ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)113-HRD/1/2021/ 107
ޕަބްލިޝްކުރި ތާރީޚް: 02 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 20:58
ސުންގަޑި: 14 ނޮވެންބަރު 2021 15:30
މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

މަޤާމް :އެސިސްޓެންޓް އައިޓީ ޓެކްނީޝަން
ބޭނުންވާ އަދަދު :1

މުސާރަ:

މަހަކު -/4،500 ރުފިޔާ

އެހެނިހެން އިނާޔަތްތައް:

4،500ރ– 5،500ރ  އާއި ދެމެދުގެ އަދަދެއް ލިބޭނެ.

-އިތުރުގަޑީގައި އަދި ރަސްމީ ބަންދު ދުވަހެއްގައި މަސައްކަތް ކުރަންޖެހޭނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ޝަރުތު:

- އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުނީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 03 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާގައި 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން

ނުވަތަ

- ޖީ.ސީ.އީ އޯލެވެލް ދެ މާއްދާއިން "ސީ" ފާސް ލިބިފައިވުމާއެކު، އިންފޮމޭޝަން ޓެކްނޮލޮޖީ ދާއިރާގައި 02 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

- ނެޓްވާރކް އެޅުމާއި ނެޓްވާރކަށް ދިމާވާ މައްސަލަތައް ހައްލުކުރުމުގައި އެޙީތެރިކަން ފޯރުވައި ދިނުން.

- ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކަށް ބޭނުންވާ އައި.ޓީ ސަޕޯޓް ދިނުން.

- އައި.ޓީ ޑިޕާރޓްމަންޓްގައި ކުރާ އެހެނިހެން މަސައްކަތްތަކުގައި ބޭނުންވާ އެހީތެރިކަން ފޯރުވައި ދިނުން.

މަސައްކަތްކުރަންޖެހޭ ވަގުތު:

 ދަންފަޅި އުޞޫލުން (ދުވާލަކު 08 ގަޑިއިރު)

މަސައްކަތްކުރަންޖެހޭ ތަން:

 އިންފޮމޭޝަން ޓެކްނޮލޮޖީ / މޯލްޑިވްސް ޕޯޓްސް ލިމިޓެޑް

ސުންގަޑި:

2021  ނޮވެންބަރު 14 ވާ އާދީއްތަ ދުވަހުގެ 15:30ގެ ކުރިން.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:

- މަޤާމަށް އެދިހުށަހަޅާ ފޯމް

-ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (މުއްދަތު ހަމަނުވާ)

- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރާއި އެކު ވަޒީފާގައި އުޅުނުކަމުގެ ލިޔެކިޔުންތައް

އިންޓަރވިއު މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2021  ނޮވެންބަރު 20 އާއި 2021 ޑިސެންބަރު 20 އާއި ދެމެދުގައެވެ.

ހުށަހަޅަންޖެހޭ އޮފީސް:

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (ޕޯޓް ބިލްޑިންގ، ބޮޑުތަކުރުފާނު މަގު)

ވަޒީފާއަށް  އެދޭ  ފޯމް  މިކުންފުނީގެ ރިސެޕްޝަންގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.  އަދި މި  ކުންފުނީގެ ވެބްސައިޓް www.port.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު: 3329339 ފެކްސް: 3325293 އީމެއިލް: [email protected]

ނޯޓް: މި އިޢުލާނާ ގުޅިގެން މި މަޤާމަށް އެދި ހުށަހަޅާ ފަރާތްތަކު ގެ ތެރެއިން އިންޓަވިއުއަށް ކިޔޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. އަދި ބަޔާންކުރެވިފައިވާ މަޢުލޫމާތުތައް ފުރިހަމަނުވާ ސިޓީ، ފެކްސް އަދި އީމެއިލްތައް ބާޠިލްކުރެވޭނެ އެވެ.

02 ނޮވެންބަރު 2021