ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)388-ADM/388/2021/72
ޕަބްލިޝްކުރި ތާރީޚް: 17 އޮކްޓޫބަރު 2021
ޕަބްލިޝްކުރި ގަޑި: 09:14
ކޮޅުމަޑުލު ވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ކައުންސިލްގެ 4 ވަނަ ދައުރުގެ 16 ވަނަ ޖަލްސާގެ ނިންމުން
ކައުންސިލްގެ ނިންމުން އާންމުކުރާ ފޯމް |
|||
ބައްދަލުވުމުގެ ނަންބަރު: |
4 ވަނަ ދައުރުގެ 16 |
ބައްދަލުވުމުގެ ބާވަތް: |
އާއްމު ބައްދަލުވުން |
ބައްދަލުވުން ބޭއްވި ތާރީޙް: |
17 އޮކްޓޯބަރ 2021 |
ބައްދަލުވުން ބޭއްވި ގަޑި: |
10:00 |
ނިންމުންތައް
- ދަނޑުވެރިކަންކުރުމަށް މިވަގުތު ރަށުގައި ހުރި ހުސްބިންތައް ދެނެގަތުމަށްފަހު 2000 އަކަފޫޓުގެ ބިންތައް 5 އަހަރުގެ މުއްދަތަށް ދޫކުރާއިރު އަކަފޫޓަކަށް 10 ލާރި ބިންތަކުން ނެގުމަށް ނިންމުން އަދި ގުރުގެ އުސޫލުން ދަނޑުބިންތައް ދޫކުރުމަށް ނިންމުން އަދި މިއަހަރުގެ ނިޔަލަށް ދަނޑުބިންތައް ދޫކުރުމަށް ނިންމުން.
- ސިއްޙީ މަރުކަޒުން ފޮނުވައިފައިވާ ސިޓީއާއި ގުޅިގެން ކަމާ ގުޅުންހުރި މުއައްސަސާތަކާއި ސަރުކާރުގެ މިނިސްޓްރީއަކަށް ސިޓީ ފޮނުވުމަށް ނިންމުން އަދި މިމައްސަލަތަކާއި ގުޅިގެން މީގެ ކުރިން ސިއްޙީ މަރުކަޒުން ފޮނުވާފައިވާ ލިޔުންތަކުގެ ކޮޕީއެއް ހޯދުމަށް ނިންމުން.
- އިސްމާއިލް ޝިފާން ހުށަހަޅާފައިވާ ސިޓީއާއި ގުޅިގެން ސިޓީގައި ބަޔާންކޮށްފައިވާ ސަރަހައްދު ބެލުމަށްފަހު ޖެހިގެންއަންނަ ކައުންސިލްގެ އާއްމު ބައްދަލުވުމުގައި ވަކިގޮތެއް ނިންމުން.
އިސްވެ ބަޔާންކުރެވިފައިވާ ކައުންސިލްގެ ބައްދަލުވުމުން ނިންމާފައިވާ ނިންމުންތައް އާއްމުކޮށް އެންގުމަށް އިޢުލާންކުރީމެވެ.
17 އޮކްޓޫބަރު 2021