މަސައްކަތް
ނަންބަރު: (IUL)13-K/13/2021/326
ޕަބްލިޝްކުރި ތާރީޚް: 02 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:58
ސުންގަޑި: 23 ނޮވެންބަރު 2021 14:00
މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޕްލޭނިންގ
ދިވެހިރާއްޖެ
ޕަބްލިކް ހެލްތު ކެއަރ ޕައިލެޓް ޕްރޮޖެކްޓްގެ ދަށުން ޕްރައިމަރީ ހެލްތްކެއަރ ސަރވިސް ފޯރުކޮށްދޭ ފަރާތްތައް ތަމްރީނު ކޮށްދޭނެ ފަރާތެއް ހޯދުމުމުގެ މަސައްކަތް

 

ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

( ޕްރޮޖެކްޓް ނަންބަރު: TES/2021/C-009)

 

1. މިނިސްޓްރީ އޮފް ހެލްތުގެ އެދިލެއްވުމުގެ މަތިން ޕަބްލިކް ހެލްތު ކެއަރ ޕައިލެޓް ޕްރޮޖެކްޓްގެ ދަށުން ޕްރައިމަރީ ހެލްތްކެއަރ ސަރވިސް ފޯރުކޮށްދޭ ފަރާތްތައް ތަމްރީނު ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިސައްކަތަށް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" (އީ.އޯ.އައި) ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.

2. މި މަސައްކަތުގެ މަޤުސަދުތަކުގެ ތެރޭގައި ހިމެނެނީ:

ހ. މަސައްކަތުގެ ތެރޭގައި ހިމެނެނީ ރާއްޖޭގެ ރަށްތަކުގެ ޕްރައިމަރީ ހެލްތްކެއަރ ހަރުދަނާކޮށް ޕަބްލިކް ހެލްތް ސެކްޓަރގައި ހިމެނޭ ޑޮކްޓަރުން، ކޮމިއުނިޓީ ހެލްތް ވޯރކަރުން އަދި ނަރުހުންނަށް ދޭންޖެހޭ ތަމްރީނުތައް ދިނުމަށްޓަކައި ބޭނުންވާ އެސް.އޯޕީ އަދި ޕޮލިސީތައް ހެދުމާއި ދޭންޖެހޭ ތަމްރީނުތައް ދިނުމެވެ.

ށ. ޖެނެރަލް ޕްރެކްޓިޝަނަރސް ޕޯސްޓްގްރެޖުއޭޓް ޕްރޮގްރާމެއް (ތަޢުލީމާއި ތަމްރީނު ހިމެނޭ) ޕޯސްޓްގްރެޖުއޭޓް ޑޮކްޓަރުންނަށް ތަޢާރަފް ކުރުން. 

3. މަތީގައި ދެންނެވިފައިވާ މަސައްކަތައް ޝަޢުޤުވެރިވާ ފަރާތްތަކުން މަސައްކަތް ކުރުމުގެ ޤާބިލްކަން ސާބިތުކޮށްދޭ ލިޔެކިޔުން (ކުންފުނީގެ ފަންނީ ޤާބިލު ކަން، ދާއިރާއިން ކޮށްފައިވާ މަސައްކަތްތަކުގެ ތަފްސީލް މަސައްކަތްތަކުގެ އަގު އެނގޭނޭހެން، ކުންފުނީގެ މުވައްޒަފުންގެ މިފަދަ މަސައްކަތްތަކުގެ ހުނަރާއި ޤާބިލުކަން އަދި ކުންފުނީގެ މިފަދަ މަސައްކަތުގެ މަޢުލޫމާތު) ހުށަހަޅަން ވާނެއެވެ.

4. މި މަސައްކަތްތަކަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތަކުގެ ތެރެއިން ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ދެވޭނެއެވެ.

5. މިމަސައްކަތްތަކާއި ގުޅޭ މަޢުލޫމާތު ހިމެނޭ ގޮތަށް ތައްޔާރުކުރެވިފައިވާ ޓާރމްސް އޮފް ރިފަރެންސް (ޓީއޯއާރް) މި މިނިސްޓްރީގެ ވެބްސައިޓް www.finance.gov.mv އިން 4 ނޮވެމްބަރު 2021 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިމަސައްކަތާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

6. ވީމާ، މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 23 ނޮވެންބަރު 2021 ވާ އަންގާރަ ދުވަހު 14:00 ގެ ކުރިން، "އެކްސްޕްރެޝަން އޮފް އިންޓަރެސްޓް" މެއިލް ނުވަތަ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އެޑްރެހަށް ފޮނުއްވުން އެދެމެވެ.

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް،

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން  : +960 3349102, +960 3349106, +960 3349147

އީމެއިލް :  [email protected]

ކޮޕީ  :  [email protected]

02 ނޮވެންބަރު 2021