ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)471-CDS3/1/2021/213
ޕަބްލިޝްކުރި ތާރީޚް: 02 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:38
ސުންގަޑި: 15 ނޮވެންބަރު 2021 11:00
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ،ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ބޭނުންވާ 04 (ހަތަރެއް) ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައި ކޮއްދޭނޭ ފަރާތެއް ހޯދުމާއި ގުޅޭ

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ،ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއަށް ބޭނުންވާ 04 (ހަތަރެއް) ކޮމްޕިއުޓަރ ސިސްޓަމް ސަޕްލައި ކޮއްދޭނޭ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

ބީލަމާއި ގުޅޭ މަޢުލޫމާތު ސެޝަން 08 ނޮވެމްބަރ 2021 ވާ އަންގާރަ ދުވަހުގެ މެންދުރު 11:00 ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައި އޮންނާނެއެވެ. އަދި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 14 ނޮވެމްބަރ 2021ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެކުރިން[email protected]  އަށް އީމެއިލްކޮށްދެއްވުން އެދެމެވެ.

ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 15 ނޮވެމްބަރ 2021ވާ އަންގާރަ ދުވަހުގެހެނދުނު 11:00ގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގައެވެ.

މި ދުވަސްވަރަކީ ކޮވިޑް-19  ގެ ބަލިމަޑުކަން ބާރުމިނުގައި ފެތުރެމުންދާ ދުވަސްވަރެއްކަމުން ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތްތަކުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީއިން ދެއްވާފައިވާ އިރުޝާދާއި އެއްގޮތްވާ ގޮތަށް އަމަލު ކުރުމަށް ދައްނަވަމެވެ.

 

                           26 ރަބީޢޫލްއައްވަލް 1443 ހ.

                           02 ނޮވެމްބަރ    2021 މ.

02 ނޮވެންބަރު 2021