ވަޒީފާގެ ފުރުޞަތު
ނަންބަރު: 134-HR/I/2021/ 69
ޕަބްލިޝްކުރި ތާރީޚް: 01 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 14:45
ސުންގަޑި: 09 ނޮވެންބަރު 2021 14:00
މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެސިސްޓެންޓް މެނޭޖަރ

134-HR/I/2021/69 ނަމްބަރު                     

ވަޒީފާގެ ފުރުޞަތު


މި ކުންފުނީގެ ތިރީގައިމިވާ މަޤާމަށް މީހުން ހޯދަން ބޭނުންވެއެވެ.

މަޤާމު

 އެސިސްޓެންޓް މެނޭޖަރ

ބޭނުންވާ ޢަދަދު

 1 (އެކެއް)

ވަޒީފާގެ ބާވަތް

 ކޮންޓްރެކްޓް (1 އަހަރު)

ވަޒީފާ އަދާކުރަންޖެހޭ ތަން:

 ޓެކްނިކަލް ސާރވިސް އެންޑް ޕްރޮޑަކްޝަން ޑިޕާޓްމަންޓް / މިފްކޯ ހެޑް އޮފީސް

އަސާސީ މުސާރަ:

7000.00 ރުފިޔާ

އެހެނިހެން އެލަވަންސް:

- ސާރވިސް އެލަވަންސް: އަސާސީ މުސާރައިގެ %60

- ޕްރޮފެޝަނަލް އެލަވަންސް: އަސާސީ މުސާރައިގެ %40

- ފްޑް އެލަވަންސް: ކޮންމެ ދުވަހަކަށް 60.00 ރުފިޔާ

ޝަރުޠު:

- މަސައްކަތާ ގުޅުން ހުރި ދާއިރާއަކުން ޑިގްރީ ހާސިލްކޮށްފައިވުން.

- މަސައްކަތާއި ގުޅުން ހުރި ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

 

މަޤާމުގެ މަސްޢޫލިއްޔަތު:

  • ފެލިވަރާއި، ކަނޑުއޮތްގިރީގެ ޕްރޮޑަކްޝަން ފެސިލިޓީސް (އުފެއްދުންތައް ތައްޔާރުކުރުމަށް ބޭނުންކުރާ ހުރިހާ ވަސީލަތްތަކެއް) ތަރައްޤީކުރުމަށްޓަކައި ކުރަންޖެހޭ ހުރިހައިކަމެއް ފަށައިގަންނަ ހިސާބުން ފެށިގެން ޢަމަލީ މަސައްކަތްތަށް ނިމެންދެން ހުރިހާ މަރުޙަލާތަކުގައި ކުރަންޖެހޭ ހުރިހާކަމެއް ކުރާނެމަގު ދެއްކުން.
  • ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ސައިޓްތަކުގެ ޕްރޮޑަކްޝަން މެނޭޖްކޮށް އުފެއްދުންތައް އިތުރުކުރުމަށް މެނޭޖްމަންޓަށް ބޭނުންވާ މަޢުލޫމާތު ޙިއްސާކުރުން
  • ސައިޓްތަކުން ތައްޔާރުކުރާ ޕްރޮޑަކްޝަން ޝެޑިއުލްތައް ރިވިއުކޮށް ބަދަލެއް ގެންނަން ފެންނަނަމަ އެކަން ސައިޓްތަކުގެ މެނޭޖްމަންޓާއި ހެޑް އޮފީހުގެ މެނޭޖްމަންޓާ ޙިއްސާކުރުން.
  • ޕްރޮޑަކްޝަންގައި މަސައްކަތްކުރާ މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ ކަންކަން ފުރިހަމަވެފައި ވޭތޯ ބަލާ އިސްލާޙުކުރަންޖެހޭ ކަންތައްތައް ސައިޓް މެނޭޖްމަންޓާއި، ހެޑް އޮފީހުގެ މެނޭޖްމަންޓާއި ޙިއްސާކުރުން
  • ޕްރޮޑަކްޝަން ޕްރޮސެސްގައި މަސައްކަތްތައް ހިނގަމުން ދަނީ ކުންފުނިން ކަނޑައަޅާފައިވާ ކޮލިޓީ ސްޓޭންޑަރޑްއާއި އެއްގޮތަށް ތޯބަލާ އެކަން ޔަޤީންކުރުން
  • ޕްރޮޑަކްޝަނާއި ގުޅުންހުރި މެޓީރިއަލްސްތައް ގަތުމުގައި ސައިޓްތަކުގެ ޕްރޮޑަކްޝަން ޑިޕާޓްމަންޓާއި. ޕްރޮކިޔުމެންޓް ޑިޕާޓްމަންޓަށް ބޭނުންވާ އެހީތެރިކަން ދިނުން
  • ފެލިވަރު ކޭނަރީއާއި، ކަނޑުއޮތްގިރީގެ ފެލްޓަރީއަށް ބޭނުންވާ މަރާމަތުގެ މަސައްކަތްއް ޕްލޭންކޮށް މަސައްކަތަށް ދަތި ނުވާނޭ ގޮތެއްގެމަތިން ޝެޑިއުލްކޮށްގެން ކުރިއަށް ގެންދިއުން
  • ޕްރޮޑަކްޝަން ދާއިރާއިން ބޭނުންވާ ތަމްރީނު ޕްރޮގްރާމްތައް ފާހަގަކޮށް މެނޭޖްމަންޓާއި ގުޅިގެން ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުން
  • އިންޑަސްޓްރީ ތަރައްޤީވަމުން އަންނަގޮތްތަކާބެހޭ މަޢުލޫމާތު ދެނެގަނެ، މީގެ އެހީގައި  ހުރިހާގޮތަކުންވެސް މަސައްކަތްތަކާއި ޚިދުމަތް ތައް ރަގަޅުކުރުމަށްޓަކާ  މަސައްކަތްކުރުން.
  • ކަނޑުމަހުގެ އުފެއްދުންތައް އުފައްދަމުންދާގޮތް ރަގަޅަށް އެނގި، މިމަސައްކަތްކުރެވެމުންދާގޮތްތަކަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ އެ ބަދަލެއްގެނައުން.
  • އެކީގައި މަސައްކަތްކުރާ މުވައްޒަފުންގެ ކުރިއެރުމަށް މަގުފަހިވާގޮތަށް، ކަނޑައެޅޭ ލަނޑުދަނޑިތައް ޙާސިލުކުރުމަށްޓަކައި ރަނގަޅުފެންވަރުގައި މަސައްކަތްކުރުވުމަށް ބާރުއެޅުން.

އިންޓަރވިއުކުރުން:

އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތަކާއިއެވެ.

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

ހ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ މުއްދަތު ހަމަނުވާ  ސާފު ކޮޕީ (ދެފުށް ފެންނާނޭހެން).

ށ- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯންނަމްބަރާއި އެކު)

ނ- ހާސިލްކޮށްފައިވާ ސެޓްފިކެޓް ތަކުގެ ކޮޕީ.

ރ- ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ.

ބ- ޕޮލިސްރިޕޯޓް.

ތަކެތި ހުށަހަޅަންޖެހެޭ އޮފީސް:

  • ވަޒީފާއަށް އެދި އީމެއިލް ކުރައްވާނީ  [email protected]އަށެވެ.
  • ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ސުންގަޑިއަކީ 9 ނޮވެންބަރު 2021 ވަނަ ދުވަހުގެ މެންދުރު 14:00 އެވެ.
  • މިމަޤާމަށް ޝަރުތު ފުރިހަމަނުވާ ފަރާތްތަކުގެ ފޯމުތަކާއި ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުވާ ފޯމުތައް ބާތިލްކުރެވޭނެއެވެ.
 

ނޯޓް: މިއިޢުލާނާ ގުޅިގެން މިމަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުޠުހަމަވާ ފަރާތްތައް އިންޓަރވިއުކުރުމަށްފަހު އެންމެ މަތީމާކުސް ލިބޭ އަދި އެންމެ ޤާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައިދެވޭނެއެވެ.

01 ނޮވެންބަރު 2021