ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)113-HRD/1/2021/ 108
ޕަބްލިޝްކުރި ތާރީޚް: 02 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 20:58
ސުންގަޑި: 14 ނޮވެންބަރު 2021 15:30
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :ޕްރޮޖެކްޓް މެނޭޖަރ
ބޭނުންވާ އަދަދު :2

މުސާރަ އާއި އެހެނިހެން އިނާޔަތްތައް:

15,000. ރ –20,000ރ އާއި ދެމެދުގެ އަދަދެއް ލިބޭނެ.

މުއްދަތު:

 ކޮންޓްރެކްޓް

ޝަރުތު:

- ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާއިން ނުވަތަ މަސައްކަތާއި ގުޅުން ހުރި ދާއިރާއިން ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 07 ގެ ސަނަދެއް ހާސިލް ކޮއްފައިވުމާއި އެކު،

- ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާއިން މަދުވެގެން 5 އަހަރު ދުވަހުގެ ޕްރޮފެޝަނަލް މަސައްކަތު ތަޖުރިބާ ލިބިފައިވުމާއި އެކު ކޮންސްޓްރަކްޝަން މެނޭޖްމަންޓް ދާއިރާއިން ފީލްޑް ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- އެމް.ޕީ.އެލް އިން ހިންގާ ޕްރޮޖެކްޓްތަކުގެ، އޮޕަރޭޝަނަލް މެނޭޖްމަންޓް ރޯލް ލިޔެކިޔުންތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހިންގުން.

- ޕްރޮޖެކްޓްތަކާއި، ޕްރޮޖެކްޓް ޔުނިޓްގެ މަސައްކަތު ސެޝަންތަކާއި، ބައްދަލުވުންތައް އެކުލަވާލުމުގައި އިސްކޮށް މަސައްކަތްކޮށް އަދި ސެމިނަރތައް ބޭއްވުން.

-ޕްރޮޖެކްޓްގެ ހަރަކާތްތައް އެކަށީގެންވާ އަވަސް ގޮތެއްގައި ތަންފީޒުކުރެވޭކަން ކަށަވަރުކުރުމަށްޓަކައި ޕްރޮޖެކްޓް ސްޓޭކް ހޯލްޑަރުންނާއި ކޯޑިނޭޓަރުންނާއި މުޢާމަލާތުކުރުން.

- ޕްރޮޖެކްޓްތަކާއި، ޕްރޮޖެކްޓް ޔުނިޓްގެ ޑެއިލީ، ވީކްލީ، މަންތްލީ އަދި ކުއާޓާލީ ރިޕޯޓްތައް ތައްޔާރުކުރުން.

- ޕްރޮޖެކްޓް ރިސްކްތައް ދެނެގަނެ، އެ ރިސްކުތައް މެނޭޖްކޮށް މޮނިޓަރކޮށް، ކަމާބެހޭ އިދާރާތަކަށާއި އެމް.ޕީ.އެލް މެނޭޖްމަންޓަށް އައު ރިސްކް/އިޝޫތައް އަންގައި އަދި ރިސްކުތަށް މެނޭޖްކުރުން.

- ކޮންޓްރެކްޓަރ ހުށަހަޅާ ކޮންސްޓްރަކްޝަން އާއި ގުޅޭ ލިޔެކިޔުންތައް މުރާޖަޢާކޮށް، ޕްރޮޖެކްޓް ގެ މަސައްކަތް އޮމާންކަމާއި އެކު ނިންމުމަށް ބޭނުންވާ ލަފާ ދިނުން.

- މާލެ ސަރަޙައްދުގައި ހިންގޭ ޕްރޮޖެކްޓްތަކުގެ ސައިޓް ވިޒިޓްތައް ރާވައި، އެ ވިޒިޓްތަކުގައި ބައިވެރިވުން، އަދި ރިޕޯޓް ތައްޔާރުކުރުން.

- ރީޖަނަލް ޕޯޓްތަކުގައި، އަދި އޭގެ އިތުރުން މިކުންފުނީގެ ބެލުމުގެ ދަށުން، އެހެނިހެން ރައްރަށުގައި ހިންގޭ ޕްރޮޖެކްޓްތަކުގެ ސައިޓް ވިޒިޓްތައް ރާވައި، އެ ވިޒިޓްތަކުގައި ބައިވެރިވުން، އަދި ރިޕޯޓް ތައްޔާރުކުރުން.

މަސައްކަތްކުރަންޖެހޭ ވަގުތު:

ދުވާލަކު 08 ގަޑިއިރު

މަސައްކަތްކުރަންޖެހޭ ތަން:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ސުންގަޑި:

2021 ނޮވެމްބަރ 14 ވާ އާދީއްތަ ދުވަހުގެ 15:30ގެ ކުރިން.

އިންޓަރވިއު މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2021 ނޮވެމްބަރ 20 އާއި ނޮވެމްބަރ 30 އާއި  ދެމެދުގައެވެ.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

- މަޤާމަށް އެދިހުށަހަޅާ ފޯމް

- ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި  ކުންފުނީގެ ވެބްސައިޓް www.port.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ފޯރމް، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

02 ނޮވެންބަރު 2021