ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)310-CA/310/2021/48
ޕަބްލިޝްކުރި ތާރީޚް: 02 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:41
ސުންގަޑި: 16 ނޮވެންބަރު 2021 13:00
މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުވައްޒަފަކު ބޭނުން ވެއްޖެއެވެ.

މިއިދާރާގެ ނަންބަރު (IUL)310-CA/310/2021/41 އިޢުލާނާއި ގުޅިގެން ވަޒީފާގެ އަސާސީ ޝަރްޠު ހަމަވާ އެއްވެސް ފަރާތަކުން އެވަޒީފާއަށް ކުރިމަތި ލައްވާފައި ނުވާތީ އެވަޒީފާއަށް މީހަކުން ހޯދުމަށް އިޢުލާނުކުރަމެވެ.

މަޤާމު:

ޑްރައިވަރ        

މަޤާމް ނަންބަރ :

J-220701

ބޭނުންވާ ޢަދަދު:

01 (އެކެއް)

މަޤާމް ގެ ގިންތި:         

ދާއިމީ

މަޤާމްގެ ރޭންކް:

އެސް . އެސް.2  

މަޤާމުގެ ކްލެސިފިކޭޝަން:

ސަޕޯރޓް ސްޓާފް ގްރޭޑް 2

ވަޒީފާ އަދާ ކުރަންޖެހޭ ތަން:

މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ ، ރ.މީދޫ

މަޤާމުގެ މުސާރައާއި

ސާރވިސް އެލަވަންސް:

އެހެނިހެން އެލަވަންސް:

-          މުސާރަ : 3,470/-ރުފިޔާ

 

-/1000 ރުފިޔާ

 

-/1200 ރުފިޔާ (ސަޕޯޓިންގ ކޯ އެލަވަންސް 1)

-          ސިވިލް ސަރވިސް ޤަވާޢިދުގައިވާ ގޮތުގެމަތިން މުސާރައިގެ އިތުރުން އިތުރުގަޑީގެ ފައިސާއާއި ވަޒީފާއާއި ގުޅިގެންދެވޭ އެހެނިހެން އެލަވަންސްތައް ހަމަޖެއްސޭނެއެވެ.

 

 

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު:

 

 

 

 

 

 

 

 

 

މަޤާމްގެ ޝަރުތުތައް:

 

 

 

 

 

 

 

  • ކުނި މެނޭޖުކުރުމުގައި ޑްރައިވަރެއްގެ ގޮތުގައި ޢަމަލީގޮތުން ބައިވެރިވުން.
  • ކައުންސިލްގެ ވެހިކަލް ވޭން އާއި ޕިކަޕު ބެލެހެއްޓުމާއި،އޮޕަރޭޓްކުރުމާބެހޭ ކަންކަން ކުރުން.
  • ވޭން އާއި ޕިކަޕު ދުއްވަންޖެހޭ ހުރިހާ ވަގުތަކު ޤަވާޢިދުން ދުއްވުން،
  • ވޭން އާއި ޕިކަޕަށް ބޭނުންވާ އަޑީތެލާއި، ޑީސަލާއި، ފިލްޓަރުތަކާއި، ކިޓުކުރާ ސާމާނާއި އަދި މިނޫނަސް ވޭން އާއި ޕިކަޕަށް ހޯދަންޖެހޭ ހުރިހާ އެއްޗެއް ހުސްވުމުގެކުރިން ހޯދުމަށް ސްޕަވައިޒަރަށް ރިޕޯޓް ކުރުން،
  • ވޭން އާއި ޕިކަޕުގެ އަހަރީ ފީއާއި ރޯޑުވާދިނަސްގެ މުއްދަތު ހަމަވުމުގެ ކުރީގައި އަލުން އައުކުރުމަށްޓަކައި އެކަން ސްޕަވައިޒަރަށް ރިޕޯޓް ކުރުން
  • ވޭން އާއި ޕިކަޕަށް މައްސަލައެއް ދިމާވެއްޖެނަމަ އެކަމެއް ޙައްލުކުރުމަށް ވަގުތުން އެކަން ސްޕަވައިޒަރަށް ރިޕޯޓް ކުރުން.
  • ވޭން އާއި ޕިކަޕުގެ އެތެރެއާއި ބޭރު ސާފުކުރުން.
  • މަދުވެގެން ކޮންމެ މަހަކު 1 ފަހަރު (މަހުގެ މަސައްކަތު އެންމެ ފަހު ހަފުތާ ތެރޭގައި) ވޭން އާއި ޕިކަޕުގެ ކިޓުކުރަން ޖެހޭ ބައިތައް ކިޓުކުރުމާއި، ވެކިއުމްކޮށް ސާފުކުރަންޖެހޭ ބައިތައް ސާފުކުރުމާއި އަދި ތެޔޮލާ ބަލަހައްޓަންޖެހޭ ބައިތަކުގައި ތެޔޮލާ ބެލެހެއްޓުން.
  • ގަރާޖުގެ އެތެރެ ކުނިކަހާ ސާފު ކުރުން.

 

 

މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީން ކަނޑައަޅާ، އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް "ބީ1"  އާއި "ސީ 1" ކެޓަގަރީގައި ހިމެނޭ އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް/ހުއްދައެއް/ ސަނަދެއް ހާސިލްކޮށްފައިވުން.

 

މަޤާމްގެ މަސައްކަތުގެ ދާއިރާތައް:

ޓްރާންސްޕޯރޓް ސާވިސަސް

 

ހުށައަޅަންޖެހޭ ލިޔުންތައް:

                     

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ( މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާ ގެ ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)

http://www.csc.gov.mv/download/2486

  1. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސްހިމެނޭގޮތަށް)
  1. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައި ދޭ ކާޑު ގެ ( މުއްދަތުހަމަވެފައިވީ ނަމަވެސް ) ދެފުށު ގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު ، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  3. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

  (ހ) މޯލްޑިވްސް ކޮލިފިކޭޝަން ސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ،

  މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި

  ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ : ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ

  ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ

  ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

  (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި

   ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ

   ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުން ޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީ ފާ އަދާކޮ ށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކު ން ދޫކޮށްފައިވާ ލިޔުން.

      (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން  https://myaccount-csc-gov.mv/

      އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި

      ވަޒީފާގެ މުއްދަތާއި )އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް(، ވަޒީފާގެ މަސްއޫލިއްޔަތުތައް )އެއް

      އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް( ވަކިވަކިން ބަޔާންކޮށް އެ

      އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

 

(ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައި ވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަ ވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.(

(ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނު ވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނު ވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި ( އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް) ، ވަޒީފާގެ މަސްއޫލިއްޔަތުތައް ( އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް)  ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކް ރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. އަސާސީ ޝަރުޠު ހަމަވުން                          (50 ޕޮއިންޓް )
  2. އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު          ( 5 ޕޮއިންޓް )
  3. އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ          ( 5 ޕޮއިންޓް )
  4. އިންޓަރވިއު                               (40 ޕޮއިންޓް )

  

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 16 ނޮވެންބަރު 2021 ގެ 13.00 ގެ ކުރިން، މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ ، ރ.މީދޫ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]  މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓު ކުރުން:        މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް

                         ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

                    

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު:

 

 

ވަޒީފާއަށް ކުރިމަތިލީ            

ފަރާތްތަކަށް ޕޮއިންޓު

ލިބުނު ގޮތުގެ ޝީޓް

( A2ޝީޓު) 

އާންމުކުރުން

 

މިމަޤާމަށް ކުރިމަތި ލައްވާ، މަޤާމު ޝަރުޠު ހަމަވާ، ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުގެ ތެރެއިން އެންމެ އެކަށީގެންވާ ފަރާތެއް ހޮވުމަށް ބާއވާ އިންޓަވިއު އޮންނާނީ ވަޒީފާއަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވާ ތާރީޚުން ފެށިގެން 5 ދުވަސް ތެރޭގައި މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާގައެވެ.

 

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް A2 ޝީޓު  އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ނޯޓިސް ބޯޑާއި ފޭސްބޫކް ޕޭޖުގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

 

މިއިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފު ކުރެއްވުމަށް ގުޅުއްވާނީ 6580020 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6580020 އެވެ. އީމެއިލް ކުރައްވާނީ[email protected] އަށެވެ.

02 ނޮވެންބަރު 2021