ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)225-ID/225/2021/30
ޕަބްލިޝްކުރި ތާރީޚް: 02 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 12:40
ސުންގަޑި: 17 ނޮވެންބަރު 2021 13:00
ތިލަދުންމަތީ އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހއ. އަތޮޅު ސްޓޭޓްހައުސް އަށް ފަރުނީޗަރު ހޯދުން

 ހއ. އަތޮޅު ސްޓޭޓްހައުސް އަށް 2 ބެޑްރޫމް ސެޓް ގަންނަން ބޭނުން ވެއްޖެއެވެ.

 1. މި ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 2. ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން އޮންނާނީ 2021 ނޮވެންބަރު 04 ވަނަ ދުވަހުން ފެށިގެން 2021 ނޮވެންބަރު 10 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް އޮންލައިންކޮށެވެ. ރަޖިސްޓްރީ ވުމަށް

ގޫގުލް ފޯމް ލިންކް: https://forms.gle/c4SEVUAgK3D4deA16  ބޭނުން ކުރުން އެދެމެވެ.

3. ބީލަމުގައި ބައިވެރި ވެވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

4. ބިޑް ވެލިޑިޓީ މުއްދަތަކީ ބިޑްހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.

5. މި ބީލަމާ ގުޅޭ އެންމެހައި ލިޔެކިޔުންތައް 2021 ނޮވެންބަރު 04 ވަނަ  ދުވަހުން ފެށިގެން މި ކައުންސިލްގެ ވެބްސައިޓް www.halifatoll.gov.mv  އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މި ބީލަމާ ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތައް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

6. ބީލަމަށް ހުށަހަޅަންވާނީ މި އިޢުލާނުގައި ބަޔާންކޮށްފައިވާ ހަމަތަކާ އެއްގޮތަށެވެ. މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމަށް ލާޒިމްކޮށްފައިވާ ތަކެތި ބީލަމާއެކު ހުށަނާޅާ ފަރާތްތަކުގެ ބީލަންތައް ބާޠިލްކުރެވޭނެއެވެ.

7. މި ބީލަމާ ގުޅޭ އެއްވެސް ސުވާލެއްވާނަމަ 2021 ނޮވެންބަރު 15 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް މެއިލް ކުރެއްވުން އެދެމެވެ. 

     ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން،  2021 ނޮވެންބަރު 17 ވަނަ ދުވަހުގެ 13:00 އަށް މި ކައުންސިލަށް ބިޑް ހުށަހެޅުން އެދެމެވެ.  

  • އީމެއިލް އެޑްރެސް: [email protected]  
  • ފޯން ނަންބަރު:  6500121، 6500095
02 ނޮވެންބަރު 2021