މަސައްކަތް
ނަންބަރު: (IUL)335-AS/335/2021/118
ޕަބްލިޝްކުރި ތާރީޚް: 03 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 12:47
ސުންގަޑި: 16 ނޮވެންބަރު 2021 13:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ކައުންސިލްގެ ނަފާ ދޯނި މަރާމާތުގެ އެންމެހައި މަސައްކަތްތަކާއި ގުޅޭ

އިޢުލާން

ކައުންސިލްގެ ނަފާ ދޯނި މަރާމާތުގެ އެންމެހައި މަސައްކަތްތަކާއި ގުޅޭ

މި އިދާރާއިން ކުރެވުނު ނަންބަރު(IUL)335/335/2021/106   17 ސެޕްޓެމްބަރ 2021 އިޢުލާނާއި ގުޅިގެން އެންމެ ފަރާތަކުން ބިޑްހުށަހަޅާފައިވާތީ އެ އިޢުލާން ބާތިލް ކޮށް އަލުން އެމަސައްކަތަށް ފުރުސަތު ހުޅުވާލަމެވެ.

          ނަފާ ދޯނި މަރާމާތުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ބޭއްނުންވެއްޖެ އެވެ.

މި ބިޑްގައި ބައިވެރިވާން އެދޭފަރާތްތަކުން 16 ނޮވެމްބަރ 2021 ވާ  އަންގާރަ ދުވަހުގެ 13:00 މި ކައުންސިލަށް ދުރުވެ ނުވަތަ މި އިޢުލާނާއި އެކު ހިމެނިފައިވާ ގޫގަލް ފޯމް ލިންކުން ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

މި މަސައްކަތުގައި ބައިވެރިވެވޭނީ ހަމައެކަނި ބިޑްހުށަހެޅުމަށް ރަޖިސްޓްރީކުރި ފަރާތްތަކުންނެވެ.

ރަޖިސްޓްރީ ލިންކް: https://forms.gle/ecv2FGUSRzNFMWN6A

ވީމާ، މި މަސައްކަތް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 17 ނޮވެމްބަރ 2021 ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

         އަންދާސީ ހިސާބާއި ގުޅޭ އިތުރު މައުލޫމާތުކައުންސިލްގެ އީމެއިލް [email protected] ނާއި ގެޒެޓުގައި މި އިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާކަންވެސް މި ފުރުޞަތުގައި ދަންނަވަމެވެ. މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

         މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 ނޮވެންބަރު 2021