މަސައްކަތް
ނަންބަރު: (IUL)285-D/285/2021/55
ޕަބްލިޝްކުރި ތާރީޚް: 01 ނޮވެންބަރު 2021
ޕަބްލިޝްކުރި ގަޑި: 11:30
ސުންގަޑި: 09 ނޮވެންބަރު 2021 13:00
މިލަދުންމަޑުލު ދެކުނުބުރީ ހެނބަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހެނބަދޫ އީ-ސެންޓަރުގައި ހަދަމުންދާ ކޮޓަރީގެ ބަދިގެބައިގެ ކަބަޑުސެޓް ހެދުމާއިގުޅޭ.

 

 

އިޢުލާން

ހެނބަދޫ އީ-ސެންޓަރުގައި ހަދަމުންދާ ކޮޓަރީގެ ބަދިގެބައިގެ ކަބަޑުސެޓް ހެދުމާއިގުޅޭ.

                 ހެނބަދޫ އީ-ސެންޓަރުގައި ހަދަމުންދާ ކޮޓަރިއާއިގުޅިފައިވާ ބަދިގެބައިގެ ކަބަޑުސެޓް ހެދުމާއި، ފިނިޝިންގެ ބައެއް މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 ނޮވެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 13:00ށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 ނޮވެމްބަރ 2021 ވާ އަންގާރަ ދުވަހުގެ 13:00ށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

               މަޢުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެއީ ބަދަލުގައި ފޮނުއްވި ފަރާތެއްކަން އެނގޭނެ  ލިޔުމަކާއިއެކު ފޮނުއްވުމަށްވެސް ދަންނަވަމެވެ. މި އިޢުލާނަށް އަންދާސީ ހިސާބު ހުށަހެޅުއްވޭނީ ވިޔަފާރި ރެޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014)ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ.

                      މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                       26 ރަބީޢުލްއައްވަލް 2021

                         01 ނޮވެމްބަރ 2021

                                        

 

                                               ޙުސައިން އަބޫބަކުރު

                                             ހެނބަދޫ ކައުންސިލްގެ  ރައީސް

 

 

 

01 ނޮވެންބަރު 2021