ދިވެހިރާއްޖެ
"ރިވިލި" ނޫސް މަޖައްލާ ޗާޕުކޮށްދޭނެ ފަރާތެއް ހޯދުން
މި އޮތޯރިޓީއިން ޝާއިޢުކޮށްފައިވާ "ރިވިލި" މަޖައްލާގެ ވޮލިއުމް 3، 4، 5 އަދި 6 ޗާޕުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.
ވީމާ، މި ޚިދުމަތް ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ މައުލޫމާތުގެ މައްޗަށް ބިނާކޮށް ޕްރޮޕޯސަލް/އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
Specification for magazine printing:
- Double sided color print (in colors specified on all pages)
- Paper thickness: 120 gsm gloss paper (both cover pages and inside pages)
- Size: A4 size booklet
- Orientation: Portrait
- Finishing: Staple bind
- No. of pages and quantity (see below table)
|
Volume 3 |
Volume 4 |
Volume 5 |
Volume 6 |
No. of Pages |
12 pages |
12 pages |
14 pages |
19 Pages |
Quantity |
300 copies |
300 copies |
300 copies |
1100 copies |
ޕްރޮޕޯސަލް/އަންދާސީ ހިސާބުގައި ހިމަނަންވީ ބައިތައް:
ހުށަހަޅާ ޕްރޮޕޯސަލްތައް އޮތޯރިޓީން ބަލައިގަންނާނީ ތިރީގައިވާ ލިޔެކިޔުންތަކާއި މަޢުލޫމާތު ފުރިހަމަވާނަމަ އެވެ.
- އަމިއްލަ ފަރާތެއްނަމަ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
- ވިޔަފާރި/ކުންފުންޏެއް ނަމަ ރަޖިސްޓްރޭޝަން ސެޓްފިކެޓް، ބީ.ޕީ.ޓީ ނުވަތަ ޖީ.އެސް.ޓީ. ސެޓްފިކެޓްގެ ކޮޕީ.
- ޖީ.އެސް.ޓީ. ދައްކަންޖެހޭ ފަރާތެއް ނަމަ ޓެކްސް ކްލިއަރެންސް ފޯމު
- ވިޔަފާރި/ކުންފުންޏެއް ނަމަ ކުދި އަދި މެދު ފަންތީގެ ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ކަމުގެ ސެޓްފިކެޓް (އެސް.އެމް.އީ ރަޖިސްޓްރީ) ގެ ކޮޕީ.
- މަސައްކަތުގެ އަގު ތަފްޞީލްކޮށް އެނގޭނެހެން ހިމަނަނަންވާނެ. މި ކޮންމެ ވޮލިއުމްއެއް ޗާޕުކޮށްދެވޭނެ އަގު ވަކިން ހިމަނަންވާނެއެވެ.
- މީގެ ކުރިން ކޮށްފައިވާ މަސައްކަތްތަކުގެ ޕްރޮފައިލް/ޕޯޓްފޯލިއޯ/ލިސްޓް
- މީގެ ކުރިން މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ އެކަމުގެ ތަފްޞީލް އެގޭނެ ލިޔުން ތައް.
މި ބިޑް އެވޯޑްކުރުމުގައި ޕޮއިންޓު ދޭނެ މިންގަނޑު:
- އަގު: 45%
މި ބަޔަށް މާކްސްދެވޭނީ ހުށަހަޅާފައިވާ އެންމެ ކުޑަ އަގުން ހުށަހަޅާ އަގު ގެއްލައިގެންނެވެ.
- މުއްދަތު: 20%
މި ބަޔަށް މާކްސްދެވޭނީ ހުށަހަޅާފައިވާ އެންމެ ކުޑަ މުއްދަތުން ހުށަހަޅާ ހުށަހަޅާ މުއްދަތު ގެއްލައިގެންނެވެ.
- މަސައްކަތުގެ ތަޖުރިބާ: 35%
މި ބަޔަށް މާކްސް ދެވޭނީ މީގެ ކުރިން ކޮށްފައިވާ މިފަދަ މަސައްކަތްތަކުގެ ތަފްޞީލް އެނގޭނެ ފަދަ ލިޔުންތައް ހުށަހަޅާފައިވާނަމަ ނުވަތަ ކުރިން ކޮށްފައިވާ މިފަދަ މަސައްކަތްތަކުގެ ސާމްޕަލް އަންދާސީ ހިސާބާއެކު ހުށަހަޅާފައިވާނަމަ. (ސާމްޕަލް ހުށަހަޅާ އިރު އެ މަސައްކަތަކީ އަންދާސީ ހިސާބު ހުށަހަޅާ ފަރާތުން ކޮށްފައިވާ މަސައްކަތެއްކަން ކަށަވަރު ކުރެވޭ ފަދަ ގޮތަކަށް ހުށަހެޅުން). މިގޮތުން މާކްސް ދިނުމުގައި ބަލާނީ ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ޗާޕުކުރުމުގެ މަސައްކަތް ފޯރުކޮށްދީފައިވާކަން އެގޭނެ ގޮތަށް އެ ހިދުމަތް ލިބިގެންފައިވާ ދޫކޮށްފައިވާ ރިފަރެންސް ސިޓީތަކަށް ނުވަތަ ސާމްޕަލްތަކަށެވެ. މާކްސް ދިނުމުގައި ބަލާނީ ތިރީގައިވާ މިންގަނޑަށެވެ.
- 01 މަސައްކަތާ 05 މަސައްކަތާ ދެމެދު 10 ޕޮއިންޓް
- 06 މަސައްކަތާ 09 މަސައްކަތާ ދެމެދު 20 ޕޮއިންޓް
- 10 މަސައްކަތަށްވުރެ އިތުރު ނަމަ 35 ޕޮއިންޓް
ޕްރޮޕޯސަލް/އަންދާސީ ހިސާބު ހުށަހެޅުން:
މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ޕްރޮޕޯސަލް/އަންދާސީ ހިސާބު ހުށަހަޅަންވާނީ ބަންދުކޮށްފައިވާ ސިޓީއުރައެއްގައި، ތިރީގައިވާ ސުންގަޑިއަށް އޮތޯރިޓީއަށް ވަޑައިގެންނެވެ. ގަޑިއަށް ހާޒިވެ ވަޑައިނުގަންނަވާ ބޭފުޅުންގެ ޕްރޮޕޯސަލް/އަންދާސީ ހިސާބުބަލައިނުގަނެވޭނެއެވެ. ޕްރޮޕޯސަލް/އަންދާސީ ހިސާބު ހުށަހެޅުމަށްވަޑައިގަންނަވާ އެންމެހާ ބޭފުޅުންގެ ކުރިމަތީގައި ކަނޑައި، ހުށަހަޅާ އަގުތައް ހިއްސާކުރެވޭނެއެވެ.
އެޑްރެސް: ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ، ހ. މައިޒާންދޮށުގެ2ވަނަ ފަންގިފިލާ
ސުންގަޑި:18 ނޮވެމްބަރ 2021 ވަނަ ދުވަހުގެ 11:00
ކޮންފްލިކްޓް އޮފް އިންޓްރެސްޓް
ޕްރޮޕޯސަލް/އަންދާސީ ހިސާބު ހުށަހަޅާ ފަރާތާއި އޮތޯރިޓީގެ މުވައްޒަފަކާ ގުޅުމެއް (ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 1.02 ގެ (ހ) ގައި ބަޔާންކުރާ "ކްލޯސް ރިލޭޓިވް" ނުވަތަ "ކްލޯސް އެސޯސިއޭޓިވް" ކަމުގައި ބަޔާންކޮށްފައިވާފަދަ ގުޅުމެއް) އޮތްކަމުގައިވާނަމަ، އެކަމުގެ ސާފު މައުލޫމާތު އެގޭނެ ލިޔުމެއްގައި ސޮއިކޮށް ހުށަހަޅަންވާނެއެވެ.
އިތުރު މައުލޫމާތު:
- އިތުރު މައުލޫމާތު ބޭނުންފުޅުނަމަ މި އޮތޯރިޓީގެ [email protected] އަށް އީމެއިލް މެދުވެރިކޮށް 16 ނޮވެމްބަރ 2021 ގެ 15:00 ގެ ކުރިން ލިޔުއްވުން އެދެމެވެ.
- ރިވިލި ނޫސް މަޖައްލާގެ ބައްލަވާލަން ބޭނުންފުޅުވާނަމަ ތިރީގައިވާ ލިންކަށް ވަޑައިގަތުމުން ފެނިވަޑައިގަންނަވާނެއެވެ.
http://www.fpa.gov.mv/w/dh/rivili
29 ރަބީޢުލް އައްވަލް 1443
04 ނޮވެމްބަރ 2021