ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)438-GCF/438/2021/327
ޕަބްލިޝްކުރި ތާރީޚް: 01 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 13:29
ސުންގަޑި: 16 ނޮވެންބަރު 2021 12:00
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ކޮމިއުނިކޭޝަން އޮފިސަރ (ސީ.އޯ)

 

ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) އާއި ދިވެހި ސަރުކާރާއި ގުޅިގެން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ  އިން ހިންގާ ފެނުގެ މަޝްރޫއަށް ކޮމިއުނިކޭޝަން އޮފިސަރެއް (ސީ.އޯ) އެއް ހޯދުމާބެހޭ

ޝަޢުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު

ކޮމިއުނިކޭޝަން އޮފިސަރ (ސީ.އޯ) 

ދިވެހި ސަރުކާރުގެ ފަރާތުން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އިން ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް) ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ފެނުގެ މަޝްރޫޢުގެ (04 ރަށުގެ ފެނުގެ ނިޒާމާއި 45 ރަށުގެ ވާރޭފެން ނަގާ ރައްކާކުރާ ނިޒާމް) ކޮމިއުނިކޭޝަން  މަސައްކަތްތައް ބަލައި މެނޭޖްކުރާނެ ފުލްޓައިމް ކޮމިއުނިކޭޝަންއޮފިސަރެއް ހޯދުމަށް ބޭނުންވެއެވެ.

މިގޮތުން މި މަޝްރޫޢުގެ ކޮމިއުނިކޭޝަން އޮފިސަރގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ޖީ.ސީ.އެފް ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ ފެނުގެ މަޝްރޫޢާއި، މިމިނިސްޓަރީގެ ވޯޓަރ އެނޑް ސެނިޓޭޝަން ޑިޕާޓްމެންޓާއި،  ޑޯނަރ އެޖެންސީގެ އާއި ގުޅިގެން ކޮމިއުނިކޭޝަން ސްޓްރެޓަޖީއެށް އެކުލަވާލުންހިމެނެއެވެ.

ވީމާ މި މަޤާމަށް ޝަޢުޤުވެރިވާ ފަރާތްތައް "އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހެޅުމުގެ ދަޢުވަތު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ އިން ހުޅުވައިލަމެވެ.  މިގޮތުން މިކަމަށް ޝަޢުޤުވެރިވެލައްވާ ފަރާތްތުކުން ތިރީގައިވާ މަޢުލޫމާތުތައް ހުށަހެޅުއްމަށް އެދި ދަންނަވަމެވެ.

ކޮމިއުނިކޭޝަން އޮފިސަރގެ މަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތައް:

މިމަޤާމަށް ކުރިމަތިލާ ފަރާތުގެ ކިބައިގައި ހުންނަންވާ ޝަރުތައް މި އިޢުލާން އާ އެއްކަރުދާސް ކޮށްފައިވާ "ޓާރމްސް އޮފް ރިފަރެންސް" ގައިވާނެއެވެ.

 

މި މަޤާމަށް ކަނޑައަޅާފައިވާ އުޖޫރަ

- މި މަޤާމަށް ހޮވޭ ފަރާތަށް މުސާރައިގެ ގޮތުގައި 34,740.00 ރުފިޔާގެ އުޖޫރައެއް ކަނޑައެޅިފައެވެ.

މަސައްކަތުގެ މުއްދަތު:

- މި މަސައްކަތް ކުރުމަށް ހޮވޭ ފަރާތާއެކު ފުރަތަމަ ސޮއި ކުރެވޭނީ 10 މަސް ދުވަހުގެ ފުލްޓައިމް ކޮންޓްރެކްޓެއްގައެވެ.

ހުށަހަޅަށްޖެހޭ ލިޔުންތައް

  • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ (އެކްސްޕްރެޝަން އޮފް އިންޓްރެސްޓް)
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  • ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ އެކްރެޑިޓްކުރެވިފައިވާ ކޮޕީ
  • ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ސާންޕަލް، ޕޯޓްފޯލިއޯ (އިންޓަރވިއު ޕްރެޒެންޓޭޝަންޝޯޓްލިސްޓް ކުރެވޭ ކެންޑިޑޭޓުންނަށް)
  • ސިވިލް ސަރވިސްގައި މަސައްކަތް ކުރާމުވައްޒަފެއްނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އެ އިދާރާއަކުން  އިޢުތިރާޒު ނުކުރާކަމުގެ ލިޔުން އެޕްލިކޭޝަން އާއި އެކު ހުށަހަޅަންވާނެއެވެ.

ނޯޓު: މިލިޔެކިއުމުގެ އިތުރުން ޝޯޓްލިސްޓް ކުރެވޭ ކެންޑިޑޭޓުންނަށް ކުރީގައި ކޮށްފައިވާ މަސައްކަތްތަކުގެ ސާމްޕަލް، ޕޯޓްފޯލިއޯއެއް (އިންޓަރވިއު ޕްރެޒެންޓޭޝަން) ފޮނުވުމަށް އެންގޭނެއެވެ.

ސުންގަޑި

ޝައުޤުވެރިވާ ފަރާތްތަކުން 16 ނޮވެމްބަރ 2021 ވަނަ ދުވަހުގެ 12:00 ގެ ކުރިން، އެކްސްޕްރެޝަން އޮފް އިންޓްރެސްޓް"    [email protected] އަށް އީމެއިލް އިން ނުވަތަ މިނިނިސްޓްރީ ގެ ރިސެޕްޝަން އަށް ހުށަހެޅުއްވުންއެދެމެވެ.  ހުށަހަޅާ ސިޓީ އުރައިގެ ބޭރުގައި މަގާމުގެ ނަން، ތިރީގައިވާ އެޑްރެސް އަދި ދެވިފައިވާ ސުންގަޑި ޖަހާފައި އޮންނަންވާނެއެވެ. މެއިލުން ނަމަ މެއިލް ގެ ސަބްޖެކްޓްގައި ހުށަހަޅާފަރާތުގެ ނަމާއި ވަޒީފާ ޖަހާފައި އޮންނަންވާނެއެވެ. (އީމެއިލް ލިބުންކަމުގެ ޖަވާބެއް މިމިނިސްޓަރީއިން އީމެއިލް މެދުވެރިކޮށް ފޮނުވާނެއެވެ.)    

އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ފޮނުވަންޖެހޭ އެޑްރެސް:

   ޖީ.ސީ.އެފް ޕްރޮގްރާމް މެނޭޖްމަންޓް ޔުނިޓް

   ވޯޓަރ އެނޑް ސެނިޓޭޝަން ޑިޕާޓްމެންޓް

   މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ

   ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

   މާފަންނު، ހަނދުވަރީ ހިނގުން

   ފޯނު ނަންބަރު: 3018114، 3018446 

   އީމެއިލް : [email protected]

 

އެކްސްޕްރެޝަން އޮފް އިންޓަރަސްޓް ހުށަހަޅަންވާނީ ބަންދު ކުރެވިފައިވާ ސީޓީ އުރައެއްގައެވެ.

އިތުރު މައުލޫމާތު:

މި މަސައްކަތުގެ "ޓާރމްސް އޮފް ރިފަރެންސް" މި މި އިޢުލާން އާ އެއްކަރުދާސް ކުރެވި އަދި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ލިބެން ހުންނާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް [email protected] ނުވަތަ3018395   އަށް ގުޅުއްވުން އެދެމެވެ.

 

 

                        01 ނޮވެމްބަރ 2021

 

 

 

 

 

01 ނޮވެންބަރު 2021