރާތް.

 

            ވީމާ، އެ ސަރަޙައްދުތަކުގައި ކެޔޮނިރު، ރުއް، ގަސް، މި ސަރަޙައްދު ސާފުކުރުމުގެ މަސައްކަތް ކުރިފަހުން އިންދާފައިވާ ފަރާތްތަކުން މިއަދުން ފެށިގެން 14 ދުވަސްތެރޭގައި އެތަކެތި ނެގުން އެދެމެވެ. އަދި މި މުއްދަތުގައި އެތަކެތި ނަގައިގެން ނުގެންގޮސްފިނަމަ ކައުންސިލްއިން އެތަކެތި ނައްތާލާނެ ވާހަކަ އެންމެހައި ރައްޔިތުންގެ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.

04 ނޮވެންބަރު 2021