މަސައްކަތް
ނަންބަރު: (IUL)335-AS/335/2020/116
ޕަބްލިޝްކުރި ތާރީޚް: 04 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 12:28
ސުންގަޑި: 15 ނޮވެންބަރު 2021 13:00
މާލެއަތޮޅު ހިންމަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުލް އިނާރާ ފޮޅާ ސާފުކުރުމާގުޅޭ

އިޢުލާން

މަސްޖިދުލް އިނާރާ ފޮޅާ ސާފުކުރުމާއި ގުޅޭ

މި އިދާރާއިން ކުރެވުނު ނަންބަރު(IUL)335/335/2021/99    29 ސެޕްޓެމްބަރ 2021 އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަގުބޮޑުވުމުން އެ އިޢުލާން ބާތިލް ކޮށް އަލުން އެމަސައްކަތަށް ފުރުސަތު ހުޅުވާލަމެވެ.

         މަސްޖިދުލް އިނާރާ ފޮޅާސާފްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ބޭއްނުންވެއްޖެ އެވެ.

މި ބިޑްގައި ބައިވެރިވާން އެދޭފަރާތްތަކުން 15 ނޮވެމްބަރ 2021 ވާ  ހޯމަ ދުވަހުގެ 13:00 މި ކައުންސިލަށް ދުރުވެ ނުވަތަ މި އިޢުލާނާއި އެކު ހިމެނިފައިވާ ގޫގަލް ފޯމް ލިންކުން ރަޖިސްޓްރީވުމަށް ދަންނަވަމެވެ.

މި މަސައްކަތުގައި ބައިވެރިވެވޭނީ ހަމައެކަނި ބިޑްހުށަހެޅުމަށް ރަޖިސްޓްރީކުރި ފަރާތްތަކުންނެވެ.

ރަޖިސްޓްރީ ލިންކް: https://forms.gle/ecv2FGUSRzNFMWN6A

        ވީމާ، މި މަސައްކަތް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 16 ނޮވެމްބަރ 2021 އަންގާރަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

        އަންދާސީ ހިސާބާއި ގުޅޭ އިތުރު މައުލޫމާތުކައުންސިލްގެ އީމެއިލް [email protected] ނާއި ގެޒެޓުގައި މި އިއުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާކަންވެސް މި ފުރުޞަތުގައި ދަންނަވަމެވެ. މިމަސައްކަތަށް ކުރިމަތިލެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. އަންދާސީ ހިސާބު ހުށަހެޅުވުމަށް، ވިޔަފާރީގެ ވެރިފަރާތުގެ ބަދަލުގައި ވަޑައިގަންނަވާ ބޭފުޅެއްނަމަ، ވެރިފަރާތުގެ ސިޓީއެއް ގެންނެވުން އެދެމެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ.

        މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

04 ނޮވެންބަރު 2021