ދިވެހިރާއްޖެ
(IUL)196-C/1/2021/71 :ނަންބަރު
އިޢުލާން
މިއޮފީހުންދޭ މަޢުލޫމާތާ އެއްގޮތަށް މާލެ ސިޓީގައި މިއޮފީހުގެ އެއްގަމު ދަތުރުތައް 04 (ހަތަރެއް) އަހަރުގެ މުއްދަތަށް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން، 2021 ނޮވެންބަރު 10 ވާ ބުދަ ދުވަހުގެ 11:30 އަށް މިއޮފީހަށް ވަޑައިގެން ބީލަމުގައި ރަޖިސްޓްރީވުމާއި މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 2021 ނޮވެންބަރު 22 ވާ ހޯމަ ދުވަހުގެ 11:30 އަށް އަންދާސީ ހިސާބު، މިއޮފީހަށް ހުށަހެޅުއްވުން އެދެމެވެ. އަދި ދަންނަވަމެވެ. ބީލަމުގައި ރަޖިސްޓްރީނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ނޯޓު: މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުއެވެ.
27 ރަބީޢުލްއައްވަލް 1443